އޭޝިއާގެ ވޮލީ ޖަމިއްޔާގެ އެގްޒެކެޓިވް ޒޯންގެ ނައިބު ރައީސަކަށް ލަތީފް

ރާއްޖޭގައި ސެންޓްރަލް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކާވާ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ލަތީފް ވާހަކަދައްކަވަނީ،---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު ފައިލް ފޮޓޯ

ރާއްޖޭގައި ސެންޓްރަލް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކާވާ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ލަތީފް ވާހަކަދައްކަވަނީ،---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު ފައިލް ފޮޓޯ

އޭޝިއާ ވޮލީބޯލް ކޮންފަޑަރޭޝަން (އޭވީސީ)ގެ އެގްޒެކެޓިވް ޒޯނަލްގެ ނައިބު ރައީސަކަށް ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި މިހާރު ސެންޓްރަލް ޒޯން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސްކަން ކުރައްވަމުން އަންނަ މުހައްމަދު ލަތީފް (ލަތީބެ) ހަމަޖައްސައިފި އެވެ.

އޭވީސީން މިއަދު އޮންލައިންކޮށް ބޭއްވި އެ އިދާރާގައި އާންމު ބައްދަލުވުމުގައި ލަތީބެ އޭވީސީގެ އެގްޒެކެޓިވް ޒޯނަލްގެ ނައިބު ރައީސަކަށް ހަމަޖެއްސުމާ އެކު, ލަތީބެެއަށް އޭވީސީގެ އެސްކޯގައި މަސައްކަތް ކުރުމުގެ ފުުރުސަތު ލިބިގެންދާނެ އެވެ. މިއީ ރާއްޖެގެ ފަރާތެއް އޭވީސީ އެގްޒެކެޓިވް ކޮމިޓީގައި ހުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

ލަތީފް މި މަގާމަށް ހަމަޖެއްސީ ކުރިން މި މަގާމުގައި ހުރި ފަރާތުގެ މަގާމު ގެއްލުމާއެކުގަ އެވެ.

ލަތީފް، "އަދަދު" އަށް ވިދާޅުވީ, މިއީ ރާއްޖޭގެ ވޮލީ އަށް ލިބިގެންދިޔަ ކާމިޔާބީއެއް ކަމުގައި ދެކޭ ކަމަށެވެ. އަދި މި ކާމިޔާބީއާ އެކު މަސައްކަތް ކުރައްވާނީ ރާއްޖޭގެ ކުޅުންތެރިންނާ ވޮލީއަށް އިތުރު ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ކަމަށް ލަތީފް ވިދާޅުވި އެވެ.

"މިއީ ޖުމްލަކޮށް ރާއްޖޭގެ ވޮލީ އަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. ދެން މި މަގާމާއެކު އަޅުގަނޑުގެ މަސައްކަތަކަށް ވާނީ ރާއްޖޭގެ ކުޅުންތެރިންނާ ވޮލީއަށް އިތުރު ފުރުސަތުތައް ހޯދައި ދިނުން" ލަތީފް ވިދާޅުވި އެވެ.

ރާއްޖޭގެ ވޮލީ އެސޯސިއޭޝަންގެ ރައީސް ކަމަށް ލަތީފް އިންތިހާބުވީ 2016 ވަނަ އަހަރު އެވެ. ވިއޭއެމްގައި ލަތީފްގެ ލީޑަޝިޕްގެ ކަންކަން ދަނީ، ގަވާއިދުތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ، މިދިޔަ ސަރުކާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސް، ހީނާ އަހުމަދު ސަލީމް ވަނީ، ވީއޭއެމް ހިންގުން، ނޯމައިލިން ކޮމިޓީއެއްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އޭގެ ފަހުން، ވޮލީ އެސޯސިއޭޝަންގެ ހިންގުން ހުސްކަމެއްގެ ތެރެއަށް ދިޔައިރު، 2021 ވަނަ އަހަރު އިންތިހާބެއް ބާއްވައި، ރައީސް ކަމަށް އައީ، ލަތީފްގެ ހިންގާ ކޮމިޓީގައި ނައިބު ރައީސަކަށް މަސައްކަތް ކުރެއްވި މުހައްމަދު ރަނޭޝް (ރަނޭ) އެވެ.

ލަތީފް މަސައްކަތް ކުރައްވާނެ، އޭޝިއާ ވޮލީބޯލް ކޮންފަޑަރޭޝަން (އޭވީސީ) އަކީ އެފްއައިވީބީން އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައިވާ މައި، ޖަމިއްޔާ އެވެ. މި ޖަމިއްޔާގެ މެމްބަރުންގެ ގޮތުގައި އޭޝިއާގެ 65 ގައުމު ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox