ވޮލީ އެސޯސިއޭޝަން އަނެއްކާ ވެސް ދެބަސްވުންތަކެއްގެ ތެރެއަށް

ވޮލީގެ ދެ ނައިބު ރައީސުންގެ ގޮތުގައި މި ވަގުތު ކަނޑައަޅާފައިވާ، އަބުޅޯ (ކ) އާއި އަޝްރަފް.-- ފޮޓޯ: އަދަދު

ވޮލީގެ ދެ ނައިބު ރައީސުންގެ ގޮތުގައި މި ވަގުތު ކަނޑައަޅާފައިވާ، އަބުޅޯ (ކ) އާއި އަޝްރަފް.-- ފޮޓޯ: އަދަދު

އާ އަސާސީ ގަވާއިދެއް ފާސްކޮށް، އެ ގަވާއިދު، ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރުމަށް ފަހު ވެސް، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ތެރޭގައި އަނެއްކާ ވެސް މައްސަލަތަކެއް ބޮޑުވެއްޖެ އެވެ.

ވޮލީ އެސޯސިއޭޝަންގެ ރައީސް، މުހައްމަދު ރަނޭޝް (ރަނޭ) މަގާމުން އިސްތިއުފާދޭން މިދިޔަ މަހުގެ 27 ގައި ސިޓީ ލާފައިވަނީ، މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މަގާމުގެ ޒިންމާ އިން އެކަހެރިވާ ގޮތަށެވެ.

އެ ގޮތުން، ރަނޭ އިސްތިއުފާދީފައިވަނީ، މައްސަލަ ބޮޑުވި، ވޮލީ އެސޯސިއޭޝަންގެ އާ އަސާސީ ގަވާއިދު ފާސްކޮށްފަ އެވެ.

ތަކުރާރުކޮށް، ކޮމިޝަނާ އޮފް ސްޕޯޓްސް އޮފީހުން އެކި ގޮތްގޮތަށް ބަދަލުކުރަން އަންގާފައި އޮތް އަސާސީ ގަވާއިދެއް އެންމެ ފަހުން، ވޮލީ އެސޯސިއޭޝަނުން ފާސްކުރީ ބަދަލުތަކަކާ އެކު އެވެ.

ފާސްކުރި އަސާސީ ގަވާއިދުގައިވާ ގޮތުން، ވޮލީގެ ހިންގާ ކޮމިޓީގައި ހިމެނެނީ، 15 މެމްބަރުންނެވެ. އެއީ، އެކްސް އޮފިޝިއޯ ހަތް މެމްބަރުންނާއި ހިންގާ ކޮމިޓީގެ ހަ މެމްބަރުންގެ އިތުރުން ޖެނެރަލް ސެކްރެޓަރީ އާއި ޓްރެޝަރާ ހިމެނޭނެ އެވެ. ހިންގާ ކޮމިޓީގެ، އެކްސް އޮފިޝިއޯ ހަތް މެމްބަރުންނަކީ ރައީސް ހިމެނޭ ގޮތަށް، ދެން ހަ ނައިބު ރައީސް (އެއް ސީނިއާ ނައިބު ރައީސް ހިމެނޭ ގޮތަށް) އެވެ.

ނައިބު ރައީސުންނަކީ، ސީނިއާ ވައިސް ޕްރެޒިޑެންޓް، ވައިސް ޕްރެޒިޑެންޓް، ވައިސް ޕްރެޒިޑެންޓް ވޮލީބޯލް، ވައިސް ޕްރެޒިޑެންޓް ބީޗްވޮލީބޯލް، ވައިސް ޕްރެޒިޑެންޓް އިދާރީ، ވައިސް ޕްރެޒިޑެންޓް އަންހެން މެމްބަރެވެ.

ވޮލީ އެސޯސިއޭޝަނުން އެންމެ ފަހުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި، އަސާސީ ގަވާއިދު ފާސްކުރުމަށް ފަހު، ދެން ވަނީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ.

އެ ގަރާރު މެދުވެރިކޮށް، އާ އަސާސީ ގަވާއިދުގައިވާ ބައެއް މަގާމުތަކަށް މީހުން ވަނީ "މައިގްރޭޓް" ކޮށްފަ އެވެ. އެ ގޮތުން، ބީޗްވޮލީ ކޮމިޝަންގެ އިސް ފަރާތަކަށް ހުންނެވި، އަބްދުﷲ ނަޝީދު (އަބުޅޯ)، ވަނީ ބީޗްވޮލީގެ ބައިން ނައިބު ރައީސަކަށް އައްޔަނުކޮށްފަ އެވެ.

އެކަމަކު، އެހެން ނައިބު ރައީސުންގެ ހުރިހާ މަގާމުތަކަށް ފުރިހަމަ އަށް، މީހުން މައިގްރޭޓް ކަމުގެ މައުލޫމާތެއް މީޑީއާ އަށް ލިބިފައި ނެތެވެ. މި ފަހުން، ވޮލީ އެސޯސިއޭޝަނުން ގިނަ އަހަރީ އާންމު ޖަލްސާތަކެއް ބާއްވާފައިވަނީ، ހުޅުވާލައިގެން މީޑިއާ އަށް ދައުވަތު ނުދީ އެވެ. އެކަމަކު، އަމިއްލަ މަސްލަހަތު އޮންނަ ގޮތަށް ބައެއް މީޑިއާތަކަށް ފުރުސަތު ދީފައިވެ އެވެ.

އެހެންކަމުން، ދެ ފުށްފެންނަ ގޮތަކަށް ވޮލީ އެސޯސިއޭޝަންގެ ބައެއް ކަންކަން ކުރިއަށްދާ ނުދާ ގޮތަށް މި ފަހުން ހިނގި ކަންތައްތަކަށް ބޮޅެއް އިތުރުވީ އެވެ.

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް ފަހު، ފާސްކުރި ގަރާރަށް ބަލައި، އަަބްދުﷲ، ނައިބު ރައީސްގެ މަގާމަށް، "މައިގްރޭޓް" ކުރުމަށް ފަހު، ރޭ ބޭއްވި ވޮލީ އެސޯސިއޭޝަންގެ އެކްސްކޯ ބައްދަލުވުމެއްގައި ވަނީ، އެސޯސިއޭޝަންގެ ރައީސްގެ މަގާމު ހުސްވުމާ ގުޅިގެން، އާ އިންތިހާބަކާ ހަމައަށް ދިއުމާ ހަމައަށް އެސޯސިއޭޝަންގެ އިސް ފަރާތެއް ކަނޑައަޅަން ވޯޓެއް ނަގައިފަ އެވެ.

އެ ވޯޓާ ގުޅޭ ކަންކަން ކުރިއަށްދަނީ، އެންމެ ރަނގަޅަށް ގަވާއިދުގެ ތެެރެއިން ނޫން ކަމަށް ބުނެ، މި ޖަލްސާގައި، ވޮލީ އެސޯސިއޭޝަންގެ އެންމެ ފަހުގެ، އިންތިހާބީ ނައިބު ރައީސް، އަޝްރަފް އަލީ (އަޝްރާ) ބައިވެރިވި ނަމަވެސް، ޖަލްސާ އިން ނުކުންނަން ނިންމީ އެވެ.

އެ ޖަލްސާ އިން ރޭ ފާސްކޮށްފައިވަނީ، ވޮލީ އެސޯސިއޭޝަން އިންތިހާބަށް ދިއުމާ ހަމައަށް ކަންކަން ބަލަހައްޓަނީ، އަބްދުﷲ ކަމަށެވެ. ހިންގާ ކޮމިޓީގެ މެމްބަރަކު، "އަދަދު" އަށް ބުނީ، މިއީ އެ އަސާސީ ގަވާއިދުން ލިބޭ ބާރުން ފާސްކުރި ގަރާރެއް މެދުވެރިކޮށް، ލިބޭ ހައްގެއްގެ ތެރެއިން ކުރެވުނު ކަމަށެވެ.

މިކަން ކަމާ ގުޅޭގޮތުން، ވީއޭއެމްގެ އިންތިހާބީ ނައިބު ރައީސް، އަޝްރަފްއާ، "އަދަދު" އިން ސުވާލުކުރުމުން، އޭނާ ވިދާޅުވީ، ފާސްކުރި އަސާސީ ގަވާއިދާ ގުޅޭ ހުރިހާ ކަމަކަށް ބަލާއިރު، ކަންކަން އޮންނަ އުސޫލުގެ ތެރެއިން ގެންދަން ޖެހޭ ކަމަށެވެ. އަދި އެ އާ ހިލާފުވާ ކަމަކަށް ޝައްކުވާ ގޮތަށް ކަންކަން ކުރަން (ޖަލްސާ ބާއްވައި ގޮތްތަކެއް ނިންމަން) އުޅޭނަމަ، އޭގެ ބައިވެރިވެވޭނީ، "ގާނޫނީ ލަފާ ފުރިހަމަ އަށް ހޯދުމަށް ފަހު" ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ވޮލީ އެސޯސިއޭޝަން އޮޑިޓެއް ނެތް؟ އެކަން ކުރަން ކޮމިޝަނަރު ވަނީ ލަފާދީފައި!

ވޮލީބޯލް އެސޯސިއޭޝަން އަށް ޔޫތު/ސްޕޯޓްސް މިނިސްޓްރީން އެކި މުބާރާތްތަކަށާއި އެކި ހަރަކާތްތަކަށް ދީފައިވާ ފައިސާގެ ތަފްސީލް ހޯދަން، އަމިއްލަ ފަރާތަކުން، މިދިޔަ އަހަރު ހުށަހެޅުމާ ގުޅިގެން، ޔޫތު/ސްޕޯޓްސް މިިނިސްޓްރީން މިދިޔަ އަހަރުގެ އޭޕްރީލް މަހު، ދިން މައުލޫމާތަށް ބަލާއިރު، ވޮލީ އެސޯސިއޭޝަން އަށް ވަނީ އެކިއެކި ކަންކަމަށް، މިދިޔަ ތިން ވަރަކަށް އަހަރު ތެރޭ، 12 މިލިއަނެއްހާ ރުފިޔާ، ސަރުކާރުން ދޫކޮށްފަ އެވެ.

މިދިޔަ ސަރުކާރުގެ ޔޫތު މިނިސްޓަރު، އަހުމަދު މަހުލޫފް ވަނީ ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވައި، ވޮލީ އަށް ގިނަ ކަންތައްތަކެއް ފަހިކޮށްދީފަ އެވެ. ޓްރެއިނިން ކޭމްޕްތަކާއި ރާއްޖޭގައި މުބާރާތް ހޯސްޓް ކުރުމުގެ އިތުރުން، އަވައްޓެރި ގައުމުތަކުން ޓީމުތައް ގެނެސްގެން އެކުވެރިކަމުގެ މެޗުތަކެއް ވެސް ކުޅެފައިވެ އެވެ.

މިނިސްޓްރީން ވޮލީ އެސޯސިއޭޝަނަށް ދިން ފައިސާތައް ހަރަދުކުރި ގޮތުގެ ތަފްސީލް ދެނެގަތުމާއި ވޮލީ އެސޯސިއޭޝަނަށް އަމާޒުވާ ތުހުމަތުތަކާ ގުޅޭ ކަންކަން ސާފުކުރަން، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް (ތޮލާ) ވަނީ ވޮލީ އެސޯސިއޭޝަންގެ "އޮޑިޓެއް ކުރަން" އަންގައިފަ އެވެ.

އެކަމަކު، އެންމެ ފަހުން ބޭއްވި ވޮލީ އެސޯސިއޭޝަންގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވެސް އެކަމާ ގުޅޭގޮތުން، އެކަށީގެންވާ މަޝްވަރާއެއް ކޮށްފައިނުވާއިރު، އޮޑިޓްގެ ކަންކަން އޮތީ، "މަޑުޖެހިފަ" އެވެ.

ވޮލީ އެސޯސިއޭޝަންގެ މަސްލަހަތު އޮތް ފަރާތަކުން، "އަދަދު"އާ ވާހަކަ ދައްކަމުން ބުނެފައިވަނީ، އިދާރީ ކަންކަން ފުރިހަމަނުވެގެން، އުވާލާ ޖަމިއްޔާތަކުގެ ލިސްޓަށް ނަން އެރި އެސޯސިއޭޝަނަކަށް، ދައުލަތުން 12 މިލިއަން ރުފިޔާ ހަރަދުކުރިކަން ރަސްމީ ސިފައެއްގައި ހާމަކޮށްފައިވާއިރު، އެ ފައިސާ ކުޅިވަރުގެ މަންފާ އަށް ހަރަދުވި ގޮތުގެ އޮޑިޓެއް އޮންނަންވާނެ ކަމަށެވެ.

އުވާލާ ޖަމިއްޔާތަކުގެ ލިސްޓަށް ވޮލީ އެސޯސިއޭޝަންގެ ނަން އެރީ، އަހަރީ އާންމު ޖަލްސާ ބާއްވާފައިނުވާތާ އަހަރުތަކެއް ގުނަން ޖެހިފައި އޮތް ހާލަތެއްގަ އެވެ.

"ގުޑް ގަވަރްނަންސްގެ ޒައްރެއްގެ މިންވަރެއް އޮތް ނަމަވެސް އެބަޖެހޭ، މި އޮޑިޓް ކަންކަން ފުރިހަމަަވާން. ނޫނިއްޔާ ވޮލީ އެސޯސިއޭޝަނަށް ދެން އަންނަ ފަރާތަކަށް ވެސް (ދެން އަންނަ ހިންގާ ކޮމިޓީ އަކަށް ވެސް) މި ފަދަ ގޮތަކަށް ކަންކަން ކުރުމުގެ ޖާގަ އޮންނާނެ. މިއީ ކުޅިވަރު އެސޯސިއޭޝަނެއް ހިންގަން ޖެހޭނެ، ބެސްޓް ޕްރެކްޓިސްއާ ގާތްކުރެވޭނެ ވެސް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ވޮލީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައި، "އަދަދު" އަށް ދިން އިންޓަވިއުގައި ރަނޭ ވިދާޅުވި އެއް ވާހަކަ އަކީ، އޭނާ އަށް ވޮލީ ރައީސްގެ މަގާމުގައި ހުރެ، ވޮލީގެ ކަންކަން ކުރިއަށް ގެންދަން ޓީމު ބިނާކުރަން ކިތަންމެ ކަމެއް ވެސް ކޮށްދެވުނު ކަމަށެވެ.

އެކަމަކު، އަތުން ދޫވި ކަމަކީ، ގުޑް ގަވަރްނަންސްގެ ތެރެއިން ކަންކަން ކުރިއަށްދާން ޖެހޭ ގޮތަށް ނުގެންދެވުން ކަމަށް ރަނޭ އެއްބަސްވެވަޑައިގެންނެވި އެވެ.

މަގާމުން ވަކިވާއިރު، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރެވުނު ކަމަކީ، ޒަމާނުއްސުރެ ނުކުރެވި އޮތް އަސާސީ ގަވާއިދުގެ މަސައްކަތް ނިންމާލައި، އެ އަށް ސްޕޯޓްސް ކޮމިޝަނަރުގެ ރުހުން ވެސް ލިބުން ކަމަށް ރަނޭ ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް، އެ އަސާސީ ގަވާއިދަށް ފަހު ވެސް މި ފެންނަނީ، ވޮލީ އެސޯސިއޭޝަނަށް ހަމަޖެހުމެއް ނުލިބި އޮތްތަނެވެ.

ވޮލީ އެސޯސިއޭޝަނުން މިއަދު ގެޒެޓް ކުރި އިއުލާނެއްގައިވަނީ އެ އެސޯސިއޭޝަންގެ 2020، 2021، 2022 އަދި 2023 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓްކުރާނެ ފަރާތެއް މި މަހު ހަ ވަނަ ދުވަހުގެ 12:00 ގެ ކުރިން، ވޮލީ އެސޯސިއޭޝަންގެ އޮފީހުން މައުލޫމާތު ސާފުކޮށް، މި މަހު 10 ގެ 12:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox