އުތުރު ގާޒާ ސުންނާފަތި ކޮށްލުމަށްފަހު އިޒްރޭލުގެ އަމާޒު މެދުތެރެ އާއި ދެކުނު ގާޒާއަށް

އުތުރު ގާޒާ ސުންނާފަތި ކޮށްލުމަށްފަހު އިޒްރޭލުގެ އަމާޒު މެދުތެރެ އާއި ދެކުނު ގާޒާއަށް

އުތުރު ގާޒާ އެއްކޮށްހެން ސުންނާފަތި ކޮށްލުމަށް ފަހު ދެކުނާއި މެދުތެރޭ ގާޒާގައި ތިބި ހަމާސްގެ މުޖާހިދުންނަށް ހަމަލާތައް އަމާޒު ކުރުމަށް ނިންމާފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނު, ޑެނިއަލް ހަގާރީ ބުނީ އުތުރު ގާޒާއިން ހަމާސްގެ ބާރު ކަނޑުވާލެވިފައިވާ ކަމަށާއި މިހާރު އަމާޒަކީ މެދުތެރެއާއި ދެކުނު ގާޒާގައި ހަމާސް ބަލިކުރުން ކަމަށެވެ.

"އަހަރުމެންގެ މިހާރުގެ އަމާޒަކީ މެދުތެރެއާއި ދެކުނު ގާޒާއިން ހަމާސްގެ ބާރު ކަނޑުވައިލުން،"

Advertisement

އޭނާ ބުނީ އުތުރު ގާޒާގައި ހަރަކާތްތެރިވި ހަމާސްގެ 8000 އެއްހައި މުޖާހިދުން މަރާލެވިފައިވާ ކަމަށާއި އެ ސަރަހައްދުގައި އޮތް ހަމާސްގެ އަސްކަރީ އޮނިގަނޑު އެއްކޮށް އިޒްރޭލުން ރޫޅާލާފައިވާ ކަމަށެވެ.

ނަމަވެސް އަސްކަރީ ކޮމާންޑަރުންނާ ނުލައި އަދިވެސް އެ ސަރަހައްދުގައި ހަމާސްގެ މުހާޖިދުން ހަރަކާތްތެރިވަމުން ދާކަމަށް އޭނާ ބުންޏެވެ.

ވައިގެ މަގުން ޑްރޯންއާއި މިސައިލުގެ އިތުރުން ފައިމަގުގައި ގާޒާއަށް ވަދެގަނެ އިޒްރޭލުން ހަމަލާދޭން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމަލާއަށް ބަދަލު ހިފުމަށެވެ.

ތޫފާނުލް އަގުސާގެ ނަމުގައި ދިން ކުއްލި އެ ހަމަލާގައި އިޒްރޭލުގެ 1140 މީހުން މަރާލައި 240 މީހުން އަސީރުންގެ ގޮތުގައި ހަމާސްއިން އަތުލައިގަތެވެ. ބަދަލުގައި އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހަތަނަށް ޝަހީދުވި ފަލަސްތީނީންގެ އަދަދު ވަނީ 23،000 އާ ގާތްވެފަ އެވެ.

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުން ގެންދާ އަމަލުތަކަކީ ގަތުލުއާއްމުތަކެއްގެ ގޮތުގައި ސިފަކޮށް ދުނިޔޭގެ އެކި ކަންކޮޅުން ދަނީ ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލަމުންނެވެ. ނަމަވެސް އިޒްރޭލުން ބުނެފައި ވަނީ ހަނގުރާމަ ހުއްޓައިލާނީ ހަމާސްގެ ވަސް ފަލަސްތީނުން ފުހެލުމަށްފަހު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox