އެފްއޭއެމް ވެޓެރަންސް ލީގު: ފަސޭހައިން ސްޓެލްކޯ ބަލިކޮށް މުއިވެޔޮ ސެމީ އަށް

Mar 28, 2024, 7:39 PM
ސްޓެލްކޯ އާއި މުއިވެޔޮ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު

ސްޓެލްކޯ އާއި މުއިވެޔޮ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު

ފަސޭހަކަމާ އެކު ސްޓެލްކޯ ކްލަބް 5-1 އިން ބަލިކޮށް، މުއިވެޔޮ ފްރެންޑްސް، އެފްއޭއެމް ވެޓެރަންސް ލީގުގެ ސެމީ ފައިނަލުގެ ޖާގައެއް ޔަގީންކޮށްފި އެވެ.

މި ނަތީޖާއާ އެކު ގްރޫޕް ބީން ސެމީ އަށް ދަތުރުކުރި ދެ ޓީމު މި ވަނީ ޔަގީންވެފަ އެވެ. މިއަދުގެ މޮޅާ އެކު، މުއިވެޔޮ ވަނީ ގްރޫޕް ސްޓޭޖުގައި ހަތަރު މެޗު ކުޅެ، ނުވަ ޕޮއިންޓް ހޯދައި، އެއް ވަނަ އަށް ޖެހިލައިފަ އެވެ. ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ވެސް ސެމީ ފައިނަލަށް ދަތުރުކޮށްފައިވާއިރު، އެ ޓީމަށް ތިން މެޗުން ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ.

ދަ ގްރާންޑޭ އަށް ބާކީ އޮތް ސްޓެލްކޯ މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ގްރޫޕްގެ އެއް ވަނަ އަށް އެރޭނެ އެވެ.

Advertisement

ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މުއިވެޔޮ ޓީމުގެ އަހުމަދު ނިޔާޒް (ނިޔާ) ވަނީ ހެޓްރިކެއް ހަދައިފަ އެވެ.

މެޗުގެ 14 ވަނަ މިނިޓްގައި ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ސްޓެލްކޯ ކުޅުންތެރިންނަށް ސަލާމަތްނުކުރެވިގެން އުޅެނިކޮށް، ނިޔާ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން، ކައުންޓަ އެޓޭކުގައި އަބްދުﷲ ސުޖާއު (ސުޖާ) ދިން ބޯޅައަކުން، މުއިވެޔޮގެ ދެ ވަނަ ލަނޑު ޖެހީ، އިބްރާހިމް ލަތީފް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭރިއާ ރޮނގުކައިރިން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން، ނިޔާ ވަނީ މުއިވެޔޮ އަށް ތިން ވަނަ ލަނޑެއް ޖަހައިދީފަ އެވެ.

ދެ ވަނަ ހާފް ފެށިގެން ހަ މިނިޓް ތެރޭ ސުޖާ ވަނީ މުއިވެޔޮ އަށް ހަތަރު ވަނަ ލަނޑެއް ޖަހައިފަ އެވެ. އޭގެ ފަހުން، މުއިވެޔޮ އިން ލަނޑު ޖަހާނެ ގިނަ ހުސް ފުރުސަތުތަކެއް ނަގާލި އެވެ. ނިޔާ އާއި އަހުމަދު ސައީދު (އައްމަޓީ) އަދި ސުޖާ އަށް ހުސްކޮށް ލިބުނު ބޯޅަތަކުގައި އަމިއްލަ އަށް ފޮނުވާލަން އުޅެގެން ފުރުސަތު ގެއްލުނީ އެވެ.

މުއިވެޔޮ ފަހަތުން ފަސޭހަކޮށްލުމުގެ ފައިދާނަގައި، ސްޓެލްކޯ އިން ވަނީ ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ، އިބްރާހިމް އަރިސް އެވެ. އޭގެ ފަހުން، ނިޔާ އަށް ލިބުނު ފުރުސަތެއްގައި މުއިވެޔޮގެ ފަސް ވަނަ ލަނޑު ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަކުރި އެވެ.

ގްރޫޕް ބީގެ ތިން ވަނައިގައި އޮތީ ތިން މެޗުން ތިން ޕޮއިންޓް ހޯދައިފައިވާ މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސް މޭޓްސް) އެވެ. ލެގޫންސް ހަތަރު ވަނައިގައި އޮތީ ތިން މެޗުން އެއް ޕޮއިންޓާ އެކު އެވެ. ސްޓެލްކޯ ފުލުގައި އޮތީ ތިން މެޗުން ޕޮއިންޓަކާ އެކު އެވެ.

ވެޓެރަންސް މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިލިމާލެ ޔުނައިޓެޑާއި ހުއްރިއްޔާ ވެޓެރަންސް (ހުރާ) އެވެ. މެޗު ފަށާނީ 16:30 ގަ އެވެ. މި މެޗުން މޮޅުވެގެން، ހުރާ އަށް ސެމީގެ އުންމީދު ދެމެހެއްޓޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox