އެފްއޭއެމް ވެޓެރަންސް ލީގު: ސޮކަ މޭޓްސް ބަލިކޮށް މުއިވެޔޮ ސެމީގެ އުންމީދު ބޮޑުކޮށްފި

Mar 25, 2024, 5:35 AM
ސޮކަ މޭޓްސް އާއި މުއިވެޔޮ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ: އަބްދުﷲ އަބީދު

ސޮކަ މޭޓްސް އާއި މުއިވެޔޮ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ: އަބްދުﷲ އަބީދު

އެފްއޭއެމް ވެޓެރަންސް ލީގުގައި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސް މޭޓްސް) އަތުން 2-1 އިން މޮޅުވެ، މުއިވެޔޮ މުބާރާތުގެ ސެމީ ފައިނަލުގެ އުންމީދު ބޮޑުކޮށްފި އެވެ.

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ)ގެ ކެޕްޓަންކަމުގައި ކުޅެމުން އަންނަ މުއިވެޔޮ ޓީމުން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ. ބަލިވީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުންނެވެ. މުއިވެޔޮ އަށް ބާކީ ދެން އޮތީ މި މަހު 28 ވަނަ ދުވަހު ސްޓެލްކޯއާ ބައްދަލުކުރާ މެޗެވެ.

ގްރޫޕް ބީގައި ދަ ގްރާންޑޭ އާއި މުއިވެޔޮ ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. ދަ ގްރާންޑޭ އިން ދެ މެޗު ކުޅުނުއިރު، މުއިވެޔޮ އިން ވަނީ ތިން މެޗު ކުޅެފަ އެވެ. ސޮކަ މޭޓްސް އިން ވަނީ ތިން މެޗު ކުޅެގެން ތިން ޕޮއިންޓް ހޯދައިފަ އެވެ. ސޮކަ މޭޓްސް ވަނީ ދަ ގްރާންޑޭ އާއި މުއިވެޔޮ އަތުން ބަލިވެފަ އެވެ. މޮޅުވީ، ސްޓެލްކޯ އަތުންނެވެ. ސްޓެލްކޯ އާއި ލެގޫންސް ވަނީ ޕޮއިންޓެއް ހޯދައިފަ އެވެ.

Advertisement

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ހަ ވަނަ މިނިޓްގައި، މުއިވެޔޮ އަށް ލީޑުނަގައިދިނީ އަބްދުﷲ ސުޖާއު (ސުޖާ) އެވެ. އަހުމަދު ސައީދު (އަންމަޓީ) އޭރިއާތެރެއަށް ނަގައިދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު، ސުޖާ ވަނީ ސޮކަ މޭޓްސްގެ ކީޕަރު، އިމްރާން މުހައްމަދު އަށް ފުރުސަތެއް ނުދީ ގޯލަށް ފޮނުވާލައިފަ އެވެ.

މެޗުގެ 12 ވަނަ މިނިޓްގައި މުއިވެޔޮގެ ދެ ވަނަ ގޯލު ޖެހީ ވެސް ސުޖާ އެވެ. މި ފަހަރު އަންމަޓީ މަތިމަތިން ގޯލަށް އޮއްސާލަން ފޮނުވާލި ބޯޅަ ކީޕަރު އިމްރާން އަތުގައި ޖެހި، ދަނޑީގައި ވެސް ޖެހިފައި ނުކުތް ވަގުތު، ރީބައުންސް ބޯޅަ ސުޖާ ވަނީ ގޯލަށް ވައްދާލައިފަ އެވެ.

މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ، ސޮކަ މޭޓްސް ޓީމުގެ ކެޕްޓަން، އައްސަދު އަބްދުލް ގަނީ ލަނޑެއް ޖެހޭތޯ ގިނަ އެޓޭކްތަކެއްގައި ބައިވެރިވި އެވެ. ސޮކަ މޭޓްސް އަށް ލަނޑެއް ޖެހުނީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މުއިވެޔޮ ކުޅުންތެރިން އޮފްސައިޑަށް އަތްނަގައިގެން ތިއްބައި، އެ މަޅިން ސަލާމަތްވެ، ސޮކަ މޭޓްސްގެ ލަނޑު ޖެހީ އަހުމަދު ނިޝާން (ކާނޫ) އެވެ. އޭނާ ވަނީ ހަމަޖެހިލައިފައި ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

އިތުރު ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަ ކުރަން ސޮކަ މޭޓްސް އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

މުބާރާތުގައި މިއަދު ހަވީރު، 16:30 ގައި ފަށާ މެޗުގައި ބައްދަލުކުރަނީ، އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް ކްލަބް އާއި ހުއްރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox