އެފްއޭއެމް ވެޓެރަންސް ލީގު: ޕޮލިސް އަތުން ވެސް ހުޅުމާލެ ވެޓެރަންސް އަށް ފަސޭހަ މޮޅެއް

Mar 19, 2024, 4:25 PM
އެފްއޭއެމް ވެޓެރަންސް ލީގުގައި ޕޮލިހާއި ހުޅުމާލެ ވެޓެރަންސް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އިޔާދު އަބްދުލް ވައްހާބު / އަދަދު

އެފްއޭއެމް ވެޓެރަންސް ލީގުގައި ޕޮލިހާއި ހުޅުމާލެ ވެޓެރަންސް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އިޔާދު އަބްދުލް ވައްހާބު / އަދަދު

އެފްއޭއެމް ވެޓެރަންސް ލީގު 2024 ގައި މިއަދު ހަވީރު ޕޮލިސް ކްލަބް އަތުން 4-0 އިން ފަސޭހަ މޮޅެއް ހޯދައި، އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް އިން އެ ޓީމުގެ ރަނގަޅު ފެށުން ދަމަހައްޓައިފި އެވެ.

އެންމެ ފަހުން ދެ ފަހަރު ވެސް ތަށި އުފުލާލި ހުޅުމާލެ ވެޓެރަންސް ޓީމުން މި ފަހަރުގެ މުބާރާތް ފެށީ ވިލިމާލެ ޔުނައިޓެޑް އަތުން 7-0 އިން ކުރިހޯދައިގެންނެވެ.

މިއަދު ވެސް ކޮޅަށް ގޯލަށް ވަނަނުދީ ހުޅުމާލެ ވެޓެރަންސް އިން ހޯދީ ފުރިހަމަ މޮޅެކެވެ.

Advertisement

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ހުޅުމާލެ ވެޓެރަންސް އިން ވަނީ ލީޑުނަގައިފަ އެވެ. އެ ޓީމަށް ގޯލު ހުޅުވާލައިދިނީ، މެޗުގެ 22 ވަނަ މިނިޓްގައި މުހައްމަދު ޒިޔާދު ޖެހި ގޯލުންނެވެ.

ހުޅުމާލެ ވެޓެރަންސް ޓީމުގެ ކޮކީ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އަބީދު

ދެ ވަނަ ހާފުގައި ކުޅެން ނުކުމެ، ލިބުނު ޕެނަލްޓީ އަކުން އަހުމަދު މަމްދޫހު ވަނީ ހުޅުމާލެ ވެޓެރަންސް ޓީމަށް ދެ ވަނަ ލަނޑެއް ޖަހައިދީފަ އެވެ. ދެ ވަނަ ގޯލު ޖެހިތާ ދެ މިނިޓް ފަހުން، ހުޅުމާލެ ވެޓެރަންސް ޓީމުން ތިން ވަނަ ގޯލު ޖެހި އެވެ. މި ލަނޑު ޖަހައިދިނީ އާފިއު މުހައްމަދު ހާމިދު އެވެ.

މެޗުގައި ހުޅުމާލެ ވެޓެރަންސް ޓީމުގެ ފަހު ގޯލު ޖެހީ، އަލީ ޝަމީމް (ކޮޔަރު އައްޔަ) އެވެ.

މި މެޗުގައި ހުޅުމާލެ ވެޓެރަންސް ޓީމަށް އިތުރު ގޯލު ޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މުއިވެޔޮ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. ދަ ގްރާންޑޭ އިން ފުރަތަމަ މެޗުގައި ސޮކަ މޭޓްސް އަތުން މޮޅުވިއިރު، މުއިވެޔޮ އިން ފުރަތަމަ މެޗުގައި ލެގޫންސް ސްޕޯޓްސް ކްލަބްގެ މައްޗަށް ވަނީ ކުރިހޯދައިފަ އެެވެ. މުއިވެޔޮ އާއި ދަ ގްރާންޑޭ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 16:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox