މައްސަލަ ބޮޑުވި ކޮންގްރެސްއެއްގައި ވޮލީ އެސޯސިއޭޝަންގެ އިންތިހާބު ފަސްކުރަން ފާސްކޮށްފި

Mar 12, 2024, 1:44 AM
ރޭ ބޭއްވި ވޮލީ އެސޯސިއޭޝަންގެ ކޮންގްރެސްގެ ތެރެއިން.

ރޭ ބޭއްވި ވޮލީ އެސޯސިއޭޝަންގެ ކޮންގްރެސްގެ ތެރެއިން.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ މައްސަލަތަކެއް ކުރިމަތިވިއިރު، އެ ކޮންގްރެސްގައި މި މަހު 15 ގައި ބާއްވަން ނިންމާފައި އޮތް އިންތިހާބު ހަތަރު ދުވަސް ފަސް ކުރަން ނިންމައިފި އެވެ.

ރޭ ސޮލައިޓް ރެސްޓޯރަންޓްގައި ކުރިއަށްދިޔަ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައި، ވޮލީބޯލް އެސޯސިއޭޝަންގެ އިންތިހާބާ ގުޅޭ ބައެއް ކަންކަން ނިންމިއިރު، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ ދާދި ފަހުން ވޮލީ އެސޯސިއޭޝަން ސިޓީއެއް ފޮނުވައި، ވޮލީ އެސޯސިއޭޝަން އިންތިހާބު ކަންކަން މަޑުޖައްސާލަން އަންގައިފަ އެވެ. އަދި އިންތިހާބަކާ ހަމައަށް ދިއުމުގެ ކުރިން، އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކައުންސިލުން، ވޮލީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއާ އެކު ބައްދަލުވުމަކަށް ގޮވާލައިފަ އެވެ.

އެ ބައްދަލުވުން ބޭއްވުމުގެ ކުރިން، ވީއޭއެމް އިން ކްލަބްތަކާ އެކު ބޭއްވީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެކެވެ.

މި ކޮންގްރެސްގައި ފާސްކުރީ، މި މަހު 19 އަށް އިންތިހާބު ފަސް ކުރުމަށެވެ. އަދި އެސޯސިއޭޝަންގެ ހިންގުން، އިންތިހާބަކާ ހަމައަށް ދަންދެން، ބީޗް ވޮލީބޯލް ކޮމިޝަންގެ ޗެއާމަން ކަމުން، އާ އަސާސީ ގަވާއިދުގެ ތެރެއިން، ބީޗްވޮލީބޯޅަ ނައިބު ރައީސަކަށް ބަދަލުވި، އަބްދުﷲ ނަޝީދު (އަބުޅޯ)އާ ހަވާލުކުރަން ވެސް ފާސްކުރި އެވެ.

މީގެ އިތުރުން ރޭގެ ކޮންގްރެސްގައި ވަނީ ވޮލީ އެސޯސިއޭޝަންގެ އިލެކްޓޯރަލް ކޮމިޓީ އާއި ލީގަލް ކޮމިޝަންގެ އިތުރުން އެޕީލްސް ކޮމިޝަން ވެސް ވަނީ ފާސްކޮށްފަ އެވެ.

ރޭގެ ކޮންގްރެސްގައި އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކޮމިޝަނުން ބައިވެރިވެފައިނުވެ އެވެ. މި ކޮންގްރެސްގައި ބައިވެރިނުވެވިގެން ބައެއް ކްލަބްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ގޮތުން، ސިޓީ ސްޕޯޓްސް ކުލަބުގެ ފަރާތުން ކޮންގްރެސްގައި ބައިވެރިވާން ދިޔަ، އިބްރާހީމް ރަޝީދު (ސަތޯ) އަށް ބައިވެރިނުވެވުނީ، ރަޖިސްޓްރޭޝަން ފުރިހަމަނުވާތީ ކަމަށް ވަނީ އެސޯސިއޭޝަނުން ބުނެފަ އެވެ. އެކަމަކު، އެ އަށް އިންކާރު ކުރަމުން ސަތޯ ވަނީ ކޮންގްރެސްގެ ދައުވަތު ލިބުމާ އެކު، ރަޖިސްޓްރީ ފޯމު ހުށަހެޅި ކަމަށް ބުނެފަ އެވެ. އަދި މި ކޮންގްރެސް އަކީ ރަސްމީ ހައިސިއްޔަތެއް އޮވެގެން ކުރިއަށްދާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އޮބްޒާވަރެއްގެ ގޮތުގައި ރޭގެ ކޮންގްރެސްގައި ބައިވެރިވުމަށް ދިޔަ، މަލްސަމް ސްޕޯޓްސް ކްލަބްގެ ރައީސް، މުހައްމަދު ޝާފީ އަށް ވެސް ފުރުސަތެއް ނުލިބުނެވެ. އެއީ ވެސް ރަޖިސްޓްރޭޝަން ފުރިހަމަ ނުވާތީ ކަަމަށް ވަނީ އަންގައިފަ އެވެ.

ވޮލީ އެސޯސިއޭޝަނުން އިންތިހާބެއް ބާއްވަނީ، އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމުން، މިދިޔަ މަހު މުހައްމަދު ރަނޭޝް (ރަނޭ)، ދައުރުގައި ބާކީ އެއް އަހަރު އޮއްވައި އިސްތިއުފާ ދިނުމުންނެވެ. ރަނޭ އިސްތިއުފާ ދިނުމުން، ދެން ކުރިއަށް އޮތް އިންތިހާބުގައި، މަގާމުތަކަށް މީހުން ހޮވަނީ، މި ދައުރުގެ ބާކީ ބަަޔަށެވެ. އެ ގޮތުން، ވޮލީ އެސޯސިއޭޝަނުން ވަނީ، ކުރިމަތިލުމުގެ ސުންގަނޑި ހަމަވުމުގެ ކުރިން، މަގާމުތަކަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް އާންމުކޮށްފަ އެވެ.

އެ ގޮތުން، ރައީސްގެ މަގާމަށް ކުރިމަތިލައިފައިވަނީ، ދާދި ފަހުން، ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވި މުހައްމަދު ލަތީފް (ލަތީބެ) އެވެ. އޭނާ ވަނީ ވޮލީ އެސޯސިއޭޝަންގެ ރައީސްކަން، 2016-2019 އަށް ކޮށްފަ އެވެ. ދެން މަގާމުތަކަށް ކުރިމަތިލައިފައިވަނީ، ސީނިއާ ނައިބު ރައީސަކަށް މުހައްމަދު ސާޖިދު (ބޮޑުކާއްޓެ)، ނައިބު ރައީސް ވޮލީބޯލްގެ މަގާމަށް އަލީ ލަތީފް، ނައިބު ރައީސް އިދާރީގެ މަގާމަށް އިއްޒަތު ވަހީދު، ނައިބު ރައީސް/އަންހެން މަގާމަށް އާއިދާ އަބްދުލް ހަކީމް، ހިންގާ ކޮމިޓީ މެމްބަރުންގެ މަގާމަށް ފަތުހުﷲ ވަހީދު (ފައްލޯ)، ސޮފްވާން އަހުމަދު ޝިޔާމް އަލީ އަދި ހިންގާ ކޮމިޓީ މެމްބަރު/އަންހެން މަގާމަށް އައިޝަތު ފަތީނަތު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox