އެފްއޭއެމްއިން ދިން ފައިސާގެ މައުލޫމާތު ކްލަބުތަކުން ފޮނުވައިދޭން ސްޕޯޓްސް ކޮމިޝަނަރު އެދިވަޑައިގެންފި

Feb 1, 2024, 3:49 AM
ދާދި ފަހުން ބޭއްވި ސްޕޯޓްސް މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ތޮލާލް ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ދާދި ފަހުން ބޭއްވި ސްޕޯޓްސް މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ތޮލާލް ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ދޭ ފައިސާގެ މައުލޫމާތު ސްޕޯޓްސް ކޮމިޝަނަރަށް ފޮނުވުމަށް އެދިއްޖެ އެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުގެ، ޑިރެކްޓާ ޖެނެރަލް، އަލީ ޝަމީމް ސޮއިކޮށް، ފުރަތަމަ ޑިވިޝަން ކްލަބްތަކަށް މިދިޔަ މަހު 30 ވަނަ ދުވަހު (އަންގާރަ ދުވަހު) ފޮނުވި ސިޓީގައި ބުނެފައިވަނީ މިދިޔަ ހަތަރު އަހަރު (2020-2024 އަށް) ފީފާ ނުވަތަ އޭއެފްސީން ފަރާތުން އެފްއޭއެމުން މެދުވެރިވެގެން ދިން ފައިސާ ހަރަދުކޮށްފައިވާ ގޮތުގެ ތަފުސީލު އަންނަ އާދިއްތަ ދުވަހުގެ ކުރިން، ސްޕޯޓްސް ކޮމިޝަނަރު އޮފީހަށް ފޮނުވައިދިނުމަށެވެ.

އެ ސިޓީގައި ދެން ބުނެފައިވަނީ، އެފްއޭއެމް އިން ދޭ އެ ފައިސާ ކްލަބްތަކުން ހަރަދުކުރާ ގޮތުގެ ތަފުސީލު ފީފާ ނޫނީ އޭއެފްސީގެ ޕޯޓަލް އަށް އަޕްލޯޑްކޮށް، އަދި އެ ތަފުސީލުތައް އެފްއޭއެމަށް ވެސް ކްލަބްތަކުން ހިއްސާ ކުރަމުންދާ ކަމުގެ މައުލޫމާތު ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

މި ސިޓީއާ ގުޅޭ މައުލޫމާތު އޮޅުންފިލުވަން ފުރަތަމަ ޑިވިޝަނުގެ ބައެއް ކްލަބްތަކުން ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ އޮފީހަށް ވެސް ގޮސްފަ އެވެ. އެ ކްލަބްތަކަކީ، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)، ބުރު ސްޕޯޓްސް ކްލަބް، ކްލަބް އީގަލްސް އަދި ކްލަބް ގްރީން ސްޓްރީޓްސް އެވެ.

މި ކްލަބްތަކުން އިއްޔެ މެންދުރު ފަހު، މެންހެޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ ކްލަބްތަކެއްގެ މާލީ ކަންކަމާ ގުޅޭ އެ ފަދަ މައުލޫމާތުތަކެއްގެ ތަފުސީލުތައް ފޮނުވަން ސްޕޯޓްސް ކޮމިޝަނާ އެންގުމުން ކަންބޮޑުވާ ކަމަށެެވެ.

އަދި މި ކަމަކީ، އެފްއޭއެމް އިންތިހާބަށް ސްޕޯޓްސް ކޮމިޝަނަރު، މުހައްމަދު ތޮލާލް، ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށް ވެސް އެ ކްލަބްތަކުން ތުހުމަތުކުރެ އެވެ.

މި ކްލަބްތަކަކީ އެފްއޭއެމް އިން ބާއްވަން އުޅުނު އިންތިހާބުގައި ވާދަކުރާ، އެއް ކެންޑިޑޭޓް ކަމަށްވާ މުފާވިޒް ހާޝިމް (މުފާ) އަށް ތާއީދުކުރާ ހަތަރު ކްލަބް އެވެ. މީގެ ކުރިން މުފާ ވެސް މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ވަނީ ސްޕޯޓްސް ކޮމިޝަނަރުގެ ކަންކަން އިންސާފުވެރިކޮށް ކުރިއަށްގެންދިއުމަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ކްލަބްތަކަށް މި ސިޓީ ފޮނުވިއިރު، ދާދި ފަހުން، ކްލަބް ވެލެންސިއާގެ ބޯޑް އޮޅުވާލައިގެން ބަދަލުކޮށްދީފައިވާ ކަމަށް ބުނެ، އެ ކްލަބްގެ ވަކިކުރި ބޯޑް މެމްބަރުން ހިމެނޭ ގޮތަށް ވަނީ ތޮލާލް ދިރިއުޅޭ ގޭ ކައިރީ މުޒާހަރާކޮށްފަ އެވެ. އެ އެއްވުމުގައި އެ ފަރާތްތަކުން ވަނީ ތޮލާލްގެ އިސްތިއުފާ އަށް ވެސް ގޮވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox