ވޮލީބޯލް އެސޯސިއޭޝަންގެ ރައީސަކަށް ކުރިމަތިލެއްވީ ލަތީފް އެކަނި

Mar 10, 2024, 12:49 PM
ވޮލީބޯލް އެސޯސިއޭޝަންގެ ރައީސަކަށް ކުރިމަތިލެއްވީ ލަތީފް އެކަނި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މި މަހު ބާއްވަން ނިންމާފައިވާ އިންތިހާބުގައި ހުސްވެފައިވާ އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ ހަމައެކަނި، ފަރާތަކީ ކުރީގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ކަމަށް އެސޯސިއޭޝަނުން ބުނެފި އެވެ.

ދާދި ފަހުން، ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވި ލަތީފް ވަނީ، 2016-2019 އަށް ވީއޭއެމްގެ ރައީސްގެ މަގާމު ފުރުއްވައިފަ އެެވެ. އޭނާގެ މަގާމު ގެއްލުނީ، ކުރީގެ ކޮމިޝަނާ އޮފް ސްޕޯޓްސް، ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)، ވޮލީ އެސޯސިއޭޝަންގެ މައްސަލައެއް ބަަލައި، އޭރު އޮތް ލަތީފްގެ ހިންގާ ކޮމިޓީ އުވާލައި، އެސޯސިއޭޝަން އިންޓަރިމް ހާލަތަކަށް ގެންނަން ނިންމުމުންނެވެ.

Advertisement

ގިނަ މައްސަލަތަކެއްގެ ތެރޭގައި، ވޮލީ އެސޯސިއޭޝަން އޮތުމަށް ފަހު، އޭޕްރީލް، 2021 ގައި އެ އެސޯސިއޭޝަނުގެ އިންތިހާބެއް ބާއްވައި، ރައީސަަކަށް އައީ، ލަތީފްގެ ދައުރުގެ ފުރަތަމަ ސީނިއާ ނައިބު ރައީސް، މުހައްމަދު ރަނޭޝް (ރަނޭ) އެވެ. މަގާމުގެ ދައުރުގައި އެއް އަހަރު އޮއްވައި، ރަނޭ ވަނީ އިސްތިއުފާދީފަ އެވެ.

އެއާއެކު، ވީއޭއެމް އިން މި މަހު 15 ގައި އިންތިހާބެއް ބާއްވަން އިއުލާނުކުރުމާ އެކު، ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލަން ސުންގަނޑި ހަމަވިއިރު ނަން ހުށަހަޅާފައިވާ ފަރާތްތަކުގެ ނަންތައް ވީއޭއެމް އިން ވަނީ އާންމުކޮށްފަ އެވެ.

ކުރިއަށް އޮތް ވީއޭއެމްގެ އިންތިހާބުގައި މަގާމުތަކަށް ހުށަހަޅާފައިވާ ނަންތައް:

* ރައީސް: މުހައްމަދު ލަތީފް

* ސީނިއާ ނައިބު ރައީސް: މުހައްމަދު ސާޖިދު (ބޮޑުކާއްޓެ)

* ނައިބު ރައީސް ވޮލީބޯލް: އަލީ ލަތީފް

* ނައިބު ރައީސް އިދާރީ: އިއްޒަތު ވަހީދު

* ނައިބު ރައީސް އަންހެން: އާއިދާ އަބްދުލް ހަކީމް

* ހިންގާ ކޮމިޓީ މެމްބަރު: ފަތުހުﷲ ވަހީދު (ފައްލޯ)

* ހިންގާ ކޮމިޓީ މެމްބަރު: ސޮފްވާން އަހުމަދު

* ހިންގާ ކޮމިޓީ މެމްބަރު: ޝިޔާމް އަލީ

* ހިންގާ ކޮމިޓީ މެމްބަރު/އަންހެން: އައިޝަތު ފަތީނަތު

ވޮލީ އެސޯސިއޭޝަނުން އެންމެ ފަހުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި، އަސާސީ ގަވާއިދު ފާސްކުރުމަށް ފަހު، ދެން ވަނީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ. އެ ގަރާރު މެދުވެރިކޮށް، އާ އަސާސީ ގަވާއިދުގައިވާ ބައެއް މަގާމުތަކަށް މީހުން ވަނީ "މައިގްރޭޓް" ކޮށްފަ އެވެ.

އެ ގޮތުން، ބީޗްވޮލީ ކޮމިޝަންގެ އިސް ފަރާތަކަށް ހުންނެވި، އަބްދުﷲ ނަޝީދު (އަބުޅޯ)، ވަނީ ބީޗްވޮލީގެ ބައިން ނައިބު ރައީސަކަށް އައްޔަނުކޮށްފަ އެވެ. އަދި އެންމެ ފަހުގެ އިންތިހާބީ ނައިބު ރައީސް، އަޝްރަފް އަލީ (އަޝްރާ) ހުއްޓައި، ގަރާރެއް މެދުވެރިކޮށް، އަބްދުﷲ ވީއޭއެމްގެ ކަންކަމުގެ އިސް ފަރާތަކަށް ހަމަޖެއްސުމުންނާއި ކަންކަން ދާ ގޮތުން، ހިތްހަމަނުޖެހުންތަކެއް އޮތެވެ.

އިންތިހާބު ކަންކަން މަޑުޖައްސާލަން ކޮމިޝަނާ އޮފް ސްޕޯޓްސް އިން އެންގި

ވޮލީ އެސޯސިއޭޝަނުން އެންމެ ފަހުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް ފަހު، ހިނގި ކަންތައްތަކާއި އިންތިހާބެއް އިއުލާނުކުރިއިރު، ބައެއް ކަންކަން ފުރިހަމަނުވެ ހުރުމުން، މި މަހު ތިން ވަނަ ދުވަހު ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް، ވަނީ ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، މުހައްމަދު ސައީދަށް އެޑްރެސްކޮށް މި މަހު ތިން ވަނަ ދުވަހު ސިޓީއެއް ފޮނުވައިފަ އެވެ.

އެ ގޮތުން، ކޮމިޝަނަރުގެ އެ ސިޓީގައި ބުނެފައިވަނީ ވީއޭއެމްގެ ،2020، 2021، 2022 އަދި 2023 ގެ އޮޑިޓް ރިޕޯޓާއި ކޮންމެ އަހަރެއްގެ މާޗް 31 ގެ ކުރިން ބާއްވަން ޖެހޭ އަހަރީ އާންމު ޖަލްސާގެ ކަންކަން ވެސް ވޮލީ އެސޯސިއޭޝަނުން އުސޫލުގެ ތެެެރެއިން ފުރިހަމަކުރަން އެދޭ ކަމަށެވެ.

"ވީމާ ތިޔަ އެސޯސިއޭޝަންގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކައުންސިލް ހިމެނޭ ގޮތަށް ތިޔަ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއާ އެކު ބައްދަލުވުމެއް ހަމަޖައްސައި ގޮތްތަކެއް ނިމެންދެން އިންތިހާބުގެ ކަންކަން މަޑުޖައްސާލުން އެދެމެވެ.،" ސްޕޯޓްސް ކޮމިޝަަނަރު ތޮލާލް، ވޮލީ އެސޯސިއޭޝަނަށް ފޮނުއްވި ސިޓީގައިވެ އެެވެ.

ވޮލީ އެސޯސިއޭޝަނުން ވަނީ، ކޮމިޝަނަރު ސިޓީ ފޮނުވި ދުވަހު، ގެޒެޓްގައި ޝާއިއުކޮށް އެ އެސޯސިއޭޝަން އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފަ އެވެ. ވީއޭއެމް އިން އެންމެ ފަހުން ދެ ފަހަރު އެކްސްޓްރާ އޯޑީނަރީ ކޮންގްރެސް ބޭއްވިއިރު ވެސް ކޮމިޝަނަރު އަންގާފައިވާ ގޮތަށް އޮޑިޓްގެ ކަންކަން ކުރިއަށް ގެންގޮސްފައިނިުވެ އެވެ.

އެހެން ނަމަވެސް، މި މަހު، 15 ވަނަ ދުވަހު ބާއްވަން އޮތް އިންތިހާބުގެ ކަންކަމާ ހަމައަށް ދިއުމުގެ ކުރިން މުހިންމު ކަންކަން ކުރުމުގެ ގޮތުން، މާދަމާރޭ ވަނީ އެކްސްްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވަން ތާވަލުކޮށްފަ އެވެ.

މާދަމާ ރޭގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާ އަށް ބަލާއިރު، ވީއޭއެމްގެ އިންތިހާބު ބާއްވައި، ރައީސަކު އިންތިހާބު ކުރެވެންދެން، ވީއޭއެމްގެ ކަންކަން ބަލަހައްޓާ ފަރާތަކަށް ކަނޑައެޅި އަބްދުﷲ އިތުބާރު އޮތްތޯ ބަލާނެ އެވެ. މިދިޔަ މަހު 15 ވަނަ ދުވަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ޔައުމިއްޔާ ފާސްކުރުން ވެސް މި ފަހަރުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް އެޖެންޑާކޮށްފައިވާއިރު، ކޮމިޝަނަރުގެ ސިޓީގައި ބުނެފައިވާ، 2020، 2021، 2022 އަދި 2023ގެ އޮޑިޓް ރިޕޯޓް ތައްޔާރު ކުރާނެ ގޮތުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތް ކަނޑައެޅުން ހިމެނެ އެވެ. އަދި މި އޮޑިޓް ކަންކަން ކުރަން އެކްސްޓާނަލް އޮޑިޓަރެއް ކަނޑައެޅުމާއި، ސްޕޯޓްސް ކޮޮމިޝަނަރަށް ހުށަހަޅަން ޖެހޭ ލިޔުންތައް ފުރިހަމަ ކުރުމާއި ބައި އިލެކްޝަންތައް ތާރީހަށް ބޭއްވުމުގައި ގޮތެއް ނިންމުމަށް ވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް އެޖެންޑާ ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox