ފްރާންސްގެ މިނިސްޓަރެއްގެ މައްޗަށް އަބުރުގެ ދައުވާ ކުރަން ބެންޒެމާ ހުށަހަޅައިފި

Jan 17, 2024, 10:31 AM
ފްރާންސްގެ މިނިސްޓަރެއްގެ މައްޗަށް އަބުރުގެ ދައުވާ ކުރަން ބެންޒެމާ ހުށަހަޅައިފި

ޕެރިސް (ޖެނުއަރީ 17) - ފްރާންސްގެ އިންޓީރިއާ މިނިސްޓަރު، ޖެރާލްޑް ޑާމަނިންގެ މައްޗަށް އަބުރުގެ ދައުވާ ކުރަން ފްރާންސްގެ ފޯވާޑް، ކަރިމް ބެންޒެމާ ހުށަހަޅައިފި އެވެ.

ފްރާންސްގެ ސަރުކާރުގެ އިސް މީހެއް ކަމަށްވާ ޖެރާލްޑް، ވަނީ މިދިޔަ އަހަރު، ބެންޒެމާ އަށް އެކްސް (ކުރިން ޓްވިޓާ) ގައި ކުރި ޕޯސްޓެއްގައި ފާޑުކިޔައިފަ އެވެ. އެ ގޮތުން، ފަލަސްތީނަށް އަރައި އިޒްރޭލުން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް، ގާޒާގެ ރައްޔިތުންނަށް ހަމްދަރުދީ ފާޅުކޮށް، ބެންޒެމާ، އެކްސްގައި ކުރި ޕޯސްޓަކާ ބެހޭގޮތުން، ޖެރާލްޑް ވަނީ ބެންޒެމާ އަކީ، މުސްލިމުންގެ ޖަމާތެއް ކަމަށްވާ "މުސްލިމް ބްރަދަހުޑް"އާ ގުޅުން އޮތް ފަރާތެއް ކަމަށް ވިދާޅުވެފަ އެވެ.

މި މައްސަލައިގައި މީގެ ކުރިން ބެންޒެމާ ރަސްމީކޮށް އެއްވެސް އެއްޗެއް ފާޅުކަން ބޮޑުކޮށް ހާމަކޮށްފައި ނުވި ނަމަވެސް އޭނާގެ ގާނޫނީ ޓީމުގެ ހާއްސަ ވަކީލް، ހިގޭސް ވިޖިއާ ވަނީ އިއްޔެ ފްރާންސްގެ ކޯޓަށް ޖެރާލްޑްގެ މައްސަލައެއް ހުށަހަޅައިފަ އެވެ.

ހުށަހަޅާފައިވާ މައްސަލައިގައި ބެންޒެމާގެ ގާނޫނީ ޓީމުން ބުނެފައިވަނީ، މިއީ ސަރުކާރުގެ މަގާމެއްގައި ހުރި ފަރާތަކުން ބެންޒެމާގެ ނަން ހަޑިކުރުމަށާއި މީހުންގެ މެދުގައި އޭނާގެ އަގުވައްޓާލަން ކުރި ކަމެއް ކަމަށެވެ. އެހެންވެ، މި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލަން އެދޭ ކަމަށެވެ.

ބެންޒެމާ ވަނީ އޭނާ އަކީ "މުސްލިމް ބްރަދަހުޑް"އާ އެއްވެސް ގޮތަކަށް ގުޅުމެއް އޮތް ފަރާތެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އެ ފަދަ ނަމެއްގައި ޖަމާއަތަކުން ހިންގާ އެއްވެސް އަމަލެއްގައި އޭނާ ބައިވެރިވެފައިނުވާނެ ކަމަށެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން، ޖެރާލްޑް ވަނީ ބެންޒެމާ އަށް ފާޑުކިޔައިފަ އެވެ. އެ ގޮތުން، ފްރާންސް ގައުމީ ޓީމުގެ މެޗުތަކުގައި ބެންޒެމާ ގައުމީ ސަލާމް ނުކިޔާކަމަށް ބުނެ، ވެސް ޖެރާލްޑް ވަނީ ބެންޒެމާ އަށް ބޭއަދަބީކޮށް ވާހަކަ ދައްކައިފަ އެވެ.

ފްރާންސް ގައުމީ ޓީމަށް 2022 ވަނަ އަހަރު ކުޅުން ހުއްޓާލި ބެންޒެމާ، އަށް މީގެ ކުރިން، ގައުމީ ޓީމާ ދުރުގައި ހަ އަހަރު ހުންނަން ޖެހުނީ ސިޔާސީ ފިއްތުންތަކާ ހެދި ކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ.

އަލްޖީރިއާ ދަރިކޮޅަށް ނިސްބަތްވާ ބެންޒެމާ އެންމެ ފުރަތަމަ 2007 ވަނަ އަހަރު ފްރާންސަށް ކުޅެން ފެށިއިރު، އޭނާ އަކީ ޓީމުގެ މުހިންމު ތަރިއެކެވެ. އެކަމަކު ފަހުންކަންކަން ބަދަލުވެ، ގައުމީ ޓީމުން ފުރުސަތު ނުދޭން ފެށީ 2015 ވަނަ އަހަރު އެވެ. އެއީ، އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލްކުރި މައްސަލައެއްގެ ތުހުމަތު އޭނާގެ މައްޗަށް ކުރި ހިސާބުންނެވެ.

އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާ އަށް ބިރުދައްކަން މަސައްކަތްކުރި ކަމަށް ބެންޒެމާގެ މައްޗަށް ކޮށްފައިވާ ތުހުމަތުގެ މައްސަލައިގައި ފަސް ވަރަކަށް އަހަރު ފަހުން 2021 ވަނަ އަހަރު ޖެނުއަރީ މަހު ބަަލަން ފެށި އެވެ. އެކަމަކު، ފަހުން އެ ވާހަކަ މީޑިއާގައި ނުދައްކައި މައްސަލަ ބޭއްވީ އެވެ.

އަލުން، އަވަސް އަރުވާލައިގެން މައްސަލަައިގައި ސީދާ ގޮތެއް ނުނިންމައި، 2021 ވަނަ އަހަރު ބޭއްވި ޔޫރޯގައި ބެންޒެމާ އަށް ފްރާންސް ޓީމުން ފުރުސަތު ދިނެވެ. އެކަމަކު، އެ ފަހުން ވެސް މެދުކެނޑުމެއްނެތި ބެންޒެމާ އަށް ދިޔައީ ފްރާންސްގެ ސިޔާސީ ފަރާތްތަކުން ފާޑުކިޔަމުންނެވެ.

އެންމެ ފަހުން، ބެންޒެމާ ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފަ އެެވެ. އެއީ އޭނާ އަށް އަނިޔާވެ، ވޯލްޑް ކަޕަށް ފިޓްނުވާނެ ކަމަށް ބުނެ، ކޯޗު ޑިޑިއޭ ޑެޝޯމްޕްސް މީޑިއާގައި އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox