އެފްއޭއެމް ވެޓެރަންސް ލީގު: ބޮޑު މޮޅެއް ހޯދައި ހުރާ ސެމީގެ އުންމީދުގައި

Mar 30, 2024, 3:56 AM
ހުރާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުުކުރަނީ.--- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު

ހުރާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުުކުރަނީ.--- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު

ވިލިމާލެ ޔުނައިޓެޑް އަތުން 8-0 އިން ބޮޑު މޮޅެއް ހޯދައި ހުއްރިއްޔާ ވެޓެރަންސް (ހުރާ) އިން އެފްއޭއެމް ވެޓެރަންސް ލީގުގެ ސެމީ ފައިނަލުގެ އުންމީދު ދަމަހައްޓައިފި އެވެ.

މި މޮޅާ އެކު ހުރާ ވަނީ ގްރޫޕް އޭގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓް ހޯދައިފައިވާ ހުޅުމާލެ ވެޓެރަންސް ކްލަބް އެވެ. ދެ ވަނައިގައި އޮތް ހުރާ އާއި ތިން ވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ހުރާ އަށް މެޗު ހަމަވެފައިވާއިރު، ސިފައިންނަށް ބާކީ އޮތީ، ހުޅުމާލެ ވެޓެރަންސްއާ ކުޅޭ މެޗެވެ. އެ މެޗުން، ޕޮއިންޓެއް ހޯދައިގެން ވެސް ސިފައިންނަށް ސެމީ އަށް ދެވޭނެ އެވެ. ހުރާ އަށް ސެމީގެ ފުރުސަތެއް ލިބެން އޮތީ، ހުޅުމާލެ ވެޓެރަންސް އަތުން ސިފައިން ބަލިވެގެންނެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ހުރާ އިން ފުރަތަމަ ހާފުގައި ވަނީ ފަސް ގޯލު ޖަހައިފަ އެވެ. ބާކީ ތިން ގޯލު ކާމިޔާބުކުރީ ދެ ވަނަ ހާފުގަ އެވެ.

Advertisement

ހުރާ އަށް މި މެޗުގައި ގޯލުތައް ޖަހައިދިނީ، އިސްމާއިލް މުހައްމަދު އާއި އަލީ ނަޒްމީން ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި އަލީ ޝިޔާމް، އަލީ ޝިހާމް (އައްޔަ)، މުހައްމަދު އަބްދުﷲ އަދި އަހުމަދު ސަމާއު ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.

މި މެޗުގައި ހުރާ އަށް އިތުރު ގޯލު ޖަހަން ވެސް ވަނީ ފުރުސަތު ލިބި ބޭނުންނުކުރެވިފަ އެވެ.

ގްރޫޕް އޭގެ ހަތަރު ވަނައިގައި އޮތް ޕޮލިހަށް ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ވިލިމާލެ ޔުނައިޓެޑް ވަނީ ހަތަރު މެޗުން ވެސް ބަލިވެފަ އެވެ.

ވެޓެރަންސް މުބާރާތުގައި މިއަދު ހަވީރު، 16:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސް މޭޓްސް) އާއި ލެގޫންސް ސްޕޯޓްސް ކްލަބް އެވެ. މި ދެ ޓީމު ވެސް ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox