ސިޓީ ފަހަތަށް ޖައްސާލުމަށްފަހު، އެންމެ މުއްސަނދި ކްލަބުގެ މަގާމު ރެއާލަށް

Jan 25, 2024, 8:06 AM
ސިޓީ ފަހަތަށް ޖައްސާލުމަށްފަހު، އެންމެ މުއްސަނދި ކްލަބުގެ މަގާމު ރެއާލަށް

ލަންޑަން (ޖެނުއަރީ 25) - ފުޓުބޯޅަ ކްލަބުތަކުގެ ތެރެއިން 2023/2022ގައި އެންމެ ބޮޑު އާމްދަނީއެއް ހޯދައި، މެންޗެސްޓާ ސިޓީ ފަހަތަށް ޖައްސާލުމަށްފަހު އެންމެ މުއްސަނދި ކްލަބުގެ މަގާމު ރެއާލް މެޑްރިޑް އިން ހޯދައިފިއެވެ.

ޑެލޮއިޓް އިން ނެރުނު ކްލަބުތަކުގެ މާލީ ރޭންކިން އިން ދައްކާ ގޮތުގައި ރެއާލް އިން ވަނީ 2023/2022ގައި 831 މިލިއަން ޔޫރޯގެ ރެކޯޑު އާމްދަނީއެއް ހޯދައިފަ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 118 މިލިއަން ޔޫރޯގެ ކުރިއެރުމެކެވެ. މިއީ 2018/2017ގެ ފަހުން ޑެލޮއިޓް ރޭންކިންގެ އެއްވަނަ އަށް ރެއާލް ޖެހިލި ފުރަތަމަ ފަހަރެވެ.

މިދިޔަ ސީޒަންގައި ރެއާލަށް ސްޕެނިޝް ލީގު ކާމިޔާބު ނުކުރެވުނު ނަމަވެސް އެ ކްލަބުގެ އާމްދަނީ އިތުރުވީ ރީޓެއިލް ވިޔަފާރީގައި ލިބުނު ކުރިއެރުމާއި ދަނޑަށް ވަންނަ މީހުންގެ އަދަދު އިތުރުވުން އަދި ކޮވިޑް-19 އަށް ފަހު އެ ކްލަބަށް ލިބޭ ސްޕޮންސާޝިޕްތައް އިތުރުވުމެވެ.

މިދިޔަ ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު އަދި އެފްއޭ ކަޕް ކާމިޔާބުކުރި ސިޓީ ވަނީ ރޭންކިންގްގެ ދެވަނަ އަށް ވެއްޓިފައެވެ. ސިޓީ އަށް އާމްދަނީގެ ގޮތުގައި ލިބުނީ 826 މިލިއަން ޔޫރޯއެވެ.

ފްރާންސް ޕީއެސްޖީން ވަނީ 802 މިލިއަން ޔޫރޯގެ އާމްދަނީއެއް ހޯދައި، ރޭންކިންގްގެ ތިން ވަނަ ހޯދައިފައެވެ. މިއީ ޕީއެސްޖީ މި ރޭންކިންގްގެ ގަދަ ތިނަކަށް އެރި ފުރަތަމަ ފަހަރެވެ.

ބާސެލޯނާ ހަތަރު ވަނައިގައި އޮތީ 800 މިލިއަން ޔޫރޯގެ އާމްދަނީއެއް ހޯދައިގެެނެވެ. ބާސެލޯނާ މިދިޔަ އަހަރުގެ ރޭންކިންގައި އޮތީ ހަތް ވަނައިގައެވެ. ގަދަ 10ގައި ދެން އޮތީ މެންޗެސްޓާ ޔުނައިޓަޑާއި ބަޔާން މިއުނިކާއި ލިވަޕޫލާއި ޓޮޓެންހަމް ހޮޓްސްޕާ އާއި ޗެލްސީ އަދި އާސެނަލްއެވެ.

ޑެލޮއިޓް ރޭންކިންގެ ގަދަ 20ގައި ހިމެނޭ 17 ކްލަބަކަށް ކޮމާޝަލް ރެވެނިއުގެ ކުރިއެރުން ވަނީ ލިބިފައެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ކްލަބުތަކުގެ ރީޓެއިލް ވިޔަފާރިތައް ކުރިއެރުމާއި މެޗު-ޑޭ ހަރަކާތްތަކުގެ ބޭރުން ލިބޭ އާމްދަނީ އިތުރުވުމުގެ އިތުރުން، ކޮވިޑް-19 އަށް ފަހު ކްލަބުތަކަށް ލިބޭ ސްޕޮންސަރުން އިތުުރުވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox