ކުރީގެ އިއުލާން ބާތިލް: ވޮލީބޯލް އެސޯސިއޭޝަނުގެ އިންތިހާބު މި މަހު 26 ގައި

Mar 18, 2024, 5:04 PM
ބީޗް ވޮލީބޯޅަ މުބާރާތެއްގެ މެޗެއްގެ ތެރެއިން.---- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ބީޗް ވޮލީބޯޅަ މުބާރާތެއްގެ މެޗެއްގެ ތެރެއިން.---- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސްގެ މަގާމުގެ އިތުރުން ދެން ހުސްވެފައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލާން ކުރިން ކުރި އިއުލާނު ބާތިލްކުރުމަށް ފަހު، އަލުން އިންތިހާބަށް ކުރިމަތިލާން ހުޅުވާލައި، އިންތިހާބީ ކޮންގްރެސް މި މަހު 26 ގައި ބާއްވަން ނިންމައިފި އެވެ.

އެންމެ ފަހުން، ވޮލީބޯލް އެސޯސިއޭޝަނުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ކަންކަން ބަލައިނުގަންނަން ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ނިންމެވި އެވެ. އޭގެ ފަހުން، ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ވޮލީގެ ހިންގާ ކޮމިޓީ އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އެކުގައި ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު ނިންމީ، ވީއޭއެމްގެ އޮޑިޓްގެ މަސައްކަތް ކުރަަން މުހުލަތެއްދިނުމަށް ފަހު، ގާނޫނީ ގޮތުން ދެން ފުރިހަމަވާން ޖެހޭ ކަންކަން ވެސް ފުރިހަމަކޮށް، ހުސްވެފައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމުގެ ފުރުސަތު ދޭ ގޮތަށެވެ.

ވޮލީ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) މި މަހު އެއް ވަނަ ދުވަހުން ފެށިގެން މަގާމުން އިސްތިއުފާ ދިނުމާ އެކު، އެ މަގާމާއި، މިދިޔަ މަހު ފާސްކުރި ވޮލީ އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައި ބުނާ ހިންގާ ކޮމިޓީގެ ހުރި މެމްބަރުން ނެތް މަގާމުތަކަށް މީހުން އިންތިހާބު ކުރަން، ކޮންގްރެސް އެއް ބާއްވަން ފުރަތަމަ ތާވަލުކުރީ މި މަހު 15 ގަ އެވެ.

ނަމަވެސް، ކޮންގްރެސް އެއް ބާއްވައި، އިންތިހާބު 19 އަށް ފަސްކުރި އެވެ. އެންމެ ފަހުން، މިއަދު އިއުލާނެއް މެދުވެރިކޮށް، ވޮލީ އެސޯސިއޭޝަނުން ނިންމާފައިވަނީ އިންތިހާބީ ކޮންގްރެސް މި މަހު، 26 ގައި ކުރިއަށް ގެންދިއުމަށެވެ.

ވޮލީބޯލް އެސޯސިއޭޝަނުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމަށް، މި މަހު ތިން ވަނަ ދުވަހު ކުރި އިއުލާނު އެ އެސޯސިއޭޝަނުން މިއަދު ވަނީ ބާތިލްކޮށްފަ އެވެ. އަދި މިއަދު އިތުރު އިއުލާނެއްކޮށް، މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި އެވެ.

ހުސްވެފައިވާ މަގާމުތަކަކީ، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގައި ހިމެނޭ އެކްސް އޮފީޝިއޯ މެމްބަރުންގެ ތެރެއިން، ރައީސްގެ މަގާމާއި، ސީނިއާ ނައިބު ރައީސްގެ މަގާމާއި، ވޮލީބޯލް ނައިބު ރައީސް، އިދާރީ ނައިބު ރައީސް، އަންހެން ނައިބު ރައީސްގެ މަގާމަަށެވެ. މި މަގާމުތަކަށް ކުރިމަތިލެވޭނީ، އެސޯސިއޭޝަނުގެ ވޯޓުލެވޭ ތިން މެމްބަރުންގެ ތާޢީދާ އެކުގަ އެވެ. އަދި ކުރިމަތި ލެވޭނީ އެއް ޓީމެއްގެ ގޮތުގައި ކަމަށް ވެސް ވޮލީ އެސޯސިއޭޝަނުން ހާމަކުރެ އެވެ.

ދެން، ކުރިމަތިލާން ހުޅުވާލާފައިވަނީ ހިންގާ ކޮމިޓީގައި ހިމެނޭ ހަތަރު މެމްބަރުންގެ ޖާގަ އަށެވެ. މީގެއިން ކޮންމެ މަގާމަކަށް ކުރިމަތިލާން ޖެހޭނީ ވަކިވަކި މެމްބަރުންގެ ގޮތުގަ އެވެ.

މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މި މަހު 23 ވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން ހުށަހެޅުމަށް ވޮލީބޯލް އެސޯސިއޭޝަނުން ވަނީ އަންގައިފަ އެވެ. މި މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރެވޭނީ، މިހާރު ހިނގަމުންދާ ހިންގާ ކޮމިޓީގެ ދައުރުގެ ބާކީ މުއްދަތަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހަށެވެ.

ވޮލީބޯލް އެސޯސިއޭޝަނުން މި މަހުގެ 10 ވަނަ ދުވަހު، މުއްދަތު ހަމަވާ ކުރާގޮތަށް ކުރި އިއުލާނު ބާތިލްކުރިއިރު، އެ އިއުލާނުގެ ސުންގަނޑި ހަމަވުމުގެ ކުރިން، މަގާމުތަކަށް ކުރިމަތިލީ އެއް ޓީމަކުންނެވެ. މި ފަަހަރު ވެސް އެ ޓީމުން ކުރިމަތިލުމުގެ ފުރުސަތު ބޮޑެވެ.

އެ ގޮތުން، އެ ފަހަރު، ރައީސްގެ މަގާމަށް ކުރިމަތިލައިފައިވަނީ، ދާދި ފަހުން، ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވި މުހައްމަދު ލަތީފް (ލަތީބެ) އެވެ. އޭނާ ވަނީ ވޮލީ އެސޯސިއޭޝަންގެ ރައީސްކަން، 2016-2019 އަށް ކޮށްފަ އެވެ.

ދެން، މަގާމުތަކަށް ކުރިމަތިލައިފައިވަނީ، ސީނިއާ ނައިބު ރައީސަކަށް މުހައްމަދު ސާޖިދު (ބޮޑުކާއްޓެ)، ނައިބު ރައީސް ވޮލީބޯލްގެ މަގާމަށް އަލީ ލަތީފް، ނައިބު ރައީސް އިދާރީގެ މަގާމަށް އިއްޒަތު ވަހީދު، ނައިބު ރައީސް/އަންހެން މަގާމަށް އާއިދާ އަބްދުލް ހަކީމް، ހިންގާ ކޮމިޓީ މެމްބަރުންގެ މަގާމަށް ފަތުހުﷲ ވަހީދު (ފައްލޯ)، ސޮފްވާން އަހުމަދު ޝިޔާމް އަލީ އަދި ހިންގާ ކޮމިޓީ މެމްބަރު/އަންހެން މަގާމަށް އައިޝަތު ފަތީނަތު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox