ހުލާސާކޮށް އިއްޔެ: ގާނޫނާ ހިލާފު ސާކިއުލާ ބާތިލުކުރުން

ސްޕޯޓްސް މިނިސްޓަރު މިނިސްޓަރު އަބްދުﷲ ރާފިއު. ޒުވާނުންގެ މަރުކަޒުތައް މިނިސްޓްރީގެ ދަށަށް ގެންދަން ސާކިއުލާއެއް ނެރުއްވީ އޭނާ.

ސްޕޯޓްސް މިނިސްޓަރު މިނިސްޓަރު އަބްދުﷲ ރާފިއު. ޒުވާނުންގެ މަރުކަޒުތައް މިނިސްޓްރީގެ ދަށަށް ގެންދަން ސާކިއުލާއެއް ނެރުއްވީ އޭނާ.

ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ރަށްރަށުގައި ހުރި ހުރިހާ ޔޫތު ސެންޓަރެއް އެ ކައުންސިލްތަކުން ނަގައި ސަރުކާރުން ހިންގާ ގޮތަށް ހަމަޖައްސައި, ސްޕޯޓްސް މިނިސްޓްރީން ނެރުނު ސާކިއުލާ އިއްޔެ ބާތިލް ކުރި އެވެ.

މިނިސްޓަރް އަބްދުﷲ ރާފިއު "އަދަދު" އަށް ވިދާޅުވީ އެ ސާކިއުލާ ބާތިލުކުރީ ޒުވާނުންގެ މަރުކަޒުތައް ސަރުކާރަށް ދޫކުރަން ބައެއް ކައުންސިލްތަކުން ބޭނުން ނުވާތީ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ބައެެއް ރަށްރަށުގެ ކައުންސިލްތަކުން ޒުވާނުންގެ މަރުކަޒުތަކަށް ބޮޑު ހަރަދެއް ކޮށްފައި ހުރުމުންނެވެ.

އޭނާ ވިދާޅުވިީ އެ ސެންޓަރުތަކާ މިނިސްޓްރީން ހަވާލުވުން މިވަގުތަށް މަޑު ޖައްސައިލީ ކަމަށާއި އެކަމުގައި ދެން ގޮތެއް ނިންމަވާނީ އެލްޖީއޭއާ މަޝްވަރާކޮށްގެން ކަމަށެވެ.

ޒުވާނުންގެ މަރުކަޒުތައް ނަގަން ނެރުނު ސާކިއުލާ މިއަދު ބާތިލުކުރި އިރު، އެ ސާކިއުލާ ނެރުމާ އެކު ބައެއް ކައުންސިލްތަކުން ބުނީ އެއީ ގާނޫނާ ހިލާފު ސާކިއުލާއެއް ކަމަށެވެ. އެ ގޮތަށް ކަނޑައެޅި އެއް ކައުންސިލަކީ އައްޑޫ ސިޓީ ކައުންސިލެވެ.

ސާކިއުލާ އަށް އަމަލުނުކުރަން އައްޑޫ ސިޓީ ކައުންސިލަށް މިއަދު ހުށަހެޅި ކުއްލި މައްސަލާގައި ތުހުމަތުކޮށްފައިވާ ގޮތުން އެ ސާކިއުލާ އަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 40 ވަނަ މާއްދާގެ (ހ)ގެ ނުވަ ވަނަ ނަންބަރާ ހިލާފު ސާކިއުލާ އެކެވެ. އަދި އެއީ ގާނޫނު އަސާސީގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާ ފަދަ ޣައިރުގާނޫނީ އަމުރެއް ކަމަށް ވެސް އެ މައްސަލާގައި ބުންޏެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox