ނުގަވާއިދުން ޕާކު ކުރުމުގައި ދިން ލުއި ނިމުމަކަށް، ޖޫރިމަނާ ކުރަން އަލުން ފަށަނީ

މާލޭގެ މަގުތަމަތީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކެއް -- ފޮޓޯ: އަދަދު

މާލޭގެ މަގުތަމަތީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކެއް -- ފޮޓޯ: އަދަދު

ޕާކު ކުރާނެ ޖާގައެއް ނުދައްކައި ޖޫރިމަނާ ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް ނުގަވާއިދުން ޕާކު ކުރާ މީހުންނަށް ފުލުހުން ދީފައި އޮތް ލުއި ނިމުމަކަށް ގެނެސް ގަވާއިދާ ހިލާފަށް ޕާކު ކުރާ ފަރާތްތައް ޖޫރިމަނާ ކުރަން ފަށާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅަނދު ޕާކު ކުރަމުންދާތީ މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށާއި އާންމު ދަތުރުފަތުރު ކުރާ ފަރާތްތަކަށް އެކަމުގެ ސަބަބުން ބޮޑެތި އުނދަގުލާ ކުރިމަތިވަމުންދާ ކަމަށެވެ.

އެގޮތުން މަގުތަކަކީ ބޭނުންކުރާ މީހުންނަށް ރައްކާތެރިތަނަކަށް ހެދުމަށް ފުލުހުން ކުރާ ހެދުމަށްޓަކައި ހުޅުމާލެއާއި މާލޭގައި ޕާކިން ޒޯންތަކުގައި ނޫނީ ޕާކު ނުކުރުމަށް ފުލުހުން އިލްތިމާސްކުރި އެވެ. އަދި ހާއްސަ ސަމާލުކަމެއް ދީގެން ބައެއް ސަރަހައްދުތައް ބަލަހައްޓަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

Advertisement

ފުލުހުން ބަލަހައްޓަމުން ގެންދާ ތަންތަން:

  • ގުްރީން ޒޯން
  • ޕަބްލިކް ޓްރާންސްޕޯޓު ދުއްވާ މަގުތައް
  • މަގުތަކާއި ގޯޅިތަކުގެ ކަންމަތި
  • ސްކޫލުތައް ހިމެނޭ ސަރަހައްދު
  • އޮފީސް އިމާރާތްތަކާއި ހޮސްޕިޓަލުތައް
  • ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކޮށްފައިވާ ތަންތަން
  • މިސްކިތްތަކާއި އާންމު ގޭބިސީތައް
  • ގަރާޖުތަކަށް ވަދެނިކުމެ ހަދާ ސަރަހައްދުތައް

ޕާކު ކުރާނެ ޖާގަ ނުދައްކައި ޖޫރިމަނާ ނުކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. އެމަނިކުފާނު ވަނީ ޕާކު ކުރާނެ ޖާގަ ނުދައްކައި ކުރީ ސަރުކާރުން ޖޫރިމަނާ ކޮށްފައި ވާތީ އެ ސަރުކާރަށް ފާޑު ވެސް ވިދާޅުވެފަ އެވެ.

މިއަދާ ހަމައަށް ޕާކިން ބިލްޑިންއެއް އަދި އިމާރާތް ކުރެވިފައި ނުވި ނަމަވެސް ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ އަންނަ ބުރާސްފަތު ދުވަހުން ފެށިގެން ނުގަވާއިދުން ޕާކު ކުރާ އުޅަނދުފަހަރުގައި ސްޓިކާ ޖެހުމުގެ އިތުރުން ޖޫރިމަނާ ވެސް ކުރާނެ ކަމަށެވެ.

ނުގަވާއިދުން ޕާކު ކުރަ އުޅަނދުތަކަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ ފުލުހުން ހަވާލާދީފައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ނ. އަށާއި އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ ށ. އަށެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކުގައި ވަޔަލޭޝަން ސްޓިކާ ޖެހުމުގެ އިތުރުން އުޅަނދުގެ ވެރިފަރާތުގެ ލައިސަންސުން ޕޮއިންޓު ކެނޑުމުގެ ބާރު، ޓްރާންސްޕޯޓު މިނިސްޓަރީއަށް ނުވަތަ އެ މިނިސްޓަރީން ކަނޑައަޅާ ފަރާތަކަށް ލިބޭ ކަމަށެވެ.

އޭގެއިތުރުން ނުގަވާއިދުން ޕާކު ކޮށްފައި ހުންނަ އުޅަނދުފަހަރު ޓޯ ކުރުމުގެ ބާރު ވެސް އެ ގާނޫނުގެ ދަށުން ފުލުހުންނަށް ދީފައިވެ އެވެ.

އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ ށ. ގައި ބަޔާންކޮށްފައި ވަނީ ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ހާލަތް ފިޔަވައި، ނުގަވާއިދުން ޕާކު ކުރާ ފަރާތްތައް 750ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox