ދުނިޔޭގެ ހަތަރު ބިތުން 2024 ފެށީ ގާޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވައިލާ އަޑުން

ދުނިޔޭގެ ހަތަރު ބިތުން 2024 ފެށީ ގާޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވައިލާ އަޑުން

އައު އަހަރު ފާހަގަ ކުރުމާ ގުޅުވައިގެން، ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ހުއްޓައިލަން ގޮވައިލުމަށް ހާއްސަ ކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުގައި ރޭ ވަރުގަދަ ހަރަކާތެއް ހިންގައިފި އެވެ.

އިނގިރޭސިވިލާތާއި ޖަރުމަނު އަދި ސްވިޒަލޭންޑާއި އޮސްޓްރޭލިއާ ފަދަ ގައުމުތައް ވެސް ހިމެނޭހެން ޖުމުލަ 30 އަށްވުރެ ގިނަ ގައުމުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ. ރާއްޖޭގައި ވެސް ރޭ ވަނީ އެ ހަރަކާތް ކުރިއަށް ގެންގޮސްފަ އެވެ.

ކައުންޓްޑައުން2ސީޒްފަޔާ ގެ އެކައުންޓުތަކުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތްތައް ލައިވްކޮށްފަ އެވެ.

Advertisement

އެ ހަރަކާތުގެ ބައިވެރިން ވަނީ ބައިގަޑިއިރު ވަންދެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އެކި ޝުއޫރުތައް ފާޅުކޮށްފަ އެވެ. އަދި ފަލަސްތީނުގެ ތާރީހަކީ ކޮބައިކަން އައު ޖީލުތަކަށް އަންގައިދިނުމުގެ މުހިންމު ކަމަށް އަލިއަޅުވާލައި އެ ހަރަކާތުގެ ބައިވެރިން ވަނީ އިޒްރޭލުގެ އަމަލުތަކާ ދެކޮޅަށް ކޮންމެ މީހަކަށް ވެސް ކުރެވުނު މިންވަރަކުން އަމަލު ކުރުމަށް ގޮވާލައިފަ އެވެ.

ކޮންމެ އައު އަހަރަކާ ދިމާކޮށް އެމީހަކު ބޭނުންވާ ކަމަކަށް ހިތު ނިޔަތް ގަތުން ނުވަތަ ގެންނަން އެދޭ ބަދަލަކާ ގުޅުވައި އައު އަޒުމުތަކެއް ކަނޑައެޅުމަކީ ވިލާތުގެ އާދަކާދައިގެ ތެރެއިން ދުނިޔެއަށް ތައާރަފުވެފައިވާ ކަމެކެވެ. އެހެންކަމުން އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލުއާއްމުތަކާ ދެކޮޅަށް އަޑުއުފުލާ އެކްޓިވިސްޓުން މިފަހަރުގެ އައު އަހަރުގެ ކައުންޓްޑައުން ހާއްސަ ކުރީ ފަލަސްތީނުގެ ރައްޔިތުންނަށެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހައިތަނަށް 21،500 އަށްވުރެ ގިނަ ފަލަސްތީނީން ޝަހީދު ކޮށްލާފައިވާއިރު، އޭގެތެރޭގައި 10،000 އަށްވުރެ ގިނައިން ހިމެނެނީ ކުށެއް ނެތް މައުސޫމް ތުއްތު ކުދިންނެވެ.

ނަމަވެސް ހަނގުރާމަ ހުއްޓައިލުމަށް ގޮވާލައި އދ އިން ފާސްކުރަން މަސައްކަތް ކުރި ހުރިހާ ގަރާރަކަށް ވެސް އިޒްރޭލުގެ އެންމެ ބޮޑު ވާގިވެރިޔާ، އެމެރިކާއިން ވަނީ ވީޓޯ ކުރުމުގެ ބާރުގެ ބޭނުން ހިފައި ހުރަސް އަޅައިފަ އެވެ.

އެމެރިކާގެ އަމަލުތައް ކުށްވެރިކޮށް ދުނިޔޭގެ ހަތަރު ބިތުގައި ވެސް ދަނީ ހަނގުރާމަ ހުއްޓައިލުމަށް ގޮވާލައި މުޒާހަރާތައް ކުރަމުންނެވެ. އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ހިއުމަން ރައިޓްސް ވޮޗްއާއި އެމްނެސްޓީ އިންޓަނޭޝަނަލް އަދި ޑޮކްޓާސް ވިތައުޓް ބޯޑާސް ފަދަ ޖަމާއަތްތަކުން ވެސް ވަނީ ހަނގުރާމަ ހުއްޓައިލުމަށް ގޮވާލާ ގަރާރުތައް އެމެރިކާއިން ވީޓޯ ކުރުން ކުށްވެރިކޮށް އެކަމާ ދެކޮޅަށް އަޑު އުފުލައިފަ އެެވެ.

އިންސާނީ ބޮޑު ކާރިސާއަކަށް ވެފައިވާ ފަލަސްތީނު ހަނގުރާމައަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ދުނިޔޭގައި ހިނގާ ހަނގުރާމައިގެ އެންމެ ބޮޑު ޖަރީމާކަމަށް ބީބީސީގެ ތަހުގީގީ ނޫސްވެރިން ރިޕޯޓުކޮށްފައިވެ އެވެ.

އައު އަހަރު ފާހަގަ ކުރުމާ ގުޅުވައި ދުނިޔޭގެ ހުރިހާ ބައްރެއްގައި ރޭ ކުރިއަށް ގެންދިޔަ ހަރަކާތުގެ މަގުސަދަކީ މުޅި ދުނިޔެ އޮތީ އިޒްރޭލުން ހިންގާ ޖަރީމާތަކާ ދެކޮޅަށްކަން ހާމަ ކޮށްދިނުން ކަމަށް ހަރަކާތް އިންތިޒާމު ކުރި ފަރާތުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox