ގެދޮރު ގެއްލިފައިވާ މީހަކު ގާޒާގައި އެއްމާބަނޑު ހަތަރު ކުދިން ވިހައިފި

ގެދޮރު ގެއްލިފައިވާ މީހަކު ގާޒާގައި އެއްމާބަނޑު ހަތަރު ކުދިން ވިހައިފި

އިޒްރޭލާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގައި ގެދޮރު ގެއްލިފައިވާ އަންހެނަކު ދެކުނު ގާޒާގެ ހޮސްޕިޓަލެއްގައި އެއްމާބަނޑު ހަތަރު ކުދިން ވިހައިފި އެވެ.

އުތުރު ގާޒާގެ ބައިތުހަނޫނަށް ނިސްބަތްވާ އިމާން އަލް މަސްރީ، 28، ގެ ބަނޑުން ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިން ނެގީ ސީ-ސެކްޝަން (ސިޒޭރިއަން) ހަދައިގެންނެވެ. އެ ކުދިންގެ ތެރެއިން އެންމެ ކުއްޖެއް ފިޔަވައި ދެން ތިބި ހުރިހާ ކުދިންގެ ހާލު ވެސް ރަނގަޅެވެ. ވިހައި ގަދަވުމުން އިމާން ވަނީ މިހާރު ހާލު ރަނގަޅު ތިން ކުދިންނާއެކު ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

އެ ހަތަރު ކުދިންނަށް މިހާރު ވަނީ ނަން ވެސް ކިޔައިފަ އެވެ. އަންހެން ދެ ކުދިންނަށް ކިޔާފައި ވަނީ ޓިއާ އާއި ލީން އެވެ. ފިރިހެން ދެ ކުދިންނަށް ކިޔަނީ ޔާސިރު އާއި މުހައްމަދު އެވެ. އޭގެތެރެއިން ހޮސްޕިޓަލުގައި އެނދުމަތިކޮށް އަދިވެސް ފަރުވާދެމުން ދަނީ މުހައްމަދު އަށެވެ.

Advertisement

"މުހައްމަދު ވިހެއިއިރު ބަރުދަނުގައި ހުރީ އެންމެ ކިލޯއެއް [2.2 ޕައުންޑު] އެހެންވެ ހާލު ވަރަށް ދެރަ،" ނުސެއިރަތު ރެފިއުޖީ ކޭމްޕުގައި ހުންނަ ހޮސްޕިޓަލުގައި އޮތް ދަރިފުޅުގެ ވާހަކަ އިމާން ބުންޏެވެ.

އެއްމާބަނޑު އެ ހަތަރު ކުދިންގެ ދޮށްޓަށް ވެސް އިމާންގެ އިތުރު ތިން ކުދިން ތިބެ އެވެ. ގެދޮރު ދޫކޮށް މިހާރު ސުންނާފަތި ކޮށްލާފައިވާ ޖަބަލިއާ ކޭމްޕަށް އޭނާ ދިޔައީ ފަލަސްތީނުގައި ހަނގުރާމަ ފެށުނުތާ ދުވަސްކޮޅެއް ފަހުންނެވެ.

ފައި މަގުގައި ފަސް ކިލޯމީޓަރުގެ ދުރު ރާސްތާއަކަށް ހިނގާފައި އިމާން ޖަބަލިއާ ކޭމްޕަށް ދިޔައީ ގާޒާގެ ދެކުނު ބިތަށް ދެވޭނެ ގޮތެއް ހޯދުމުގެ ނިޔަތުގަ އެވެ. ސަބަބަކަށްވީ ހަނގުރާމައިގެ ކޮޅިގަނޑު އެންމެ ފުރަތަމަ ފޯރި ހިސާބަކީ އިމާން ނިސްބަތްވާ ބައިތުހަނޫން ވެސް ހިމެނޭ ސަރަހައްދު ކަމުގައި ވުމެވެ. އޭރު އިމާންގެ ބަނޑަށް ހަ މަހެވެ.

"[ފައިމަގުގައި] އަހަރެން ކުރަންޖެހުނީ ވަރަށް ދިގު ދަތުރެއް، އެކަމުގެ ސަބަބުން އަހަރެންގެ ސިއްހަތަށް ވެސް އަސަރު ކުރި،" އިމާން ބުންޏެވެ.

އިމާން ބުނީ އަމިއްލަ ވަޒަން ދޫކޮށް ހަމަހުގެ ބަނޑަކާއެކު ސަލާމަތުގެ އައްސޭރިއަށް އޭނާގެ ތިން ދަރިން ގޮވައިގެން ދަތުރު ފެށީ ހަނގުރާމަ ދިގުލައިގެން ހިނގައިދާނެ ކަމަށް އުއްމީދު ކޮށްގެން ނޫން ކަމަށެވެ. ނަމަވެސް ކަން ހިނގައިދިޔަ ގޮތުން އަމިއްލަ ގެދޮރަށް އަނބުރާ ދިއުމުގެ ހުވަފެން އެއްކޮށް ފުނޑުފުނޑުވެފައި ވާކަމަށް އިމާން ބުންޏެވެ.

"އަހަރެން ގެއިން ނުކުމެގެން އައީ ހަމައެކަނި ހޫނު މޫސުމުގައި ދަރިން ލާނެ މަދު ހެދުންކޮޅެއް ހިފައިގެން، އަހަރެން ހީކުރީ ހަނގުރާމަ ކުރާނީ އެންމެ ދިގުވެގެން ވެސް ދެ ހަފުތާ ވަންދެން ކަަމަށް، އެއަށްފަހު އަހަރެންގެ ގެއަށް އަނބުރާ ދެވޭނެ ކަމަށް،" އިމާން ބުންޏެވެ.

ދެ މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ގާޒާގެ އުތުރުން ދެކުނަށް އެއްކޮށްހެން ސުންނާފަތިވެފައި ވާއިރު، އެ ސިޓީގެ ރައްޔިތުންގެ ތެރެއިން 1.9 މިލިއަން މީހުންގެ ގެދޮރު ގެއްލި މަގުމަތިވެފައި ވާކަމަށް އދ އިން ލަފާ ކުރެ އެވެ.

މިހައިތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 21،000 އަކަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު، އޭގެތެރެއިން ތިންބައި ކޮށްފައި ދެބަޔަކީ އަންހެނުން ކަމަށް ގާޒާގެ ހެލްތު މިނިސްޓަރީން ބުނެ އެވެ.

އިމާން ބުނީ ސާފު ފެން ހޯދުމުގައި ކުރިމަތިވެފައިވާ ދަތި ކަމުގެ ސަބަބުން އެއިން އެއްވެސް ކުއްޖަކު ފެން ވެސް ނުވެރުވޭ ކަމަށެވެ. ފެނުގެ އިތުރުން ވެސް ހަނގުރަމައިގެ ސަބަބުން ގާޒާގެ ރައްޔިތުން ތިބީ ބޭހާއި ސާފުތާރުވާން ބޭނުން ކުރާ ސާމާނާއި ކާބޯތަކެއްޗަށް އިންތިހާއަށް ޖެހިފަ އެވެ.

"އާންމުކޮށް މީގެ ކުރިން [ދޮށީ ކުދިންގެ] ނެޕީ އަހަރެން ބަދަލު ކުރިން ކޮންމެ ދެ ގަޑިއަކުން އެއްފަހަރު، އެކަމަކު މިއަދު ކަންހުރި ގޮތުން އަހަންނަށް މިވަނީ ހާލަތުގެ އަޅަކަށް ވެފައި،" ދުވާލަކަށް ލިބެނީ އެންމެ ދެ ނެޕީކަން ފާހަގަކޮށް އިމާން ބުންޏެވެ.

އިމާންގެ ފިރިމީހާ، އައްމާރު އަލް މަސްރީ ބުނީ އޭނާއަށް އާއިލާގެ މުހުތާދުތައް ފިލުވައިނުދެވޭތީ އިންތިހާއަށް މާޔޫސްވެ ގޮތް ހުސްވެފައިވާ ކަމަށެވެ.

"އަހަރެންނަށް ކުރެވެނީ އެއްވެސް އެހީއެއް ނުވެވޭ މީހެއްގެ އިހުސާސް، އަހަރެންގެ ދަރިންނަށް ގެއްލުމެއް ލިބިދާނެތީ ވަރަށް ބިރު ގަނޭ، އަހަންނަކަށް ނޭނގެ އެމީހުންނަށް ހިމާޔަތް ދޭނެ ގޮތެއް،" އުމުރުން 33 އަހަރުގެ އައްމާރު ބުންޏެވެ.

ދުވަހުގެ ގިނަ ވަގުތައް ހޭދަ ކުރަނީ ބޭރުތެރޭގައި އާއިލާގެ މީހުން ކާބޯތަކެތި ހޯދުމުގެ މަސައްކަތުގައި ކަމަށް އޭނާ ބުންޏެވެ.

"ޓިއާ ވަނީ ރީނދޫވެފައި، އެނާއަށް އަބަދު ކައިރިން ދޭންޖެހޭ، އެހެންވީއިރު، އަހަރެންގެ އަންހެނުންނަށް ފައިދާހުރި ކާނާ ހޯދައިދޭން ޖެހޭ، އަހަރެންގެ ދަރިންނަށް ކިރާއި ނެޕީ ބޭނުންވޭ، އެކަމަކު އަހަރެން މިހުރީ އެއިން އެއްވެސް އެއްޗެއް އެމީހުންނަށް ހޯދައި ދިނުމަށް ނުކުޅެދިފައި،" އައްމާރު ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox