ތެޔޮ ހުސްވެ ގާޒާގެ އަލް އަގްސާ ހޮސްޕިޓަލް އެއްކޮށް ހުއްޓުމަކާ ގާތަށް

ތެޔޮ ހުސްވެ ގާޒާގެ އަލް އަގްސާ ހޮސްޕިޓަލް އެއްކޮށް ހުއްޓުމަކާ ގާތަށް

ގާޒާގައި ސިއްހީ ހިދުމަތް ދެމުން އައި އެންމެފަހު ތަންތަނުގެ ތެރޭގައި ހިމެނޭ އަލް އަގްސާ ހޮސްޕިޓަލުން ތެޔޮ ހުސްވެ އެއްކޮށް ހުއްޓުމަކާ ހަމައަށް ހިނގައްޖެ އެވެ.

އަލް އަގްސާ ހޮސްޕިޓަލުން ތެޔޮ ހުސްވެ މުޅި އެ ހޮސްޕިޓަލުން ކަރަންޓު އެއްކޮށް ކެނޑިފައިވާއިރު، އިޒްރޭލުން ގެންދަނީ އެ ހޮސްޕިޓަލް ވަށައިގެންވާ ސަރަހައްދަށް ކެނޑިނޭޅި ބޮން އަޅަމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އަލް އަގްސާ ހޮސްޕިޓަލުގެ ޑޮކްޓަރަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ތެޔޮ ހުސްވެ ކަރަންޓު ކެނޑުނުއިރު، އެ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ވަރަށް ހާލު ބޮޑެތި ބަލި މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ވެސް ހިމެނޭ ކަމަށް އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވެ އެވެ.

Advertisement

"އަހަރުމެން މިދަނީ އަހަރުމެން އަތުގައި ހުރި ވަސީލަތަކުން ހިދުމަތް ދެވޭތޯ މަސައްކަތް ކުރަމުން، އެކަމަކު މިތަނުގައި އެއްވެސް ކަރަންޓެއް ނެތިއްޔާ މަސައްކަތް ކުރުން އެއްކޮށް ހުއްޓައިލަން މަޖުބޫރުވާނެ، ހޮސްޕިޓަލް މިއޮއްތީ ކަނު އަނދިރީގައި، މި ހާލަތުގައި ކިހިނެއް ބަލި މީހުންނަށް ފަރުވާ ދޭނީ،" އަލް އަގްސާ ހޮސްޕިޓަލުގެ ޑޮކްޓަރަކު އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ގާޒާ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ހޮސްޕިޓަލުން ތެޔޮ ހުސްވުމުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކަށް ހުށަހެޅިފައިވަނީ ދުވަސް ނުފުރާ ވިހާފައި ތިބި ކުދިން ހިމެނޭހެން ތުއްތު ކުދިން ކަމަށެވެ. އޭގެއިތުރުން އައިސީޔޫތަކުގައި ފަރުވާ ދެމުންދާ ބަލި މީހުންގެ ފުރާނައަށް ވެސް ނުރައްކާވެފައިވާ ކަމަށް އެ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ފޯނުން އަލިކޮށްގެން އަހަރުމެން މަސައްކަތް ކުރިން އައިސީޔޫގައި ތިބި ކުދިންނަށް ފަރުވާ ދޭން، އެކަމަކު އެ ތަކެއްޗަކީ ޗާޖު ކޮށްގެން ބޭނުން ކުރެވޭ އެއްޗެހި، އެ އެއްޗެހި މަސައްކަތް ކުރުން ހުއްޓިއްޖެއްޔާ އެ ކުދިންގެ ފުރާނަ ވެސް ގެއްލިގެން ދާނެ،" އަލް އަގްސާ ހޮސްޕިޓަލުގެ ނާސަރީގައި މަސައްކަތް ކުރާ، ޑރ. ވަރްދާ އަލް އަވާވްދޭ ވިދާޅުވި އެވެ.

އެ ހޮސްޕިޓަލުގައި މިހާރުވެސް އިންކިއުބޭޓަރުގައި ފަރުވާދޭ، ތިން ކުދިންނާއި އެހެނިހެން ކޮޓަރިތަކުގައި ބައިތިއްބައިގެން ހާއްސަ ފަރުވާދޭ 10 ކުދިން އެބަތިބި ކަމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވެ އެވެ.

މިދިޔަ އަހަރު އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހައިތަނަށް 23،843 މީހުން ޝަހީދުވެފައިވެ 60،317 މީހުން ޒަހަމުވެފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓަރީން ބުނެ އެވެ.

ގާޒާގެ 70 އިންސައްތައަށްވުރެ ގިނަ އިމާރާތްތައް ބިމާހަމަކޮށްލާފައިވާއިރު، އެ ސިޓީގައި ސިއްހީ ހިދުމަތް ދެވޭ ހުރީ ވަރަށް މަދު ތަނެކެވެ. މި ހަނގުރާމައިގައި އިޒްރޭލުން ވަނީ ގާޒާގެ ބެޕްޓިސްޓު ހޮސްޕިޓަލަށް ހަމަލާދީ ގޮއްވާލައިފަ އެވެ. އޭގެފަހުން ޔަހޫދީންގެ ހައްދުފަހަނައެޅި ސިފައިން ވަނީ އަލް ޝިފާ ހޮސްޕިޓަލް ހިފައި އެތަނުގައި ތިބި ހުރިހާ ބަލި މީހުން މަގުމަތި ކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox