"ނުހެދި ހުރި ރަށްތަކުގެ 30 ޕަސެންޓު މާކެޓަށް ނެރުމަކީ އަމާޒެއް"

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، ކެބިނެޓުގެ ބައްދަލުވުމެއްގައި. -- ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، ކެބިނެޓުގެ ބައްދަލުވުމެއްގައި. -- ފޮޓޯ: ރައީސް އޮފީސް

ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ނުހުޅުވި މަސައްކަތް ހުއްޓިފައިވާ ރަށްތަކުގެ ތެރެއިން، މަދުވެގެން 30 ޕަސެންޓު ރަށް، މި ފަސް އަހަރުގެ ތެރޭގައި މާކެޓަށް ނެރުމަކީ އަމާޒެއް ކަމަށް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ފައިސަލް ވިދާޅުވީ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ރަށްތައް ނުހެދި، ހުއްޓިފައި ހުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. ތަފާސްހިސާބުން ދައްކާ ގޮތުން 63 ރަށެއް ތަރައްގީ ނުކުރެވި، މަސައްކތް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ރަށްރަށް އެބަހުރި 20 އަހަރު 15 އަހަރު މާކެޓަށް ނުނިކުމެ،" ޕީއެސްއެމްގެ 'ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

ހުއްޓިފައި ހުރި ރަށްތައް ތަރައްގީކޮށް ހުޅުވުމަށްޓަކައި، އެ ރަށްތަކުގެ އިންވެސްޓަރުންނާއި ބައްދަލުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަކަން ފައިސަލް ފާހަގަ ކުރެއްވި އެވެ. އަދި ސަރުކާރަށް ވެދެވޭނެ އެހީތެރިކަން ދެނެގަނެ، ގާނޫނީ ގޮތުން ކުރެވޭނެ މަސައްކަތްތައް ދެނެގަތުމަށްޓަކައި އެޓާނީ ޖެނެރަލްއާ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން މިއަހަރު އާންމުކުރި "ފިސްކަލް ހިރާސްތަކުގެ ބަޔާން 2023" ގައިވާ ތަފާސްހިސާބުތަކުގައި ވާގޮތުން ރާއްޖޭގެ ޖުމުލަ 256 ރަށެއް ވަނީ ފަތުރުވެރިކަމަށް ދޫކޮށްފަ އެވެ. އޭގެ ތެރެއިން އޮޕަރޭޓް ކުރަމުން ދަނީ 168 ރަށެެކެވެ. ބާކީ 88 ރަށް ތަރައްގީކުރުމުގެ މަސައްކަތް އެއްބަސްވުމާއި އެއްގޮތައް ކުރިއަށް ނުދާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

މަސައްކަތް ހުއްޓިފައިވާ ރަށްތަކުގެ އަދަދު އެންމެ ގިނައީ ކ. އަތޮޅުގަ އެވެ. އެ އަތޮޅުގެ 29 ރަށެއް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށް، އޮޕަރޭޝަނަށް ނުގެނެވި އެބަ އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox