އިރާނުގެ ދިފާއުގައި ހޮންޑާ ވާހަކަ ދެއްކުމުން އެމެރިކާގެ ކޮންޓްރެކްޓަކަށް ހުއްޓުމެއް

Mar 15, 2026, 7:18 AM
އިރާނުގެ ދިފާއުގައި ހޮންޑާ ވާހަކަ ދެއްކުމުން އެމެރިކާގެ ކޮންޓްރެކްޓަކަށް ހުއްޓުމެއް

ޓޯކިޔޯ، ޖަޕާން (މާޗް 15) - ޖަޕާންގެ މަޝްހޫރު ތަރި، ކެއިސޫކޭ ހޮންޑާ، ސޯޝަލް މީޑިއާގައި އިރާނުގެ ދިފާއުގައި ޝުއޫރުފާޅުކުރުމާ ގުޅިގެން، އޭނާ އަށް އެމެރިކާ ކުންފުންޏަކުން ލިބިފައި އޮތް ކޮންޓްރެކްޓެއްގެ ކަންކަން މަޑުޖެހިއްޖެ އެވެ.

މި އަހަރުގެ ޖޫން 12، ގައި، އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ފަށާ ފީފާ ވޯލްޑް ކަޕުގައި ބައިވެރިނުވާން ނިންމިކަން އިރާނުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު ޑޮންޔާމާލީ ނިންމެވީ، އިޒްރޭލާއި އެމެރިކާއިން ގުޅިގެން އިރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިގެން އުޅޭތީ އެވެ. އޭނާ، ވިދާޅުވީ އެމެރިކާގައި ބާއްވާ މުބާރާތުގައި ބައިވެރިވުން އެ ގައުމުގެ ކުޅުންތެރިންނަށް ރައްކާތެރި ނޫން ކަމަށެވެ.

އެކަމާ ގުޅިގެން، ހޮންޑާ، ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ލިޔެފައިވަނީ، އިރާންގެ ނިންމުމަކީ ވަރަށް އުނދަގޫ ހާލަތެއްގައި އައިސްފައިވާ ނިންމުމެއް ކަމަށާއި އެކަމަކު އޭނާ އެދެނީ އިރާން ވޯލްޑް ކަޕްގައި ކުޅުމަށް ކަމަށެވެ.

ހޮންޑާ، އެ ގޮތަށް ބުނެ، ޝުއޫރުފާޅުކުރުމާ ގުޅިގެން، މި އަހަރުގެ ވޯލްޑް ކަޕަށް އަމާޒުކޮށް އެމެރިކާގެ ކުންފުންޏަކުން ހޮންޑާ އަށް ދޭން ނިންމާފައި އޮތް ކޮންޓްރެކްޓެއްގެ ކަންކަން ވަނީ މަޑުޖައްސާލައިފަ އެވެ.

"ބުނާ ބަހުގެ ހަގީގީ މާނަ ނޭނގި، ކުންފުނިތަކުން މި ކަހަލަ ތާކުންތާކު ނުޖެހޭ ނިންމުން އައުމަކީ، ހަގީގަތުގައި އަހަރެމެން އެކަހަލަ ކޮންޓްރެކްޓާ ނުލައި އުޅެން ޖެހޭ ސަބަބެއް،" ޖަޕާން ގައުމީ ޓީމާ އެކު، 2010، 2014 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ހޮންޑާ ބުންޏެވެ.

އިރާނުން ވޯލްޑް ކަޕްގައި ނުކުޅެން ނިންމި ނިންމުމާ މެދު ފީފާ އިން އަދި ރަސްމީކޮށް ވަކި ގޮތެއް އިއުލާނުކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރޭކްތައް އަންނަ ގޮތުން "ލީގުގެ ފީލްއެއް ނީނދޭ": އާތީ

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އާއި ޕާފޯމަންސަށް އަސަރުކޮށް، ލީގުގެ އަސްލު ފޯރި ނުލިބޭ ކަމަށް ޓީސީގެ ކޯޗު އާތީ ބުނެފި. އާތީ ފާހަގަކުރި ގޮތުގައި ގިނަ ދުވަސްތަކެއްގެ ބްރޭކްތަކުގެ ސަބަބުން ޓީމުތަކުގެ ކޮންޓިނިއުޓީ ގެއްލި، މެޗުތަކަށް ތައްޔާރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ

ފީފާގެ އިންތިހާބުގައި އަރަބިންގެ ތާއީދު އިންފަންޓީނޯ އަށް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ތާއީދުކުރުމަށް 22 ގައުމު ހިމެނޭ އަރަބް ފުޓްބޯޅަ ޔޫނިއަން (ޔޫއޭއެފްއޭ) އިން ނިންމައިފިއެވެ. އިންފަންޓީނޯއާ އެކު ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ބޮޑު ތާއީދަކާއެކު އޭނާއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ފީފާގެ އާ ރައީސަކު ހޮވުމަށް ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައެވެ.

އިންޑިއާގެ ލެޖެންޑުން ފުޓްބޯޅަ ރައީސްގެ ޝަކުވާ ސަރުކާރަށް

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ، ބައިޗުން ބުޓިއާ ހިމެނޭހެން އެ ގައުމުގެ 14 ލެޖެންޑުން ސްޕޯޓްސް މިނިސްޓަރަށް ހުށަހަޅައިފި. މި ސިޓީގައި ފާހަގަކޮށްފައިވަނީ ފެޑެރޭޝަންގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓުވަމުންދާ ކަމަށް

ސުޒޭނާއި މޯހަންގެ ދުލުން: ބަދުނަސީބާއި ހައްލެއްގެ ވާހަކަ!

ސަރަހައްދުގެ އެހެން ގައުމުތަކުން ބޭރުގައި އުޅޭ އެ ގައުމުތަކުގެ ދަރިފަސްކޮޅުގެ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމުތައް ވަރުގަދަކުރަމުންދާއިރު، ރާއްޖެއަށް އެ ފުރުސަތު ކުޑަކަމަށް ކުރީގެ ކޯޗުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

Newsletter

Get the latest news delivered straight to your inbox