ސަރުކާރު މުވައްޒަފުން ވަކި ކުރާތީ އެމްޑީޕީން ގާނޫނަށް ބަދަލު ގެންނަނީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް: ސަރުކާރު މުވައްޒަފުން ވަކި ކުރާތީ އެމްޑީޕީން ގާނޫނަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް: ސަރުކާރު މުވައްޒަފުން ވަކި ކުރާތީ އެމްޑީޕީން ގާނޫނަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ސިޔާސީ ވިސްނުމުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާތީ ގާނޫނަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު ފަތުހުﷲ ޖަމީލް ރޭ ބޭއްވި ކެމްޕޭނު އިވެންޓެއްގައި، ކުރިން އިކޮނޮމިކް މިނިސްޓަރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ފައްޔާޒް ވިދާޅުވީ މި ސަރުކާރާއެކު ކުންފުނިތަކުން މުވައްޒަފުން ވަކިކުރަން ފަށާފައިވާ ކަމަށެވެ. އެކަމުގެ ޝަކުވާ ރާއްޖޭގެ ހުރިހާ ހިސާބަކުން ލިބެމުންދާ ކަމަށާއި މި ސަރުކާރާއެކު އަނެއްކާ ވެސް ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުލަތުގެ ކުންފުނިތަކުގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ދަންނަވާލަން އެއްވެސް ބިރެއް ނެތި ގާނޫނު އަސާސީން ލިބިދޭ ހައްގު ތިބޭފުޅުން ބޭނުން ކުރައްވާށޭ. ތިބޭފުޅުން ބޭނުން ގޮތަކަށް ސިޔާސީ ހަރަކާތް ކުރިޔަށް ގެންދެވޭނެއޭ،" ފައްޔާޒް ވިދާޅުވި އެވެ.

ވަކިކުރާ މުވައްޒަފުންގެ ވަޒީފާ އަނބުރާ އިޔާދަ ކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނާނެ ކަމަށާއި، ބޭނުންހާ ގޮތަކަށް ސަރުކާރަށް މުވައްޒަފުން ނުކެނޑޭ ގޮތަށް ގާނޫނުތައް ހަދާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އެބަ އޮތް ކަމަށާއި، ގާނޫނު އެންމެ ރަނގަޅަށް ފާސްކުރާނެ ކަމަށެވެ. އަދި ސަރުކާރުގެ މިސްރާބު ހަމަ މަގަށް އެޅުވޭނީ އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ލިބިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރަމުން އަންނަ ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރަމުން އަންނައިރު، އެމްޑީޕީން ވަނީ މީގެ ކުރިންވެސް އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox