އެފްއޭއެމް ވެޓެރަންސް ލީގުގައި މި ފަހަރު 10 ޓީމު

Mar 12, 2024, 1:44 AM
ހުޅުމާލެ ވެޓެރަންސް ޓީމަށް މިދިޔަ އަހަރު ކުޅުނު އޭދަފުށީ މަޖިއްޓެ (ކ) އަތުން ބޯޅަ ހޯދަން އެމްއެސް މޭޓްސް އަށް ކުޅުނު ރޮނާ މަސައްކަތް ކުރަނީ.--- ފޮޓޯ: އަަދަދު

ހުޅުމާލެ ވެޓެރަންސް ޓީމަށް މިދިޔަ އަހަރު ކުޅުނު އޭދަފުށީ މަޖިއްޓެ (ކ) އަތުން ބޯޅަ ހޯދަން އެމްއެސް މޭޓްސް އަށް ކުޅުނު ރޮނާ މަސައްކަތް ކުރަނީ.--- ފޮޓޯ: އަަދަދު

ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު ބާއްވާ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގައި މި ފަހަރު 10 ޓީމަކުން ވާދަކުރަން ތައްޔާރުވެއްޖެ އެވެ.

އެފްއޭއެމްއާ ގުޅިގެން، ކްލަބް އިވެންޓްސް އިން އެންމެ ފަހުން ދެ ފަަހަރު ވެސް ބޭއްވި އެފްއޭއެމް ވެޓެރަންސް ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ، ހުޅުމާލެ ވެޓެރަންސް ކްލަބުންނެވެ. އެ ޓީމުން، މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ 5-2 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.

ހެންވޭރު ދަނޑުގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ މި ފަހަރުގެ ވެޓެރަންސް ލީގުގައި ވާދަކުރާ 10 ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. އެއީ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމެއް ސެމީ ފައިނަލަށް ކޮލިފައިވާ ގޮތަށެވެ.

އެ ގޮތުން، ގްރޫޕް އޭ ގައި ހިމެނެނީ، އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް ކްލަބްގެ އިތުރުން، ވިިލިމާލެ ޔުނައިޓެޑާއި، ޕޮލިސް ކްލަބް، ހުއްރިއްޔާ (ހުރާ) އަދި ދިވެހި ސިފައިންގެ ކްލަބް އެވެ. ގްރޫޕް ބީ ގައި ހިމެނެނީ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، އެމްއެސް މޭޓްސް، މުއިވެޔޮ، ލެގޫންސް ސްޕޯޓްސް ކްލަބް އަދި ކްލަބް ސްޓެލްކޯ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު، 16:30 ގައި ހުޅުމާލެ ވެޓެރަންސް އިން ކުޅޭނީ ވިލިމާލެ ޔުނައިޓެޑާ އެވެ.

އެންމެ ފުރަތަމަ ވެޓްރަންސް މުބާރާތް ސީދާ އެފްއޭއެމުން އިންތިޒާމްކުރި ނަމަވެސް ފަހަކަށް އައިސް މުބާރާތް ބާއްވާފައިވަނީ އެކި އަމިއްލަ ކްލަބްތަކާ ގުޅިގެންނެވެ. އެ ގޮތުން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްވީއޭއެމް) އާއި އެމްއެސް މޭޓްސްއާ ގުޅިގެން ވެސް ވަނީ މުބާރާތް ކުރިއަށް ގެންގޮސްފަ އެވެ. މިހާރު މުބާރާތް ހިންގަނީ، ކްލަބް އިވެންޓްސް އިންނެވެ.

ތިރީސް ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުޅޭ ވެޓެރަންސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމުތަކަށް ބަލާއިރު، އެންމެ ކާމިޔާބީ ފަސް ފަހަރު މުބާރާތުގެ ތަށި އުފުލާލި ކްލަބް ވެލެންސިއާ އެވެ. ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ސޮކަ ވެޓެރަންސް އެސޯސިއޭޝަން އަދި ހުޅުމާލެ ވެޓެރަންސް ކްލަބުން ވެސް ވަނީ ވެޓެރަންސް މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox