ކައުންސިލް މެމްބަރުންގެ ކޮމިޓީއެއް މިނިސްޓަރު އެކުލަވައިލީ ކައުންސިލަށް ނޭނގި: މޭޔަރު

ހައުސިން މިނިސްޓަރީގެ ހިޔާވަހި ޕޯޓަލް އިފްތިތާހު ކުރުމުގެ ޖަލްސާގައި މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ހައުސިން މިނިސްޓަރީގެ ހިޔާވަހި ޕޯޓަލް އިފްތިތާހު ކުރުމުގެ ޖަލްސާގައި މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ބިންވެރިޔާ އާއި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ކޮމިޓީގެ މުހިއްމު ނިންމުންތަކުގައި ސިޓީ ކައުންސިލްގެ ބައިވެރިވުން ބޭއްވުން މުހިއްމު ކަމަށް ބުނެ، އެ ކައުންސިލްގެ ފަސް މެމްބަރަކު ހިމަނައިގެން ކޮމިޓީއެއް އެކުލަވައިލީ ކައުންސިލަށް އެއްވެސް އެނގުމެއް ނެތި ސަރުކާރުން އަމިއްލަ އަށް ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބިންވެރިޔާ އާއި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ފަސް މެމްބަރުންގެ ކޮމިޓީގެ މުހިއްމު ނިންމުންތައް ނިންމުމުގައި މާލޭ ސިޓީ ކައުންސިލްގެ ބައިވެރިވުން އޮންނަން ބޭނުންވާތީ ސިޓީ ކައުންސިލްގެ ފަސް މެމްބަރުން ހިމެނޭ ކޮމިޓީއެއް ހައުސިން މިނިސްޓަރު އަލީ ހައިދަރު އެކުލަވައިލީ، މިިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓު އެންޑް ޕަބްލިކް ވޯކްސްގެ މަޝްވަރާގެ މަތިން ކަމަށެވެ.

އެ ކޮމެޓީގައި ހިމެނެނީ:

  • މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒު
  • އާއިޝަތު ނިޒްލީ ރަޝީދު
  • އަހުމަދު އައިފާން
  • ހަސަން ނިޒާމް
  • މުހައްމަދު އަރީޝް

މާލޭން ގޯއްޗާއި ފްލެޓު ދޫކުރާ މީހުން ކަނޑައެޅުމުގައި ސިޓީ ކައުންސިލްގެ ބައިވެރިވުން އޮންނަން ފެންނަ ކަމަށް ސިޓީ ކައުންސިލުން ދާދި ފަހުން ފާސްކޮށް، ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވި އެވެ. ނަމަވެސް ކައުންސިލްގެ މެމްބަރުން ހިމަނައިގެން ކޮމިޓީއެއް އެކުލަވައިލީ ކައުންސިލާ އެއްވެސް މަޝްވަރާ ކުރުމެއް ނެތި ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.

"ކޮމިޓީ އެކުލަވައިލުމަށް މާލޭ ސިޓީ ކައުންސިލްގެ އެއްވެސް ލަފައެއް ނުހޯދާ. އެއީ މިނިސްޓަރު އަމިއްލަ ކޮމިޓީއެއް،" އާޒިމް "އަދަދު" ނޫހަށް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ކޮމިޓީތައް އެކުލަވައިލަނީ މޭޔަރު އަދި ކައުންސިލްގެ ބައްދަލުވުމުން ފާސްކޮށްގެން ކަމަށާއި، ރަނގަޅު ގޮތަކީ ވެސް އެއީ ކަމަށް އާޒިމް ފާހަގަ ކުރެއްވި އެވެ.

މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ރައްޔިތުންނަށް ދޫކުރި ގޯތިތަކުގެ މައްސަލައެއް އޭސީސީން ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ ތަހުގީގުގެ ތަފުސީލެއް އެ ކޮމިޝަނުން އާންމު ކޮށްފައެއް ނުވެ އެވެ.

ކުރީ ސަރުކާރުން އިއުލާނު ކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ދޫކުރާ 4000 ފުލެޓު ލިބޭ މީހުންގެ ލިސްޓު ތަހުގީގު ކުރުމަށް ފަހު އޭސީސީން ވަނީ އޭގެތެރެއިން 59 ޕަސެންޓު މީހުންގެ ޝަރުތު ހަމަނުވާ ކަމަށް ބުނެފަ އެވެ. އަދި ޝަރުތު ހަމަވި ނަމަވެސް މައްސަލަ އުޅޭ 19.7 މީހުންނަށް ފުލެޓު ދީފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

މިދިޔަ ސަރުކާރުން ވަނީ ގެދޮރުވެރިޔާ ސްކީމަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓު ދޭން ނިންމައިފަ އެވެ. ފުލެޓުތަކަށް އެދި ހުށަހެޅި 20،697 މީހުންގެ ތެރެއިން 15،046 މީހުންގެ ޝަރުތު ހަމަވި އެވެ.

ޝަރުތު ހަމަވި މީހުންގެ ތެރެއިން ފުރަތަމަ 4000 ފުލެޓު ލިބޭ މީހުންގެ ގޮތުގައި މިދިޔަ ސަރުކާރުން ކަނޑައެޅީ ތިން ކޮޓަރީގެ އެޕާޓުމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76 އަކަށް ވުރެ މަތިން ޕޮއިންޓު ލިބުނު މީހުންނާއި ދެ ކޮޓަރީގެ އެޕާޓުމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެިން 73 އަކަށްށްވުރެ މަތިން ޕޮއިންޓު ލިބުނު މީހުންނަށެވެ.

އޭސީސީގެ ތަހުގީގާ ގުޅިގެން ހައުސިން މިނިސްޓަރީން ވަނީ ފުލެޓު ލިސްޓު އަލުން އިވެލުއޭޓު ކުރުމަށް ނިންމައިފަ އެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ ފްލެޓާއި ގޯތި ލިބޭނެ ކަމަށް ކުރީ ސަރުކާރުން ނިންމައި ގެޒެޓުކޮށްފައިވާ ލިސްޓުގައި ހިމެނޭ އެންމެނަށް ފްލެެޓާއި ގޯތި ދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox