ބެލިންހަމް ދެ މެޗަށް ސަސްޕެންޑް!

Mar 7, 2024, 4:43 AM
ބެލިންހަމް ދެ މެޗަށް ސަސްޕެންޑް!

މެޑްރިޑް (މާޗް 7) - ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ދެ މެޗަށް ސަސްޕެންޑް ކުރަން ލަލީގާގެ ޑިސިޕްލިނަރީ ކޮމީޓީން ނިންމައިފި އެވެ.

ބެލިންހަމް، 20، ސަސްޕެންޑް ކުރީ އެންމެ ފަހުން ސްޕެނިޝް ލީގުގައި ރެއާލުން ވެލެންސިއާއާ 2-2 އިން އެއްވަރުވި މެޗުގައި ދެއްކި ރަތް ކާޑުގެ މައްސަލަ ބެލުމަށް ފަހު އެވެ.

އިތުރު ވަގުުތުގައި ރެއާލްގެ ޖޫޑް ބެލިންހަމް ޖެހި ގޯލުގެ ސިކުންތު ކޮޅެއް ކުރިން ރެފްރީ، ޖިލް މަންޒާނޯ މެޗު ނިންމާލުމާ އެކު، އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުން ބެލިންހަމް އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. ރެފްރީ މެޗު ނިންމާލީ ބެލިންހަމް ބޮލުން ގޯލު ޖެހި ހުރަސް ނެގި ފަހުން، ކަމަށް ބުނެ، ރެއާލް ކުޅުންތެރިން ވަރަށް ބޮޑަށް އެޕީލްކުރި އެވެ. ބެލިންހަމް އަށް ރަތް ކާޑު ދެއްކީ ރެފްރީ، މަންޒާނޯއާ ދިމާލަށް ބުނި އެއްޗަކުންނެވެ.

މި މައްސަލައިގައި ބެލިންހަމް، ދެ މެޗަށް ސަސްޕެންޑްކުރިއިރު، ރެއާލުން ވަނީ އެޕީލްކޮށްފަ އެވެ. އެކަމަކު، ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރެއާލްގެ މި އެޕީލް ކާމިޔާބުވުމުގެ ފުރުސަތެއް ނެތެވެ.

ޑޯޓްމަންޑް ދޫކޮށް މި ސީޒަނުގައި ރެއާލަށް ބަދަލުވެ، ބެލިންހަމް އަންނަނީ ތަފާތު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަނުގެ ހުރިހާ މުބާރާތަކަށް ބަލާއިރު، ބެލިންހަމް ވަނީ 30 މެޗުން 20 ގޯލު ޖަހައި، ނުވަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ބެލިންހަމް ނުލައި، ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ރެއާލުން ކުޅެން ޖެހޭނެ ދެ މެޗަކީ، އަމިއްލަ ދަނޑުގައި ސެލްޓަ ވިގޯއާ ކުޅޭ މެޗާއި ރަށުންބޭރުގައި އޮސަސޫނާއާ ބައްދަލުކުރާ މެޗެވެ. ބެލިންހަމްގެ ސަސްޕެންޝަން އެޕީލަށް ފަހު، ދިގުލައިފިނަމަ، އޭނާ އަށް އެތުލެޓިކް ބިލްބާއޯ މެޗު ވެސް ގެއްލުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox