ހުލާސާކޮށް އިއްޔެ: މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލި މައްސަލައިގައި އެ ރަށުގައި ބޮޑު އިހުތިޖާޖެއް

ފ. މަގޫދޫގައި އިއްޔެ ކުރި މުޒާހަރާގެ ތެރެއިން. -- ފޮޓޯ: އީޝަލް/ފޭސްބުކް

ފ. މަގޫދޫގައި އިއްޔެ ކުރި މުޒާހަރާގެ ތެރެއިން. -- ފޮޓޯ: އީޝަލް/ފޭސްބުކް

ކުރީ ސަރުކާރުން ފެށި ފ. މަގޫދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ބުނެ އެ ރަށުގައި އިއްޔެ ބޮޑު އިހުތިޖާޖެއް ކުރި އެވެ.

އެ އިހުތިޖާޖުގައި ފައިމަގުންނާއި ސައިކަލުގައި އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ. އިހުތިޖާޖުގެ ބައިވެރިން ގޮވާލަމުން ދިޔައީ އެއާޕޯޓުގެ މަސައްކަތް އަލުން ފެށުމަށާއި ރަށްރަށުގެ މެދުގައި ތަފާތުކުރުން ނައްތާލާށެވެ.

މި މައްސަލައިގައި މަގޫދޫ ރައްޔިތުން އިހުތިޖާޖު ކުރަން ފެށީ، އެއާޕޯޓުގެ މަސައްކަތް ހުއްޓާލި ފަހުން، އެ ރަށާ ހަތް ވަރަކަށް ކިލޯމީޓަރު ދުރުމިނުގައި އޮންނަ ނިލަންދޫގައި އެއާޕޯޓެއް ތަރައްގީކުރަން ސަރުކާރުން އިއުލާންކުރުމާ ގުޅިގެންނެވެ.

އެ ރަށުން ބުނަނީ އެއާޕޯޓުގެ މަސައްކަތް އަލުން ފަށަން ދެން ސިލްސިލާކޮށް އިހުތިޖާޖު ކުރަމުން ގެންދާނެ ކަމަށެވެ. ރެ އާއި ކުރިން ރޭ ވެސް އެ ރަށު ރައްޔިތުން އެއާޕޯޓު ސަރަހައްދަށް އެއްވެ އަޑުއުލާފައިވެ އެވެ.

މަގޫދޫ ކައުންސިލުގެ ރައީސް މީގެ ކުރިން "އަދަދު" އަށް ބުނި ގޮތުގައި އެއާޕޯޓުގެ މަސައްކަތް ހުއްޓާލީ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި އެވެ. އަދި އެ މަޝްރޫއާ ގުޅޭ ގޮތުން ސަރުކާރުން ކަނޑައަޅާ ގޮތެއް ސާފުކުރަން ރައީސް އޮފީހަށް ފޮނުވި ސިޓީތަކުގެ ޖަވާބު ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލި ކަމަށް ބުނާ ވާހަކަތައް ސަރުކާރާއި އެމްޓީސީސީން ދޮގުކުރެ އެވެ. ނަމަވެސް އެ ރަށު ކައުންސިލާއި ރައްޔިތުން ވަނީ އެއާޕޯޓުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަން ކަށަވަރުކޮށްދީފަ އެވެ.

ނިލަންދޫގައި އެއާޕޯޓެއް އަޅަން ނިންމާ އެ މަސައްކަތް ވެސް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާ އެވެ. އޭރު ސަރުކާރާއި އެ ކުންފުނިން ބުނީ މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓަކާއި ސިނާއީ ރަށަކުން 30 މިނިޓު ދަތުރުކޮށްފައި ދެވޭ ދުރުމިނުގައި އެއާޕޯޓެއް އަޅަން ގެންގުޅޭ ސިޔާސަތުގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށެވެ.

އެކަމަކު މަގޫދޫއަކީ ނިލަންދޫން ފުރައިގެން 30 މިނިޓަށް ވުރެ ކުރު ދަތުރެއް ކޮށްފައި ދެވޭ ރަށެކެވެ.

މަގޫދޫގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓަކީ 230 މިލިއަން ރުފިޔާ ހަރަދުކޮށްގެން ޖެޓު ޖެއްސޭ ފެންވަރަށް، ޖެޓު ކްރޫއިންނަށް ހާއްސަ ހޮޓަލަކާއި އެހެނިހެން އިންތިޒާމުތައް ހިމެނޭ އެއާޕޯޓެކެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox