ދެކުނު އެފްރިކާއިން އައިސީޖޭ އަށް ހުށަހެޅި އިޒްރޭލުގެ ގަތުލްއާއްމު މައްސަލައިގެ އަޑުއެހުންތައް ފަށައިފި

އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ ފަނޑިޔާރުންގެ މޭޒު : ދެކުނު އެފްރިކާއިން އައިސީޖޭ އަށް ހުށަހެޅި އިޒްރޭލުގެ ގަތުލްއާއްމު މައްސަލައިގެ އަޑުއެހުންތައް ފަށައިފި -

އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ ފަނޑިޔާރުންގެ މޭޒު : ދެކުނު އެފްރިކާއިން އައިސީޖޭ އަށް ހުށަހެޅި އިޒްރޭލުގެ ގަތުލްއާއްމު މައްސަލައިގެ އަޑުއެހުންތައް ފަށައިފި -

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދަނީ ގަތުލްއާއްމުތަކެއް ކަމާއި އެއީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބުނެ ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ފަށައިފި އެވެ.

މިއަދު ފެށި މި އަޑުއެހުންތަކުގައި ދެކުނު އެފްރިކާގެ ފަރާތުން ހުށަހެޅި މައްސަލަ އައިސީޖޭގައި އިއްވާފައިވަނީ އެ ގައުމުގެ ޖަސްޓިސް މިނިސްޓަރު ރޮނާލްޑް ލަމޯލާ އެވެ. ވޭތުވެދިޔަ 75 އަހަރު ފަލަސްތީނުގެ ރައްޔިތުންނަށް ދެކޮޅަށް އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާއްމުގެ އެކި ކުށްތައް ދެކުނު އެފްރިކާއިން ހުށަހަޅާފައިވެ އެވެ.

"ހަމަގައިމުވެސް 2004 އިން ފެށިގެން ގާޒާގައި އިޒްރޭލުން އަންނަނީ ވައިގެ ސަރަހައްދާއި، ކަނޑުގެ ސަރަހައްދާއި، އެއްގަމު ބޯޑަރުތަކާއި، ކަރަންޓު އަދި ހިދުމަތް ފަދަ ކަންކަން ކޮންޓްރޯލްކޮށް ނަހަމަ ގޮތުގައި އަނިޔާވެރިވަމުން" ލަމޯލާ ވިދާޅުވި އެވެ.

އޭގެ އިތުރުން މިއަދުގެ އަޑުއެހުމުގައި ދެކުނު އެފްރިކާ ތަމްސީލުކުރާ ވަކީލުން ވަނީ ގަތުލުއާއްމުގެ ހެކި ފެންނަ އެކި ވީޑިއޯތައް ކޯޓަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފަލަސްތީނުގެ ރައްޔިތުންނަކީ ޖަނަވާރުންތަކެއް ކަމަށާއި އެ މީހުން މަރާލަން ޖެހޭ ކަމަށް ބުނާ ވީޑިއޯއެއްވެސް ހިމެނެ އެވެ.

އޮކްޓޯބަރު 7، 2023 ގައި ފެށި ހަނގުރާމައިގައި މިހައިތަނަށް ފަލަސްތީނުގެ 23،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެ އެވެ.

އިޒްރޭލުން މަސައްކަތް ކުރަނީ ފަލަސްތީނުގެ ގައުމިއްޔަތާއި ނަސްލު އަދި ދަރިފަސްކޮޅު ނައްތާލުމަށް ކަމަށާއި އެ އަމަލުތައް ހަނގުރާމައިގެ ޖަރީމާ ނުވަތަ ގަތުލުއާއްމު ކެޓެގަރީއަށް ފެތޭ ކަމަށް ދެކުނު އެފްރިކާއިން ބުނެފައިވެ އެވެ.

އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހެޅި 84 ސަފުހާގެ އެ މައްސަލައިގައި ބުނެފައި ވަނީ ގަތުލުއާއްމުތައް ހުއްޓުވުމުގެ ބައިނަލްއަގުވާމީ މުއާހަދާއާ ވެސް އިޒްރޭލުން ހިލާފުވެފައިވާ ކަމަށެވެ. އެހެންވެ ދެކުނު އެފްރިކާއިން ބޭނުންވަނީ ހަނގުރާމަ މެދުކަނޑާލަން އައިސީޖޭއިން އެންގުމެވެ.

އެގޮތަށް އަމުރު ކުރިޔަސް، މާޒީއަށް ބަލާއިރު އިޒްރޭލުން އެ އަމުރަށް ތަބާވާނެ ކަމަކަށް ނުބެލެވެ އެވެ.

ޔޫކްރެއިންގެ އަސްކަރީ އޮޕަރޭޝަންތައް ވަގުތުން މެދުކަނޑާލުމަށް އައިސީޖޭއިން 2022 ގައި ރަޝިއާއަށް އެންގި އެވެ. ނަމަވެސް އެ އެންގުމަށް ރަޝިޔާއިން އަމަލެއް ނުކުރެ އެވެ.

ދެކުނު އެފްރިކާގެ ތުހުމަތަކީ އަސްލެއް ނޫން ކަމަށް އިޒްރޭލުން ބުނެ އެވެ.

މި މައްސަލަ އަށް ގިނަ ގައުމުތަކުން ތާއިދުކޮށްފައި ވާއިރު، ތާއިދު ނުކުރާ ގައުމުތަކުގެ ތެރޭގައި އިޒްރޭލުގެ އެންމެ ބޮޑު ވާގިވެރިޔާ އެމެރިކާ އަދި އިނގިރޭސި ވިލާތް ހިމެނެ އެވެ.

އެ މައްސަލަ އަށް ތާއިދުކުރާކަން ހާމަކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އިސްލާމީ 57 ގައުމު ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއައިސީ) ހިމެނެ އެ އެވެ.

އެފްރިކާގެ މައްސަލަ އަށް ތާއިދުކުރާކަން ހާމަކޮށްފައިވާ ގައުމުތަކުގެ ތެރެއިން މެލޭޝިއާއިން ގޮވާލާފައި ވަނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އަދި އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް ކަނޑައެޅުމަށެވެ.

މި މައްސަލައަށް ތުރުކީ، އުރުދުން، ގެ އިތުރުން، ބޮލީވިއާ ތާއިދު ކުރެ އެވެ. ބޮލީވިއާ އަކީ މި މައްސަލައަށް ތާއީދުކުރި ލެޓިން އެމެރިކާގެ ފުރަތަމަ ގައުމެވެ. ދިވެހިރާއްޖެ، ނަމީބިއާ އަދި ޕާކިސްތާން ވެސް ވަނީ މި މައްސަލައަށް ތާއިދުކޮށްފަ އެވެ.

ހަނގުރާމަ ހުއްޓައިލުމަށް އެކި ގައުމުތަކުންނާއި ޖަމާއަތްތަކުން ގޮވާލި ގޮވައިލުންތަކަށް އިޒްރޭލުން ދިނީ ބީރު ކަންފަތެކެވެ. އިޒްރޭލުން ބުނީ ހަނގުރާމަ ހުއްޓައިލާނީ ހަމާސްގެ ވަސް އެއްކޮށް ފުހެލުމަށް ފަހު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox