އާ އެއްބަސްވުމާ މެދު ގޮތެއް ނުނިމެނިސް ބެންޒެމާ އަލް އިއްތިހާދުގެ މެޗުތަކުގައި ނުުކުޅެން ނިންމަނީ

Jan 30, 2026, 3:38 AM
އާ އެއްބަސްވުމާ މެދު ގޮތެއް ނުނިމެނިސް ބެންޒެމާ އަލް އިއްތިހާދުގެ މެޗުތަކުގައި ނުުކުޅެން ނިންމަނީ

ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 30) - ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބް، އަލް އިއްތިހާދަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް، ކަރިމް ބެންޒެމާ، އަށް އަލް އިއްތިހާދުން ދިން އާ އެއްބަސްވުމާ މެދު ހިތްހަމަނުޖެހި، އެކަން ހައްލުނުވަނިސް އެ ޓީމުގެ މެޗުތަކުގައި ނުކުޅެން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސާދަ އަހަރަށް ފަހު، 2023 ވަނަ އަހަރު ރެއާލް މެޑްރިޑް ދޫކޮށް، ބެންޒެމާ، 38، އަލް އިއްތިހާދަށް ސޮއިކުރީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެ ގޮތުން، 2026 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ބެންޒެމާގެ ކޮންޓްރެކްޓް އޮތްއިރު، އޭނާ އަންނަނީ މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ވިސްނަމުންނެވެ. ރިޓަޔާކުރަން އުޅޭ ވާހަކަ ދޮގުކޮށް ބެންޒެމާ މިދިޔަ މަހު އަލް އިއްތިހާދާ އެކު އާ އެއްބަސްވުމުގެ މަޝްވަރާތައް ފެށި އެވެ.

އެކަމަކު، ރިޕޯޓްތައް ބުނާގޮތުން، އަލް އިއްތިހާދުން ހުށަހެޅި އާ ކޮންޓްރެކްޓްގައި ބެންޒެމާގެ އިމޭޖް ރައިޓްސް އަށް ފައިދާއެއް ނުވާގޮތަށް، ކްލަބުން އޭނާ އިސްތިހާރު ކުރެވޭ ގޮތަށް އެއްބަސްވުމުގައި ހިމަނައި، މުސާރަ ވެސް އެކަށީގެންވާ ވަރަށް ބޮޑުނުވާތީވެ، ބެންޒެމާ ނިންމީ، ކަންކަން ކުރިއަށްދާނެ ގޮތުގެ ސާފު މަަންޒަރު ނުފެނި، މެޗުތަކަށް ސަމާލުކަން ދެވެން ނެތުމުން ކުޅެވެން ނެތް ކަމަށެވެ.

ކުރިން ލިޔޯނަށް ކުޅުނު ބެންޒެމާ ވަނީ އަލް އިއްތިހާދަށް 83 މެޗުން 54 ލަނޑު ޖަހައި، 17 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox