ރާއްޖޭގެ ކަނޑުތަކާ ގުޅޭ ގޮތަށް އިންޖީނު ފަރުމާކުރުމަށް ހޮންޑާ މެރިންގެ ޓީމެއް ރާއްޖޭގައި

ހޮންޑާ މެރިން ޖަޕާނުގެ ޓީމު ރާއްޖޭގައި: އެ ޓީމުން ދަނީ އިންޖީނުތައް ފަރުމާކުރަން ރާއްޖޭގެ ކަސްތަމަރުންގެ ލަފާ ހޯދަމުން -- ފޮޓޯ: އަދަދު

ހޮންޑާ މެރިން ޖަޕާނުގެ ޓީމު ރާއްޖޭގައި: އެ ޓީމުން ދަނީ އިންޖީނުތައް ފަރުމާކުރަން ރާއްޖޭގެ ކަސްތަމަރުންގެ ލަފާ ހޯދަމުން -- ފޮޓޯ: އަދަދު

ހޮންޑާ މެރިންގެ އިންޖީނުތައް ރާއްޖޭގެ ކަނޑުތަކާއި މާހައުލާ އެންމެ ގުޅޭ ގޮތަށް ފަރުމާކުރުމަށްޓަކައި، ކަސްޓަމަރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ޖަޕާނުގެ ހޮންޑާ މެރިންގެ ހާއްސަ ޓީމެއް ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތް ކުރަން ފަށައިފި އެވެ.

ހޮންޑާ މެރިން ޖަޕާނުގެ ސާވިސް ޑިޕާޓްމަންޓްގެ އެސިސްޓަންޓް ޗީފް އެޑްމިނިސްޓްރޭޓާ ޓަކަހީރޯ ސަސާކީ ވިދާޅުވީ، މި ދަތުރުގެ މައިގަނޑު ބޭނުމަކީ ހޮންޑާ މެރިންގެ އިންޖީނުތައް ރާއްޖޭގެ ކަނޑުތަކާ ގުޅޭގޮތަށް ފަރުމާކުރުމުގައި ކަސްޓަމަރުންގެ ލަފަޔާއި އިރުޝާދު ހޯދުން ކަމަށެވެ.

މިގޮތުން، ކަސްޓަމަރުންނަށް އެންމެ ފަސޭހައިން އަދި އެންމެ ހަރަދު ކުޑަކޮށް އިންޖީނު ބޭނުންކުރެވޭނެ ގޮތްތައް ދެނެގަތުމަށް މި ދަތުރުގެ ތެރެއިން ދިރާސާތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

"މިއީ މުޅި ދުނިޔޭގައި ވެސް އަހަރުމެންނަށް އެންމެ މުހިންމު އެއް މާކެޓު ދެނެގަތުމަށް ލިބޭ ރަނގަޅު ފުރުސަތެއް. އަހަރުމެންގެ ކަސްޓަމަރުން ތިބީ ހިތްހަމަޖެހިފައިކަން ވާހަކަދައްކާލުމުން އެނގޭ. އެކަމަކު ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަނެ، އެކަންކަމަށް ކުރިއަށް އޮތްތަނުގައި ފިޔަވަޅުތަކެއް އެޅިގެންދާނެ،" ސަސާކީ ވިދާޅުވި އެވެ.

ފެބްރުއަރީ 2 ވަނަ ދުވަހުގެ ނިޔަލަށް ޖަޕާނުގެ ޓީމުން ކުރާ މި ދަތުރުގައި، ރާއްޖޭގެ އެކި ރަށްތަކަށް ހޮންޑާ މެރިންގެ އިންޖީނު އެޅި އުޅަނދުފަހަރުގައި ފަސިންޖަރުންނާއެކު ދަތުރުކޮށް އިންޖީނުގެ މަސައްކަތްތައް ގާތުން ބަލާނެ އެވެ.

މީގެ އިތުރުން، އިންޖީނުތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ބައެއް އިންޖީނުތަކުގައި ހާއްސަ ޑިވައިސްތައް ހަރުކޮށްގެން އިންވެސްޓިގޭޝަންތަކެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރޭވިފަ އެވެ. މި ދަތުރުގެ ތެރެއިން އެ ޓީމުން ރާއްޖޭގެ ބޯޓްބިލްޑަރުންނާއި ކަސްޓަމަރުންނާ ބައްދަލުކޮށް ޚިޔާލު ބަދަލުކުރާނެ އެވެ.

ހޮންޑާ މެރިން އިންޖީނަކީ ރާއްޖޭގައި މިވަގުތު ބޭނުންކުރަމުންދާ އެންމެ ތެޔޮ ހަރަދު ކުޑަ، ދުވެލި ބާރު އަދި މެއިންޓެނެންސް ހަރަދު ކުޑަ އެއް އިންޖީނެވެ.

މިއީ ލޮނުގެ އަސަރުން އިންޖީނުގެ ބައިތައް ގިރުމުން ރައްކާތެރިކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ އިންޖީނެކެވެ. ހޮންޑާ މެރިންގެ ރާއްޖޭގެ އޮފިޝަލް ޑިސްޓްރިބިއުޓަރަކީ މެރިން ވައިބެވެ. އެ ކުންފުނީގެ ޝޯރޫމް އޯކިޑް މަގުގައި ހުންނައިރު، ސާވިސް ސެންޓަރު ހުންނަނީ މުރަނގަ މަގުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox