އެފްއޭއެމް ވެޓެރަންސް ލީގު: ސެމީގެ ފުރަަތަމަ ޖާގަަތަށް ހުޅުމާލެ ވެޓެރަންސް އާއި ދަ ގްރާންޑޭ އަށް

Mar 26, 2024, 4:36 PM
ދަ ގްރާންޑޭ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އަބީދު

ދަ ގްރާންޑޭ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އަބީދު

އެފްއޭއެމް ވެޓެރަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަތަށް އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް ކްލަބާއި ރަނަރަޕް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

ހުޅުމާލެ ވެޓެރަންސް އިން ވަނީ އިއްޔެ ހަވީރު ކުޅުނު މެޗުން، ހުއްރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ)، 2-1 އިން ބަލިކޮށް، ގްރޫޕްގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ބާކީ މެޗެއް އޮއްވައި، ސެމީގެ ޖާގަ ޔަގީންކޮށްފަ އެވެ.

ދަ ގްރާންޑޭ އިން ވަނީ މިއަދު ކުޅުނު މެޗުން ލެގޫންސް ސްޕޯޓްސް ކްލަބް އަތުން 4-1 އިން މޮޅުވެފަ އެވެ. ދަ ގްރާންޑޭ ވެސް ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުން މޮޅުވެފަ އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލީޑުނެގީ ހުރާ އިންނެވެ. މެޗުގެ 21 ވަނަ މިނިޓްގައި ހުރާގެ ކެޕްޓަން، މައުސޫމް އަބްދުލް ގަފޫރު (މާސޭ) ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. މެޗުގެ 29 ވަނަ މިނިޓްގައި، ފުރަތަމަ ހާފު ނިމުމުގެ ކުރިން، އަހުމަދު މުހައްމަދު (އައްމަޑޭ) ވަނީ ހުޅުމާލެ ވެޓެރަންސް އަށް އެއްވަރުކޮށްދީފަ އެވެ.

ހުޅުމާލެ ވެޓެރަންސް ޓީމުގެ ޕެނަލްޓީ ޖެހުމަށް ފަހު، ކޮކީ އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އަބީދު

މެޗުގެ އިތުރު ވަގުތުގައި، ހުޅުމާލެ ވެޓެރަންސް މޮޅުވި ގޯލު ޖެހީ ޕެނަލްޓީ އަކުން ހުސެއިން ޝިމާޒް (ކޮކީ) އެވެ. މި ޕެނަލްޓީ އަކީ، ހުޅުމާލެ ވެޓެރަންސްގެ އައްމަޑޭ، ހުރާގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާތެރެއަށް ވަން ވަގުތު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މި ޕެނަލްޓީ ދޭން ރެފްރީ ޒަހީރު ހުސެއިން ނިންމުމުން ހުރާގެ ކުޅުންތެރިން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެވެ. އަދި ޕެނަލްޓީ ޖެހި ފަހުން، ހުރާގެ ފޯވާޑް، އާދަމް ލަރީފް (ރޮނާ) ތަކުރާރުކޮށް ރެފްރީ ޒަހީރުއާ ބޭއަދަބީ ބަހުން މުއާމަލާތުކޮށް ހަމަލާދޭން މަސައްކަތް ކުރުމުން އޭނާ އަށް ދެ ރީނދޫ ކާޑު ދައްކައި، ރަތް ކާޑެއް ދެއްކި އެވެ. އޭގެ ފަހުން، ރެފްރީ ޒަހީރު އަށް ރޮނާ ހަމަލާދޭން މަސައްކަތް ކުރުމުން މެޗު ހުއްޓާލީ އެވެ.

ކ. މާފުށްޓަށް ނިސްބަތްވާ ދަ ގްރާންޑޭ ޓީމުން ވަނީ މިއަދު ފަސޭހައިން ލެގޫންސް ބަލިކޮށްފަ އެވެ.

މެޗު ފަށައިގެން، 11 މިނިޓް ތެރޭ ދަ ގްރާންޑޭ ޓީމުގެ އަހުމަދު ޝަކީބު ދެ ގޯލު ޖަހައި، ދަ ގްރާންޑޭ އަށް ލީޑުނަގައިދިނެވެ.

ދެ ވަނަ ހާފު ފެށިތަނާ، ލެގޫންސް ފަހަތަށް އައި ބޯޅައެއް ހޯދައި، ސައުދު އިސްމާއިލް ވަނީ ދަ ގްރާންޑޭގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

އޭގެ ފަހުން، ދަ ގްރާންޑޭގެ ކުޅުންތެރިއަކު އަތުގައި އޭރިއާތެރެއިން ބޯޅަ ޖެހުމުން، ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށް، ލެގޫންސްގެ ހުސެއިން ރަޝީދު އެ ޓީމަށް ލަނޑެއް ޖަހައިދިނެވެ.

މެޗުގެ ތިން ޕޮއިންޓް ދަ ގްރާންޑޭ އަށް ޔަގީންކޮށްދިން ލަނޑު ޖެހީ، ހަސަން ޝަރީފް އެވެ.

ސާޅީސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން މި ފަހަރުގެ ވެޓެރަންސް މުބާރާތް ކުރިއަށްދާއިރު، މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެ އެވެ. ބައްދަލުކުރާނީ ޕޮލިސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް އެވެ. މުބާރާތުގެ ހުރިހާ މެޗެކޭ އެއްގޮތަށް، ހެންވޭރު ދަނޑުގައި ކުޅޭ މި މެޗު ފަށާނީ، މާދަމާ ހަވީރު 16:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox