ވިނީޝިއުސްއާ ދިމާކުރާ މައްސަލައިގައި މެޑްރިޑުން ފުލުހަށް

Mar 16, 2024, 7:42 AM
ވިނީޝިއުސްއާ ދިމާކުރާ މައްސަލައިގައި މެޑްރިޑުން ފުލުހަށް

މެޑްރިޑް (މާޗް 16) - ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލް ފޯވާޑް ވިނީޝިއުސް ޖޫނިއާ އަށް ނަސްލީ ގޮތުން ދިމާ ކުރާ މައްސަލަ އެ ޓީމުން އެންމެ ފަހުން ފުލުހަށް ހުށަހަޅައިފި އެވެ.

މީގެ ކުރިންވެސް އެކި ފަހަރު މަތިން ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާ ކުރާ މައްސަލަ އެކި ފަހަރު މަތިން ފެންމަތިވި އެވެ. މި ފަހަކަށް އައިސް މި މައްސަލަ ދިމާވީ މި ހަފުތާގައި އެތުލެޓިކޯ އާއި އިންޓަ މިލާން ބައްދަލުކުރި މެޗު ފެށުމުގެ ކުރިން ސަޕޯޓަރުން ވިނީޝިއުސް އާ ނަސްލީ ގޮތުން ދިމާ ކުރާ ވީޑިއޯ އެއް ވަނީ އާންމުވެފަ އެވެ. މީގެ އިތުރުން ބާސެލޯނާ އާއި ނަޕޯލީ ބައްދަލުކުރި މެޗުގައި ވެސް ވިނީޝިއުސްއާ ނަސްލީ ގޮތުން ބާސެލޯނާގެ ސަޕޯޓަރުން ދިމާކުރާ ވީޑިއޯ އެއް ވަނީ އާންމުވެފަ އެވެ.

މިކަމާ ގުޅިގެން ރެއާލުން ނެރުނު ބަޔާނެއްގައި ބުނީ އެ ޓީމުން މި މައްސަލަ ކަމާބެހޭ އިދާރާތަކުގައި ރިޕޯޓުކުރާނެ ކަމަށެވެ.

"މިކަހަލަ ނަފްރަތު އުފެދޭ ބަސްތައް ރެއާލްގެ ކުޅުންތެރިންނާ ދިމާލަށް ބުނެ މަޖާކޮށް ހަދަން މި ކުލަބުން ފުރުސަތެއް ނުދޭނަން. މިކަން އެޓާނީ ޖެނެރަލް އޮފީހަށް ހުށަހަޅާނަން" ރެއާލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި، ވިނީޝިއުސް ބުނީ އެ ކުލަބުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"އަހަރެން އުންމީދު ކުރަން ޔުއެފާ އިން މި މައްސަލަ ބަލާ އެ ކުލަބުތަކާ ދެކޮޅަށް ފިިޔަވަޅު އަޅާނެ ކަމަށް. މިއީ ވަރަށް ދެރަކަމެއް ހާއްސަކޮށް އަހަރެން ނުކުޅޭ މެޗުތަކުގައި ވެސް މިކަން އެބަވޭ" ވިނީޝިއުސް ބުންޏެވެ.

މީގެ ކުރިން ވިނީޝިއުސް އާ ދިމާކުރި މައްސަލައިގައި ހަތް މީހުން ސްޕެއިންގެ ފުލުހުން ހައްޔަރުކުރި އެވެ. އަދި އޭގެ ތެރެއިން ފަސް މީހަކު ވަނީ ޖޫރިމަނާ ކޮށްފަ އެވެ.

ނަސްލީ ގޮތުން ވިނީޝިއުސްއާ ދިމާކުރާ މައްސަލައިގައި އޭނާއާ އެކު ހުރިކަން ދައްކުވައިދޭން ގިނަ ކުޅުންތެރިން އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox