އެފްއޭއެމް ވެޓެރަންސް ލީގު: ވިލިމާލެ ޔުނައިޓެޑް އަތުން ޕޮލިހަށް ފަސޭހަ މޮޅެއް

Mar 24, 2024, 7:12 AM
އެފްއޭއެމް ވެޓެރަންސް ލީގުގައި ވިލިމާލެ ޔުނައިޓެޑާއި ޕޮލިސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އަބީދު

އެފްއޭއެމް ވެޓެރަންސް ލީގުގައި ވިލިމާލެ ޔުނައިޓެޑާއި ޕޮލިސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އަބީދު

އެފްއޭއެމް ވެޓެރަންސް ލީގުގައި ވިލިމާލެ ޔުނައިޓެޑް އަތުން ޕޮލިސް ކްލަބުން 5-0 އިން ފަސޭހަ މޮޅެއް ހޯދައިފި އެވެ.

މި ނަތީޖާއާ އެކު ފުރަތަމަ ކުޅުނު ތިން މެޗުން ބަލިވެ، ވިލިމާލެ ޔުނައިޓެޑް ވަނީ މުބާރާތުން ކަޓައިފަ އެވެ. ފުރަތަމަ މެޗުން ހުޅުމާލެ ވެޓެރަންސް އަތުން ވިލިމާލެ ޔުނައިޓެޑް ބަލިވީ 7-0 އިންނެވެ. ދެ ވަނަ މެޗުން، ވިލިމާލެ ޔުނައިޓެޑް ވަނީ ދިވެހި ސިފައިންގެ ކްލަބް އަތުން، 5-0 އިން ބަލިވެފަ އެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި، ފުރަތަމަ ހާފުގައި ޕޮލިހަށް ލީޑުނަގައިދިނީ، 14 ވަނަ މިނިޓްގައި މުހައްމަދު ނާފިއު އެވެ. އޭގެ ތިން މިނިޓް ފަހުން، ޕޮލިހުގެ އަހުމަދު ސައީދު ވަނީ ލަނޑެއް ޖަހައި ލީޑުފުޅާކޮށްދީފަ އެެވެ.

Advertisement

ދެ ވަނަ ހާފުގައި ވެސް ސިފައިންގެ ފުރަތަމަ ލަނޑު ޖަހައިދިނީ ނާފިއު އެވެ. އޭގެ ފަހުން، އަހުމަދު ސައީދު އާއި ހުސެއިން ސިފާޒް ވަނީ ގޯލެއް ޖަހައިފަ އެވެ.

ސާޅީސް އަހަރުން މަތީގެ ކުޅުންތެރިންނަށް މި ފަހަރުގެ ވެޓެރަންސް މުބާރާތް ހާއްސަކޮށްފައިވާއިރު، ގްރޫޕް އޭ ގައި ހިމެނެނީ، އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް ކްލަބްގެ އިތުރުން، ވިިލިމާލެ ޔުނައިޓެޑާއި، ޕޮލިސް ކްލަބް، ހުއްރިއްޔާ (ހުރާ) އަދި ދިވެހި ސިފައިންގެ ކްލަބް އެވެ. ހުޅުމާލެ ވެޓެރަންސް ހަ ޕޮއިންޓް ހޯދާފައިވާއިރު، ސިފައިންނާއި ހުރާ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ޕޮލިހަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ވިލިމާލެ ޔުނައިޓެޑަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސް މޭޓްސް) ކުޅޭނީ މުއިވެޔޮ ފްރެންޑްސްއާ އެވެ. މެޗު ފަށާނީ 16:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox