އެފްއޭއެމް ވެޓެރަންސް ލީގު: ސޮކަ މޭޓްސް ފުރަތަމަ މޮޅު ހޯދައިފި

Mar 19, 2024, 6:44 AM
ސޮކަ މޭޓްސް ޓީމުގެ މޫޗީ (ކ) ސްޓެލްކޯގެ ނާދު ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އަބްދުﷲ އަބީދު

ސޮކަ މޭޓްސް ޓީމުގެ މޫޗީ (ކ) ސްޓެލްކޯގެ ނާދު ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އަބްދުﷲ އަބީދު

އެފްއޭއެމް ވެޓެރަންސް ލީގު 2024 ގައި ސްޓެލްކޯ ކްލަބް 4-0 އިން ބަލިކޮށް، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސް މޭޓްސް) އިން މުބާރާތުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ސޮކަ މޭޓްސް މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ވަނީ ބަލިވެފަ އެވެ، އެހެންކަމުން، އިއްޔެގެ މެޗަށް ނުކުތްއިރު ވެސްް އެ ޓީމަށް އޮތީ ނަތީޖާ ނެރެން މުހިންމުވެފަ އެވެ.

ހެންވޭރު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސޮކަ މޭޓްސް އިން ދެ ގޯލު ޖެހި އެވެ. އެ ޓީމަށް 23 ވަނަ މިނިޓްގައި ލީޑުނަގައިިދިނީ، އަހުމަދު އަޝްހަމް އެވެ. އޭގެ ހަތަރު މިނިޓް ފަހުން، އަހުމަދު ނިޝާން (ކާނޫ) ވަނީ ގޯލެއް ޖަހައިފަ އެވެ.

ދެ ވަނަ ހާފުގެ ފަހު 10 މިނިޓް ތެރޭ، ސޮކަ މޭޓްސް އިން އިތުރު ދެ ގޯލު ޖެހި އެވެ. މި ހާފުގެ ފުރަތަމަ ގޯލު 51 ވަނަ މިނިޓްގައި ޖެހީ ކާނޫ އެވެ. އަދި ޓީމުގެ ފަހު ގޯލު ޖެހީ، އައްސަދު އަބްދުލް ގަނީ އެވެ. އެއީ މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށެވެ.

ސާޅީސް އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން މި ފަހަރުގެ ވެޓެރަންސް މުބާރާތް ކުރިއަށްދާއިރު، ޓީމުގައި 35 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމަނަން ފުރުސަތު އޮވެ އެވެ.

މުބާރާުތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި، އެންމެ ފަހުން ދެ ފަަހަރުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް ޓީމުން ނުކުންނާނީ ޕޮލިސް ކްލަބާ ދެކޮޅަށެވެ. މެޗު ފަށާނީ 16:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox