އަންނަ އަހަރުގެ އަމާޒަކީ ދެ މިލިއަން ފަތުރުވެރިން ގެނައުން: ފައިސަލް

ޓޫރިޒަމް މިނިސްޓަރު ފައިސަލް ރައީސް އޮފީހުން ބޭއްވި އިވެންޓެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމް މިނިސްޓަރު ފައިސަލް ރައީސް އޮފީހުން ބޭއްވި އިވެންޓެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށްް ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައިިސަލް ވިދާޅުވީ، މި ފަތުރުވެރިކަމުގެ އަމާޒަށް ވާސިލްވުމަށްޓަކައި، ބައިނައްލަގުވާމީ ފެންވަރުގައި ރާއްޖެ އިތުރަށް މާކެޓު ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން, އެމްއެމްޕީއާރްސީއާ ގުޅިގެން އިތުރު މާކެޓުތަކަށް ވާސިލުވެ، ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީގައި ވަރަށް ގާބިލު މެނޭޖިން ޑިރެކްޓަރެއް އެ ހުންނެވީ. އަދި މުޅި ޓީމާ އެކީގައި، ޓޫރިޒަމް މިނިސްޓްރީއާ އެކީގައި އަޅުގަނޑުމެން އެންމެން ގުޅިގެން މި ކުރެވޭ މަސައްކަތުން ހަމަ [ފަތުރުވެރިންގެ އަދަދު] ދެ މިލިއަނަށް ވުރެ އިތުުރުވުމަކީ ވެސް ގާތްކަމެއް،" ފައިސަލް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް އަންނަ އަހަރު ނިންމުމަށް ސަރުކާރުން އަމާޒު ހިފައިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި, އައު ޓާމިނަލާ އެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ގައުމީ އެއާލައިނުން ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ރަޝިއާ، ޔޫކޭ، ޗައިނާ އަދި ޖަރުމަނު ފަދަ ގައުމުތަކަށް ސީދާ ދަތުރުތައް ފެށުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޑެސްޓިނޭޝަންތަކަށް ޑައިރެކްޓް ފްލައިޓް މޯލްޑިވިއަނުން ކުރެވޭނަމަ، ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ. ވަރަށް އަވަހަށް ޕޮޓެންޝަލް ޑެސްޓިނޭޝަންތަކަށް ދަތުރުތައް ފެށިގެންދާނެ،" ފައިސަލް ފާހަގަކުރެއްވި އެވެ.

ފައިސަލް ވަނީ މިހާރު ކުރިއަށްދާ ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ އިތުރުން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެސަބަބުން ދަތުރު ކުރުމުގައި ގޮތް ނުނިންމާ މީހުން ގިނަ ކަން ފާހަގަކުރައްވާފަ އެވެ. އަދި ރާއްޖޭގެ މާކެޓިން ވަރުގަދަ ކުރަން ޖެހެނީ މިފަދަ ސަބަބުތަކާއި ހުރެކަމަށް ވިދާޅުވި އެވެ.

އަންނަ އަހަރު ރާއްޖޭގައި އަލަށް 15 ވަރަކަށް ރިސޯޓު ހުޅުވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން 1،000 އެއްހާ އެނދު އިތުރުވެގެން ދާނެ ކަން ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox