ވޮލީބޯލް އެސޯސިއޭޝަން ކަޕް: އާބަންކޯ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ވެމްކޯ އަށް

ވެމްކޯ ޓީމަށް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހުޒާމް: މިދިޔަ އަހަރު ސިޓީން މި މުބާރާތް ކާމިޔާބުކުރިއިރު، ޓީމުގެ ކެޕްޓަނަކީ ހުޒާމް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވެމްކޯ ޓީމަށް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހުޒާމް: މިދިޔަ އަހަރު ސިޓީން މި މުބާރާތް ކާމިޔާބުކުރިއިރު، ޓީމުގެ ކެޕްޓަނަކީ ހުޒާމް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ ތިން ވަނަ ސެމީގައި ކްލަބް އާބަންކޯ ބަލިކޮށް ކުލަބް ވެމްކޯ އިން ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ވެމްކޯ އިން ތިން ވަނަ ސެމީ އިން ފުރުސަތު ހޯދީ ފުރަތަމަ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން، ސްޕޯޓްސް ކުލަބް ސިޓީ ބަލިކޮށެވެ. އާބަންކޯ އަށް ތިން ވަނަ ސެމީ ކުޅެން ޖެހުނީ ފުރަތަމަ ސެމީގައި ސިޓީ ސްޕޯޓްސް ކުލަބް އަތުން ބަލިވުމުންނެވެ.

ރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު ސެމީގެ ފަހު މެޗު ވެމްކޯއިން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުންނެވެ. ރޭގެ މެޗުގެ ސެޓުތައް ގޮސްފައިވަނީ 25-21, 19-25, 27-25, 21-25 އަދި 15-12 އިންނެވެ.

ވެމްކޯ އާއި އާބަންކޯ، ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން ވެސް ވެމްކޯ މޮޅުވީ ފަސް ސެޓަށް ގޮސްގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު އާބަންކޯ އިން ވަނީ ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. އެކަމަކު، މަޑުމަޑުން ވެމްކޯ އިން ވަނީ މެޗުގެ ތެރެއަށް ވަދެ ފަރަގު ކުޑަކޮށްފަ އެވެ. މި ސެޓުގެ މެދު ތެރެއިން ވެމްކޯއިން ވަނީ 13-13 އިން ހަމަހަމަކޮށްފަ އެވެ. އެއާ އެކު އާބަންކޯއިން ވަނީ ޓައިމް އައުޓް ނަގައިފަ އެވެ. އެކަމަކު، އެ ޓައިމް އައުޓްގެ ބޭނުން އާބަންކޯ އަށް އެންމެ ރަނގަޅަށް ހިފޭ ގޮތް ނުވެ ވެމްކޯއިން ވަނީ ސެޓުގެ ފަހު ކޮޅު ލީޑުކޮށްފަ އެވެ. މި ސެޓު ވެމްކޯއިން ގެންދިޔައީ 25-20 އިންނެވެ.

ދެ ވަނަ ސެޓު ފަށައިގެން އާބަންކޯ އިން ވަނީ އެ ޓީމުން ފުރަތަމަ ސެޓުގައި ހެދުނު ގޯސްތައް ރަނގަޅުކޮށްފަ އެވެ. އަދި ސެޓުގެ ކުރީކޮޅު އާބަންކޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ގެ މޮޅު ސާވިސްތަކުން އާބަންކޯ އަށް ވަނީ ހަ ޕޮއިންޓްގެ ލީޑެއް ލިބިފަ އެވެ. އާބަންކޯ އިިން ވަނީ ސެޓުގެ ކުރީކޮޅު ލިބުނު ލީޑު މުޅި މި ސެޓުގައި ވެސް ހިފަހައްޓައިފަ އެވެ. އެއާ އެކު، މި ސެޓު އާބަންކޯއިން ކާމިޔާބުކުރީ 25-19 އިންނެވެ.

މުޅި މެޗުގައި ވެސް ފެނިގެންދިޔަ އެންމެ ފޯރިގަދަ ސެޓަކީ ތިން ވަނަ ސެޓެވެ. މި ސެޓު ފަށައިގެން އާބަންކޯއިން ވަނީ އެއް ޕޮއިންޓްގެ ލީޑެއް ނަގާގެން ކުޅެފަ އެވެ. އެކަމަކު، ސެޓުގެ ފަހު ކޮޅު ވެމްކޯއިން ކައިރިކައިރީ ދެ ޕޮއިންޓް ސްކޯކޮށް އެ ޓީމު ކޮޅަށް 19-18 އިން ސްކޯ ބަދަލުކޮށްލި އެވެ. އެއާ އެކު އާބަންކޯއިން ވަނީ ޓައިމް އައުޓެއް ނަގައިފަ އެވެ. އަދި މި ސެޓު ނިންމަން އެންމެ ފުރަތަމަ ފުރުސަތު ލިބުނީ އާބަންކޯއަށެވެ. އެކަމަކު، ސެޓު ނުނިންމި ވެމްކޯއިން އޭގެ ފައިދާ ނަގާ 27-25 އިން މި ސެޓު ކާމިޔާބުކުރި އެވެ.

މެޗުގެ ހަތަރު ވަނަ ސެޓުގައި ވެމްކޯގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގައި އެ ޓީމުގެ ގިނަ ކުޅުންތެރިންގެ ފަރާތުން އާދައިގެ ގޯސްތައް ހެދުނެވެ. އޭގެ ފައިދާ ނަގާ އާބަންކޯއިން މި ސެޓު ކާމިޔާބުކުރީ 25-21 އިންނެވެ. މެޗުގެ ފަހު ސެޓުގެ ފުރަތަމަ އަށް ޕޮއިންޓް ހޯދާ ކޯޓުގެ ފަޅި ބަދަލުވިއިރު، ކުރީގައި އޮތީ އާބަންކޯ އެވެ. އެކަމަކު މި ސެޓުގެ ފަހުކޮޅު އާބަންކޯގެ ކުޅުންތެރިންގެ ފަރާތުން ގިނަ ގޯސްތަކެއް ހެދުނުއިރު، ސެޓުގެ ފަހު ކޮޅު ވެމްކޯގެ އަލީ ހުޒާމް (ހުޒަންޓެ)ގެ މޮޅަށް ކުޅެ ގިނަ ޕޮއިންޓްތަކެއް ސްކޯކުރި އެވެ. މި ސެޓު ވެމްކޯއިން ކާމިޔާބުކުރީ 15-12 އިންނެވެ.

މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި ސިޓީއާ ވެމްކޯ ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ މާދަމާ ރެޔެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox