އިންތިހާބާ ގުޅޭ ކޮމިޓީތައް ފާސްކުރަން އެފްއޭއެމް އިން މި މަހު 8 ވަނަ ދުވަހު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަނީ

Feb 1, 2024, 7:40 AM
އެފްއޭއެމް އިން މިދިޔަ އަހަރު ބޭއްވި އާންމު ޖަލްސާގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެފްއޭއެމް އިން މިދިޔަ އަހަރު ބޭއްވި އާންމު ޖަލްސާގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިލެކްޓޯރަލް ކޯޑުގައި ހިމެނޭ އިންތިހާބާ ގުޅޭ ކޮމިޓީތައް ފާސްކުރަން، މި މަހު އަށް ވަނަ ދުވަހު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވަން ޝެޑިއުލްކޮށްފި އެވެ.

މި ކޮމިޓީތަކަކީ، 2020 ވަނަ އަހަރުގެ ޖުލައި މަހު އެފްއޭއެމްގެ ރައީސްގެ މަގާމަށް ބައްސާމް އަދީލް ޖަލީލް އިތުރު ދައުރަކަށް އިންތިހާބުވިއިރު، އުފައްދަން ޖެހޭ ކޮމިޓީތަކެކެވެ. މީގެ ތެރެއިން އިލެކްޓޯރަލް ކޮމިޓީ ފާސްކޮށްފައި އޮތީ އަސާސީ ގަވާއިދާ ހިލާފަށެވެ. އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް އުފައްދައިފައި ވެސް ނެތެވެ.

އިއްޔެ ބާއްވަން އުޅުނު އެފްއޭއެމްގެ އިންތިހާބުގެ ކަންކަން ފީފާ އާއި އޭއެފްސީން ހުއްޓުވީ ވެސް އިންތިހާބުގެ ކަންކަން ކުރަން އޮތް އިލެކްޓޯރަލް ކޮމިޓީ އާއި އިލެކްޓޯރަލް އެޕީލް ކޮމިޓީ އެކުލަވާލާފައި އޮތީ ގަވާއިދާ ހިލާފަށް ކަމަށްވާތީ އެވެ. މިކަން ހާމަވީ، އެޕީލް މަރުހަލާއެއްގެ ތެރެއިންނެވެ.

އެފްއޭއެމްގައި ކުރިން އޮތް، އިލެކްޓޯރަލް ކޮމިޓީން، ވަނީ ވެލެންސިއާ އިން، އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރި ދެ ކެންޑިޑޭޓުންނަށް (ކުރީގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އާއި އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒް ހާޝިމް (މުފާ) އަށް) ވެސް ތާއީދު ސިޓީ ދީފައި އޮތުމުން ދެ ސިޓީ ވެސް ކެންސަލްކޮށްފަ އެވެ.

ވެލެންސިއާގެ ސިޓީ ކެންސަލްކުރުމުން، ތޯރިގުގެ ކެންޑިޑެސީ އަށް ބޭނުންވާ ފުރަތަމަ ޑިވިޝަނުގެ ތާއީދު (މަދުވެގެން ފުރަތަމަ ޑިވިޝަންގެ ތިން ކްލަބްގެ ތާއީދު) އަދަދު ހަމަނުވާތީ، އިލެކްޓޯރަލް ކޮމިޓީން ނިންމީ ތޯރިގުގެ ކެންޑިޑެސީ ބާތިލް ކަމަށެވެ. އިލެކްޓޯރަލް ކޮމިޓީގެ މި ނިންމުން އެޕީލް ކުރަން ތޯރިގު ހުށަހެޅިއިރު، އިލެކްޓޯރަލް އެޕީލް ކޮމީޓީއެއް ނެތެވެ. މި މައްސަލަ، މިހެން އޮތުމުން، ތޯރިގު އާއި އެފްއޭއެމް އިން ލަފަޔަކަށް އެދުމުން، ފީފާ/އޭއެފްސީ އިން އަންގާފައިވަނީ، ކުރިން ކުރި އިންތިހާބުގެ ކަންކަން ކެންސަލްކޮށް، އަލުން ކޮމިޓީތައް އެކުލަވާލައިގެން، ކަންކަން ކުރުމަށެވެ.

ފީފާ އާއި އޭއެފްސީގެ އެންގުމަށް ބޯލަނބައި، އެފްއޭއެމްގެ ހިންގާ ކޮމިޓީން ބޭއްވި ބައްދަލުވުމަށް ފަހު، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަކަށް ދިއުމަށް ނިންމީ އެވެ. މިހާރު އެ ބައްދަލުވުން ތާވަލުކޮށްފައި އޮތީ، މި މަހު 8 ވަނަ ދުވަހަށެެވެ.

މިކަން ހާމަކުރަން އެފްއޭއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކޮންގްރެސްގެ ހާއްސަ ޖަލްސާގެ އެޖެންޑާ އެސޯސިއޭޝަންގެ މެމްބަރުންނާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

އެފްއޭއެމް އިން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވާއިރު،، 10 ކްލަބްގެ ތާއީދާ އެކު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވެސް ވަނީ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވަން ހުށަހަޅައިފަ އެވެ.

މީގެ 15 ދުވަސް ކުރިން، މާޒިޔާ އިސްވެ، އޮވެ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަކަށް ގޮވާލިއިރު، ފާހަގަކޮށްފައިވާ ކަންކަމަކީ، އެފްއޭއެމް އިދާރީ ގޮތުން ހިންގުމުގައި ހުންނަން އަސާސީ ގަވާއިދު ލާޒިމް ކުރާ ކޮމިޓީތައް ނެތުމާއި، އުސޫލާޚިލާފަށް ބައެއް ކޮމިޓީތައް އެކުލަވާލެވިފައިވާތީއާއި ،ބައެއް މީހުން އިސްތިއުފާދީފައިވާތީއާ އެކު، އެ އިދާރާ މުއައްސަސާއެއްގެ ގޮތުގައި ހިންގަން ހުންނަންޖެހޭ ކޮމިޓީތައް އެކުލަވާލުމަށްޓަކައި އެކަށީގެންވާ ތާއީދާ އެކު، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އެދޭ ކަމަށެވެ.

މާޒިޔާ އިން މި ކަންކަން ހުށަހެޅީ އެފްއޭއެމްގެ މެމްބަރު 18 ކްލަބްގެ ތެރެެއިން 10 ކްލަބްގެ ތާއީދާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox