އެފްއޭއެމް ނޯމަލައިޒްކުރަން ޖެހޭ: ތޯރިގު

Mar 21, 2024, 7:45 PM
އެފްއޭއެމް ނޯމަލައިޒްކުރަން ޖެހޭ: ތޯރިގު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައި އެ ހުރި މައްސަލަތައް ހައްލުކޮށް ކަންކަން ރަނގަޅުކުރެވޭނީ ނޯމަލައިޒް ކޮށްގެން ކަމަށް އެ އެސޯސިއޭޝަންގެ އިންތިހާބުގައި ވާދަކުރަން ކެންޑިޑެސީ ހުށަހަޅާފައިވާ، އެ ޖަމިއްޔާގެ ކުރީގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.

ތޯރިގު، މި ގޮތަށް ވިދާޅުވީ، އެފްއޭއެމް އިން އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރަމުން އަންނަ އެ ޖަމިއްޔާގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ފީފާ އާއި އޭއެފްސީން އެންގުމާ ގުޅިގެން، އެ ކަން އެ ގޮތަށް ހިނގި ސަބަބުތައް ހާމަކުރައްވަމުންނެވެ.

"ފެންނަ ފެނުމުގައި އެފްއޭއެމް ނޯމަލައިޒްކޮށްގެން ނޫންގޮތަކަށް ވިގަނިއަރާފައިވާ ކަންކަން ހަމައަކަށް ނޭޅޭނެ،" ތޯރިގު، އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ލިޔުއްވައިފައިވެ އެވެ.

ނޯމަލައިޒްކުރުމަކީ، މިހާރު އޮތް އެފްއޭއެމްގެ ލީޑަޝިޕް އަތުން އެތަނުގެ ހިންގުމުގެ ކޮންޓްރޯލް ނަގައި، ވަކި ކޮމިޓީއެއްގެ ދަށުން ކަންކަން ކުރިއަށް ގެންގޮސް އިންތިހާބަކާ ހަމައަށް ގެންދިއުމެވެ.

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރަން ކެންޑިޑެސީ ހުށަހެޅީ ތޯރިގުގެ އިތުރުން އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. ބައްސާމް، ކުރިމަތިލެއްވިކަން އަދި އެފްއޭއެމް އިން ހާމައެއްނުކުރެ އެެވެ.

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރުކަން ކުރައްވަމުން އަންނަ ތޯރިގު ވަނީ އޭއެފްސީ އާއި ފީފާ އިން އެފްއޭއެމް އިންތިހާބު މަޑުޖައްސާލަން މި ފަހަރު އެންގި ފަސް ސަބަބެއް ހާމަކޮށްފަ އެވެ.

ސަބަބުތައް:

- މެމްބަރު ކުލަބުތަކަަށް ބައިވެރިވުމުގެ ފުރުސަތު ގެއްލުވާލުމަށް ފަހު ކޮމިޓީތައް އެކުލަވާލުން.

- އިންތިޚާބުގެ ކުރިން ވެލެންސިއާ ސަސްޕެންޑްކުރުން،

- އެފްއޭއެމް އަށް ލިބުނު ފީފާ ފަންޑްސް އަމިއްލަ ބޭނުމަށް ބޭނުންކުރި ކްރިމިނަލް އިންވެސްޓިގޭޝަން ހިނގަމުން ދިޔުން،

- ފީފާގެ ކޮމްޕްލެއިންސް ތަހުގީގު ހިނގަމުންދާތީވެ، ފީފާއިން މިހާރު ވެސް ވަނީ ޑިވެލޮޕްމަންޑް ފަންޑް އެފްއޭއެމަށް ދިނުން ހުއްޓަލިކަން އަންގާފައި.

- އިންތިހާބުގައި ވާދަކުރަނީ ފީފާގެ ހުރިހާ ތުހުމަތަކާއި ތަޙްޤީޤްތަކުގައި ފާހަގަ ކޮށްފައިވާ އެފްއޭއެމްގެ މިހާރުގެ ރައީސް ކަމުން، އިންތިޚާބެއްގައި ވާދަކުރުމުގެ ޝަރުތާމެދު ސުވާލު އުފެދޭ.

މިއީ، އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތް ފީފާ/އޭއެފްސީގެ އެންގުމަށް ހުއްޓާލި ދެ ވަނަ ފަހަރެވެ. އޭއެފްސީ/ފީފާގެ އެންގުމަށް، ޖެނުއަރީ 31 ގައި ބާއްވަން އުޅުނު އެފްއޭއެމް އިންތިހާބު ވަނީ ކެންސަލްކޮށްފަ އެވެ.

އެ ފަހަރުގެ އިންތިހާބު ކެންސަލްކުރަން ޖެހުނީ، އެފްއޭއެމް އިން އުސޫލާ އެއްގޮތަށް، އިލެކްޓޯރަލް ކޮމިޓީތައް އައްޔަނުކޮށްފައި ނެތުމުންނެވެ. ފަހުން، އެފްއޭއެމް އިން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި، އިލެކްޓޯރަލް ކޮމިޓީތައް ފާސްކުރި އެވެ. އެކަމަކު، އެ ކޮންގްރެސް ފީފާ އާއި އޭއެފްސީން ބަލައިގަތްކަން ކަށަވަރެއް ނޫން ކަމަށް މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން އަންނަނީ ހާމަކުރަމުންނެވެ. އެންމެ ފަހުން ކެންސަލްކުރަން ޖެހުނު އިންތިހާބުގައި ބައްްސާމް ވާދައެއް ނުކުރެ އެވެ. އެ އިންތިހާބުގައި ވާދަކުރީ ތޯރިގު އާއި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އެވެ.

އެފްއޭއެމް އިން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައްސާމް ވަނީ، އިތުރު ދައުރަކަށް އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލައިފާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. އެ ގޮތުން، ބައްސާމް ވިދާޅުވީ، ވާދަނުކުރައްވާނެ ކަމަށް އިއުލާނުކުރި އިންތިހާބު މިހާރު އޮތީ ކެންސަލްވެފައި ކަމަށާއި ދެން ބާއްވާ އިންތިހާބަކާ ގުޅޭގޮތުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

އެފްއޭއެމް އިން އިލެކްޓޯރަލް ކޮމިޓީތައް ފާސްކުރި ކޮންގްރެސް އަށް ކްލަބްތަކަށް ހަމަހަމަަ ފުރުސަތު ނުދޭ ކަމުގެ ޝަކުވާ ވެސް ވަނީ ހުށަހަޅައިފަ އެވެ.

ފީފާ އާއި އޭއެފްސީން ރާއްޖޭގެ ފުޓްބޯޅަ އަށް ދޭ ފައިސާ އެފްއޭއެމްގެ ރައީސް ބައްސާމް ހިމެނޭހެން އެފްއޭއެމްގެ ބައެއް ވެރިން އަމިއްލަ މަންފާ އަށް ބޭނުންކުރި މައްސަލަތަކެއް ބަލަމުން އަންނައިރު، އޭގެއިން އެއް މައްސަލައިގައި ބައްސާމްގެ މައްޗަށް ވަނީ މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ އުފުލައިފަ އެވެ. ފީފާ އިން އެފްއޭއެމް އަށް ދިން 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ލޯންގެ ފައިސާ ބޭނުންކުރި ގޮތުގެ ކޮރަޕްޝަންގެ މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފީފާ އިން އެފްއޭއެމަށް ދެމުން އައި މާލީ އެހީތެރިކަން ހުއްޓާލާފައިވާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ހާމަކުރަމުންނެވެ. އެކަމާ ގުޅޭ ގޮތުން، "އަދަދު" އިން ކުރި ސުވާލަކަށް ޖައު ވިދާޅުވީ، ފީފާގެ ފިނޭންޝިއަލް ސަޕޯޓް އެފްއޭއެމް އަށް ހުއްޓާލިކަމެއް އަދި އަންގާފައިނުވާ ކަމަށެވެ.

އެފްއޭއެމްގެ އިންތިހާބަށް ނުފޫޒު ފޯރުވަން، ވެލެންސިއާ ސަސްޕެންޑް ކުރިކަމުގެ ތުހުމަތު ވެސް ވަނީ އެފްއޭއެމްގެ ލީޑަޝިޕަށް އަމާޒުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox