އިންތިހާބު ނިމިއްޖެ، ކުޅުންތެރިންގެ ހައްގު ކަށަވަރުކުރާނަން: ލަތީފް

ވޮލީ އެސޯސިއޭޝަންގެ ރައީސް ލަތީފް.-- ފޮޓޯ: އަދަދު

ވޮލީ އެސޯސިއޭޝަންގެ ރައީސް ލަތީފް.-- ފޮޓޯ: އަދަދު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބާ ގުޅޭ ކަންކަން ނިމިއްޖެ ކަމަށާއި ދެން ހުރިހާ ފަރާތަކުން ގުޅިން މަސައްކަތް ކުރަން އިސްކަންދީ އެންމެ މުހިންމު ކަމަކަށް ކުޅުންތެރިންގެ ހައްގު ކަށަވަރުކުރުމުގެ ކަންކަމަށް އިސްކަންދީގެން ކުރިއަށް ދިއުމަށް ވީއޭއެމްގެ އާ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވެއްޖެ އެވެ.

ވޮލީ އެސޯސިއޭޝަންގެ ރައީސަކަށް ހުންނެވި މުހައްމަދު ރަނޭޝް (ރަނޭ)، މި މަހު އެއް ވަނަ ދުވަހު މަގާމުން އިސްތިއުފާ ދިނުމާ އެކު، އެ މަގާމާއި ވޮލީބޯލް އެސޯސިއޭޝަންގެ އާ ހިންގާ ގަވާއިދުގައިވާ އެހެން މަގާމުތަކަށް މީހުން ހޮވުމުގެ އިންތިހާބު ވަނީ ބާއްވައިފަ އެވެ.

ދެ ވަނަ ފަހަރަށް ވޮލީބޯލް އެސޯސިއޭޝަންގެ ރައީސަކަށް އިންތިހާބުވި ލަތީފް ވިދާޅުވީ އިންތިހާބެއް ވިއްޔާ އަބަދުވެސް ދާނީ ވާދަވެރިކޮށް ކަމަށާއި އެކަން މިހާރު ނިމިފައިވާ ކަމަށެވެ.

މިހާރު ވިސްނަންވީ މި ކަންކަމުގެ ތެރޭގައި ހުރި ހިޔާލުތަފާތުވުންތައް އެއް ފަރާތްކޮށް އެކުގައި އެންމެން ވޮލީ އަށް މަސައްކަތް ކުރުމަށް ކަމަށް ލަތީފް ވިދާޅުވި އެވެ.

"އެންމެން އެކީގައި އަޅުގަނޑާ ބައިވެރިވެ ވޮލީ އަށް ޓަކައި މަސައްކަތް ކުރަމުން ހިނގާށޭ. ކޮންމެ ބޭފުޅަކު ވެސް ބަލަންޖެހެނީ ކުޅިވަރު ތިމާ އަށް ވުރެ ބޮޑުވާނެކަމަށް އެ ގޮތަށް އަޅުގަނޑު މިއަދު ވޮލީބޯޅަ އާއިލާގެ އެންމެހާ ބޭފުޅުންނަށް މި ގޮވާލަނީ އަޅުގަނޑާ އެކީގައި މަސައްކަތް ކުރަން އަންނާށޭ. ވޮލީބޯޅަ އެސޯސިއޭޝަންގެ ދޮރު ހުރިހާ ބޭފުޅުންނަށް ހުންނާނީ ހުޅުވިފައި، އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ބޭފުޅުންނަށް ވެސް ވޮލީބޯޅަ އެސޯސިއޭޝަން އާއި ވޮލީ ތެރޭގައި މަސައްކަތްކުރެވޭނެ،" ލަތީފް ވިދާޅުވި އެވެ.

"އެންމެ ބޮޑަށް އިސްކަންދޭނީ ކުޅުންތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް، ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯ ތަންފީޒުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާނެ އެސޯސިއޭޝަނަކީ ވޮލީބޯލް އެސޯސިއޭޝަން،"

ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ރައީސްގެ މަގާމު ދެ ވަނަ ދައުރަކަށް ފުރުއްވަމުން އަންނަ ލަތީފް ވިދާޅުވީ ވޮލީ އެސޯސިއޭޝަންގެ އަސްލު ވެރިންނަކީ މެމްބަރު ކްލަބްތައް ކަމަށެވެ. އަދި މެމްބަރު ކްލަބްތައް އެދޭ ގޮތަށް ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން އެސޯސިއޭޝަންގެ ކަންކަން ނިންމާނެ ކަމަށް ލަތީފް ޔަގީންކަން ދެއްވި އެވެ.

"އެހެންވީމަ ވޮލީބޯލް އެސޯސިއޭޝަންގެ ހިންގާ ގަވާއިދާއި ކުޅިވަރު ގާނޫނާއި އަދި މެމްބަރުން އަންގާ ގޮތެއްގެ މަތިން ވަރަށް ޓްރާންސްޕޭރަންޓްކޮށް އިރާދަކުރެއްވިއްޔާ ގުޑް ގަވަރްނަންސް އިމްޕްލިމެންޓްކޮށް އެސޯސިއޭޝަނަކީ ރަނގަޅަށް ހިންގާ އެސޯސިއޭޝަނަަކަށް ހަދާނަން،" ލަތީފް ވިދާޅުވި އެވެ.

އަލަށް އިންތިހާބުވި ފަރާތްތަކަށް ވެސް މަގާމުގައި ތިބެވެން އޮތީ އަންނަ އަހަރުގެ އޭޕްރީލް އެއް ވަނަ ދުވަހާ ހަމައަށެވެ. އެހެންކަމުން، ބާކީ މި އޮތް އަހަރެއްހާ ދުވަހު ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށް ލަތީފް ވިދާޅުވި އެވެ.

އެ ގޮތުން، އެންމެ މުހިންމު ކަންކަމުގެ ގޮތުގައި، ވޮލީ އެސޯސިއޭޝަން އިން މި އަހަރަށް ކަލަންޑަރު ކުރި މުބާރާތްތައް ބޭއްވުމުގެ އިތުރުން، މުޅި ރާއްޖެ އަށް ހުޅުވާލެވިފައިވާ ވަރުގަދަ ލީގެއްގެ މަސައްކަތް މި އަހަރު ނޮވެމްބަރަށް ނިންމައި، އަންނަ އަހަރު ފެށޭވަރު ކުރާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.

އޭގެ އިތުރުން، ދިގު ރާސްތާ ޕްލޭނެއް ރާއްޖޭގެ ވޮލީގެ މުސްތަގުބަލަށްޓަކައި ތައްޔާރުކުރާނެ ކަމަށް ލަތީފް ވަނީ ވިދާޅުވެފަ އެވެ.

"ވޮލީގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކޮށް ފަސް އަހަރު ނޫނީ ދިހަ އަހަރުގެ ޕްލޭނެއް އެކުލަވާލާ، އޭގެ މަތިން މަސައްކަތްކުރާނީ، މިހާރު ޕްލޭނެއް ނެތުމަކީ އަޅުގަނޑުމެން ހިތާމަކުރާ ކަމެއް. އެހެންވީމަ، އަޅުގަނޑުމެން ގައުމީ ފެންވަރުގައި ވޮލީބޯޅަ ކުރިއެރުވުމުގެ ޕްލޭނެއް ހަދައި އެ ޕްލޭން ހެދުމުގައި ދިވެހިރާއްޖޭގެ ވޮލީބޯޅަ އާއިލާ ބައިވެރިވުން އޮންނާނެ،" 2016-2019 އަށް ވޮލީ އެސޯސިއޭޝަންގެ ރައީސްކަން ކުރެއްވި ލަތީފް ވިދާޅުވި އެވެ.

މިހާރު ވޮލީބޯލް އެސޯސިއޭޝަނުން އެންމެ މުހިންމު ކަމަކަށް އިދާރީ ގޮތުން ކުރަން ޖެހިފައި އޮތީ ވޭތުވެދިޔަ ހަތަރު އަހަރުގެ އޮޑިޓް ރިޕޯޓްގެ ކަންކަން ނިންމުމެވެ. އެކަން ކުރަން ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ދެއްވާފައިވާ 90 ދުވަހުގެ މުހުލަތުގެ ތެރޭގައި އެކަންކޮށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި މެމްބަރު ކްލަބްތަކާ ހިއްސާކޮށްގެން ފާސްކުރާނެ ކަމަށް ލަތީފް ވަނީ ޔަގީންކަން ދެއްވައިފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox