އެފްއޭއެމް ވެޓެރަންސް ލީގު: ސޮކަ މޭޓްސް އިން މޮޅަކާ އެކު މުބާރާތް ނިންމާލައިފި

Mar 31, 2024, 5:32 AM
ލެގޫންސް ކީޕަރު ކައިރިން ސޮކަ މޭޓްސްގެ ނިޝާން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އަބީދު

ލެގޫންސް ކީޕަރު ކައިރިން ސޮކަ މޭޓްސްގެ ނިޝާން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އަބީދު

އެފްއޭއެމް ވެޓެރަންސް ލީގުގައި ލެގޫންސް ސްޕޯޓްސް ކްލަބް އަތުން 5-0 އިން މޮޅުވެ، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އިން މޮޅަކާ އެކު މި ފަހަރުގެ މުބާރާތް ނިންމައިލައިފި އެވެ.

ސޮކަ މޭޓްސް، 2022 ވަނަ އަހަރުގެ ވެޓެރަންސް ލީގުގެ ފައިނަލުގައި 1-0 އިން ހުޅުމާލެ ވެޓެރަންސް އަތުން ބަލިވިއިރު، މިދިޔަ އަހަރުގެ ސެމީގައި އެ ޓީމުން ވަނީ ވެޓެރަންސް ލީގުގެ ސެމީގައި ވާދަކޮށްފަ އެވެ. ސެމީގައި ވެސް ބަލިވީ، ހުޅުމާލެ ވެޓެރަންސް އަތުންނެވެ. މި ފަހަރުގެ، ވެޓެރަންސް ލީގުގައި ސޮކަ މޭޓްސް މި ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.

ގްރޫޕް ބީގައި މި ފަހަރުގެ މުބާރާތުގައި ވާދަކުރި ސޮކަ މޭޓްސް ނިންމާލީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު އެވެ. މި ގްރޫޕުން ސެމީގެ ފުރުސަތު ހޯދީ، އެއް ވަނައިގައި އޮތް މުއިވެޔޮ ފްރެންޑްސް އާއި ދެ ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. ދެ ޓީމަށް ވެސް ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ސޮކަ މޭޓްސް ހަ ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު، ހަތަރެއްގައި އޮތް، ސްޓެލްކޯ އާއި ފުލުގައި އޮތް ލެގޫންސް އަށް ވަނީ ޕޮއިންޓެއް ލިބިފަ އެެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސޮކަ މޭޓްސް އިން ދެ ގޯލު ޖެހިއިރު، އަނެއް ތިން ލަނޑު ޖެހީ ދެ ވަނަ ހާފުގެ ފަހުކޮޅުގަ އެވެ.

މެޗުގެ 14 ވަނަ މިނިޓްގައި ސޮކަ މޭޓްސް އަށް ލީޑުނަގައިދިނީ، އަހުމަދު ނިޝާން (ކާނޫ) އެވެ. އޭގެ ހަތަރު މިނިޓް ފަހުން، މުހައްމަދު މައުސޫމް ގޯލެއް ޖަހައި، ލީޑުފުޅާކޮށްދިނެވެ. ސޮކަ މޭޓްސް އިން ތިން ވަނަ ލަނޑު ޖެހީ، މެޗުގެ 59 ވަނަ މިނިޓްގައި، މުހައްމަދު ނިހާން ނަސީރު އެވެ. އިތުރު ވަގުތުގައި އަނެއް ދެ ލަނޑު ޖެހީ، ކާނޫ އާއި މޫސާ ހަސަން (މޫޗީ) އެވެ.

ވެޓެރަންސް މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ، ގްރޫޕް އޭގެ ފަހު މެޗެވެ. ސެމީގެ ޖާގަ ޔަގީންކޮށްފައިވާ އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް ކުޅޭނީ ދިވެހި ސިފައިންގެ ކްލަބާ އެވެ. މި މެޗުން ސިފައިން ޕޮއިންޓެއް ހޯދައިފިނަމަ އެ ޓީމަށް ސެމީގެ ޖާގަ ލިބޭނެ އެވެ. ސިފައިން ބަލިވެއްޖެނަމަ، ހުރިއްޔާ ވެޓެރަންސް (ހުރާ) ސެމީގެ ފުރުސަތު ހޯދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox