އިޒްރޭލުގެ ހަމަލާތަކުގައި އދ.ގެ މުވައްޒަފަކާއި އޭނާގެ އާއިލާގެ 70 މީހުން ޝަހީދުކޮށްލައިފި

Dec 25, 2023, 2:11 AM
އިޒްރޭލުގެ ހަމަލާތަކުގައި އދ.ގެ މުވައްޒަފަކާއި އޭނާގެ އާއިލާގެ 70 މީހުން ޝަހީދުކޮށްލައިފި

އދ. ގެ ސަލާމަތީ މަޖިލީހުން ހުކުރު ދުވަހު ފާސްކުރި ގަރާރަށް ފަހު އިޒްރޭލް ސިފައިން ދިން ހަމަލާތަކުގައި އދ.ގެ އޮފިޝަލަކާއި އޭނާގެ އާއިލާގެ 70 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި އެވެ.

ހުކުރު ދުވަހު ދިން ހަމަލާތަކުގައި ޝަހީދުވީ ޔޫއެންޑީޕީގައި ތިން ދަހަރު މަސައްކަތް ކުރި އީސާމް އަލް މުޣުރާބީ، 56، އެވެ. އެ ހަމަލާގައި އޭނާގެ އަންހެނުންނާއި ދަރިންގެ އިތުރުން އެ އާއިލާއަށް ނިސްބަތްވާ 70 މީހުން ޝަހީދުކޮށްލާފައިވެ އެވެ.

މިއީ ހުކުރު ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް ފަހު އިޒްރޭލުން ދިން އެންމެ ވަރުގަދަ ހަމަލާ އެވެ.

ޔޫއެންޑީޕީގެ އެޑްމިނިސްޓްރޭޓަރު އާޗިމް ސްޓެއިނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވޭތުވެދިޔަ 30 އަހަރު އީސާމް ވަނީ ޔޫއެންޑީޕީއާއެކު ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަސައްކަތްކޮށްފައި ކަމަށާއި އޭނާ ގެއްލިގެން ދިޔުމަކީ ފުން އަސަރެއް ކުރުވި ކަމެއް ކަމަށެވެ.

"އދ. ގެ މުވައްޒަފުންނާއި ގާޒާގެ އާންމުންނަކީ ހަނގުރާމައިގެ އަމާޒަކަށް ވެގެން ނުވާނެ،" އެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އީސާމްގެ ޝަހީދުކޮށްލުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވެރިޔާ ޓެޑްރޯސް އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ މީހުން ހަނގުރާމައިގެ ޝިކާރައަކަށް ވެގެން ނުވާނެ ކަމަށެވެ. އޭނާ ވަނީ އިޒްރޭލް ސިފައިންނާއި ހަމާސްއާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓާލައި ސުލުހަ ގާއިމު ކުރުމަށް ވެސް ގޮވާލައިފަ އެވެ.

އޮކްޓޯބަރު 7 ގައި އިޒްރޭލު ސިފައިންނާއި ހަމާސްގެ ހަނގުރާމަ ފެށިފަހުން ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 20،000 އަށް ވުރެ މައްޗަށް ވަނީ އަރައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

އެއާޕޯޓު ހަމަލާގައި 12 މަރު، 309 މީހުންނަށް އަނިޔާ

ސައުދީ އަރަބިއްޔާގެ ރިޔާދު އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 12 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވުމާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލައިފިއެވެ. ސައުދީ ކޯލިޝަނުން މި ހަމަލާގެ ތުހުމަތު ހޫތީންނަށް ކުރާއިރު، މިއީ 2015 ވަނަ އަހަރުގެ ފަހުން އެގައުމަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މުޒާހަރާތަކުން ހައްޔަރުކުރި މީހުން ދޫކުރުމަށް އދ އިން ގޮވާލައިފި

އިންޑިއާގެ އިންތިޚާބީ ނިޒާމު އިސްލާހުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން، އުސޫލުން ބޭރުން ހައްޔަރުކޮށްފައިވާ މީހުން ވަގުތުން މިނިވަންކުރުމަށް އދ. އިން އިންޑިއާ ސަރުކާރަށް ގޮވާލައިފިއެވެ. "ކޮކްރޯޗް ޖަންތާ ޕާޓީ" އިން އިސްވެ ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން އާންމުންނާއި ނޫސްވެރިން ހިމެނޭހެން އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައިވާތީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވަނީ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިޔާދް އެއާޕޯޓުގައި ބާރުގަދަ ގޮވުމެއް، ގިނަ ފްލައިޓްތައް ކެންސަލް

ސައުދީ އަރަބިއްޔާގެ ރިޔާދް އެއާޕޯޓުގައި ހިނގި ބާރުގަދަ ގޮވުމަކާ ގުޅިގެން ގިނަ ބަޔަކު ޒަޚަމްވެ، އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި ހާދިސާއާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ގިނަ އެއާލައިންތަކަކުން ރިޔާދަށް ކުރަން ހަމަޖެހިފައިވާ ފްލައިޓްތައް ކެންސަލްކޮށް، އެއާޕޯޓުގެ ބައެއް ސަރަހައްދުތައް ވަނީ ހުސްކޮށްފައެވެ.

މި އަހަރު ވެސް ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕްގެ ނުރުހުން

މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ނަވީ ޕިއްލޭއަށް ދިނުމަށް ނިންމި ނިންމުމަކީ "ލަދުވެތި" ނިންމުމެއް ކަމަށް ސިފަކުރައްވައި، އެ އިނާމު ލިބިވަޑައިނުގެންނެވުމުން ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ނޯބެލް ކޮމިޓީން މި އިނާމު ޕިއްލޭއަށް ދިނީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ކުރިއެރުވުމަށާއި އިންސާފު ހޯދައިދިނުމަށް އޭނާ ކުރެއްވި މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

Newsletter

Get the latest news delivered straight to your inbox