އެފްއޭއެމް ވެޓެރަންސް ލީގު: ދަ ގްރާންޑޭ އިން ފަހު ވަގުތު މުއިވެޔޮ ބަލިކޮށްފި

Mar 21, 2024, 5:55 AM
އެފްއޭއެމް ވެޓެރަންސް ލީގުގައި މުއިވެޔޮ އާއި ދަ ގްރާންޑޭ ކުޅުނު މެޗުގެ ތެރެއިން.

އެފްއޭއެމް ވެޓެރަންސް ލީގުގައި މުއިވެޔޮ އާއި ދަ ގްރާންޑޭ ކުޅުނު މެޗުގެ ތެރެއިން.

އެފްއޭއެމް ވެޓެރަންސް ލީގުގައި ދަ ގްރާންޑޭޭ ސްޕޯޓްސް ކްލަބުން ފަހު ވަގުތު 3-2 އިން މުއިވެޔޮ ބަލިކޮށް، މުބާރާތުގައި ދެ ވަނަ މޮޅު ހޯދައިފި އެވެ.

މިދިޔަ އަހަރުގެ ރަނަރަޕް، ކ. މާފުށްޓަށް ނިސްބަތްވާ ދަ ގްރާންޑޭ އިން ވަނީ ފުރަތަމަ މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސް މޭޓްސް) 2-1 އިން ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި މުއިވެޔޮ އަތުން މޮޅުވީ ފަހަތުން އަރަ އެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ލީޑުނެގީ، ހޫދު ނިޒާރު ޖެހި ގޯލުން ދަ ގްރާންޑޭ އިންނެވެ. އެކަމަކު، އަބްދުﷲ ސުޖާއު (ސުޖާ) ގޯލެއް ޖަހައި، މުއިވެޔޮ އަށް އެއްވަރުކޮށްދިނެވެ. އަދި ނައިބު ރައީސް ހުސެން މުހައްމަދު ލަތީފް (ސެމްބެ) ވެސް ކުޅުއްވާ، މުއިވެޔޮ އިން ވަނީ ގައުމީ ޓީމުގެ ކުރީގެ ފުލްބެކް، އަހުމަދު ސައީދު (އަންމަޓީ)ގެ ގޯލުން ލީޑުނަގައިފަ އެވެ.

ދަ ގްރާންޑޭ އިން އެއްވަރުކުރީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ހުއްޓައި، އިބްރާހިމް ޒައީމް ޖެހި ގޯލުންނެވެ. މެޗުގެ އިތުރު ވަގުތުގައި ޓީމު މޮޅުކޮށްދިން ގޯލު ޖެހީ ވެސް ޒައީމް އެވެ.

ގްރޫޕް ބީގެ އެއް ވަނައިގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެގެން އޮތީ ހަ ޕޮއިންޓާ އެކު ދަ ގްރާންޑޭ އެވެ. މި ގްރޫޕްގައި ހިމެނޭ މުއިވެޔޮ އާއި ސޮކަ މޭޓްސް އަތުގައި ވެސް ތިން ޕޮއިންޓް އެބައޮތެވެ. ލެގޫންސް އާއި ސްޓެލްކޯ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މި ގްރޫޕުން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ބައްދަލުކުރާނީ މި ދެ ޓީމެވެ.

ސާޅީސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަ މި ފަހަރުގެ ވެޓެރަންސް މުބާރާތުގައި 10 ޓީމު ކުޅޭއިރު، ކޮންމެ ޓީމެއްގައި ވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމެނޭނެ އެވެ. މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރަނީ، ހުއްރިއްޔާ (ހުރާ) އާއި ދިވެހި ސިފައިންގެ ކްލަބް އެވެ. މެޗު ފަށާނީ 16:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox