ޖަޕާންގެ މިޓޯމާ އަށް އޭޝިއަން ކަޕް ގެއްލިދާނެ

Dec 28, 2023, 6:29 AM
ޖަޕާންގެ މިޓޯމާ އަށް އޭޝިއަން ކަޕް ގެއްލިދާނެ

ލިވަޕޫލް (ޑިސެމްބަރު 28) - އަނިޔާގެ ސަަބަބުން ޖަޕާންގެ ވިންގާ ކައޯރޫ މިޓޯމާ އަށް ކުރިއަށް އޮތް އޭޝިއަން ކަޕްގައި ޖަޕާންގެ ޓީމަށް ކުޅެވޭނަކަމުގެ ޔަގީންކަން ގެއްލިއްޖެ އެވެ.

ބްރައިޓަން އަށް ކުޅެމުންދާ މިޓޯމާ ،26، އަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހަފުތާގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅެނިކޮށެވެ.

މިޓޯމާގެ ކުޑަ ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ހަ ހަފުތާގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަންޖެހިދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ގަތަރުގައި އޭޝިއަން ކަޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ.

ބްރައިޓަންގެ ކޯޗު ރޮބާޓޯ ޑި ޒާބީ ބުނީ މިޓޯމާގެ އަނިޔާ ރަނގަޅުވުމަށް ހަ ހަފުތާގެ މުއްދަތެއް ބޭނުންވާނެ ކަމަށެވެ. އަދި ބްރައިޓަންގެ އަނިޔާގެ މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ.

"ވަރަށް އަނިޔާގެ މައްސަލަ ގިނަ ސީޒަނެއް މިއީ. ބޮޑަށް މި ދިމާވަނީ މަސްގަނޑުގެ އިންޖަރީތައް. މިއީ ގިނަ މެޗުތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ކުޅެންޖެހުމުގެ ނަތީޖާ،" ޑެޒާބީ ބުންޏެވެ،

މިޓޯމާ އަކީ ޖަޕާންގެ ޓީމަށް މުހިންމު ކުޅުންތެރިއެކެވެ. އަދި އޭޝިއަން ކަޕްގައި އޭނާ ނެތްތަން ފޫބެއްދުމަކީ ޖަޕާނަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެއީ މި ފަހުން ޖަޕާނުން ހޯދި މޮޅުތަކުގައި މިޓޯމާ އިސް ރޯލެއް އަދާކޮށްފައިވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox