ފަސޫހާ، 1500 މީޓަރު ގައުމީ ރެކޯޑް މުގުރާލައިފި

Dec 23, 2023, 6:01 AM
ގައުމީ މުބާރާތުގެ އިވެންޓެއްގައި ފަސޫހާ ދުވަނީ: އޭނާ ވަނީ އަންހެނުންގެ 1500 މީޓަރުގެ ގައުމީ ރެކޯޑް މުގުރާލައިފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގައުމީ މުބާރާތުގެ އިވެންޓެއްގައި ފަސޫހާ ދުވަނީ: އޭނާ ވަނީ އަންހެނުންގެ 1500 މީޓަރުގެ ގައުމީ ރެކޯޑް މުގުރާލައިފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ނެޝަނަލް ގްރޯން ޕްރީ 2023 ގައި ވާދަކޮށް، ހުނަރުވެރި ދުވުންތެރިޔާ، ފަސޫހާ އަހުމަދު، ރާއްޖޭގެ އަންހެނުންގެ 1500 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަސޫހާ އިއްޔެ ގްރޯން ޕްރީގެ 1500 މީޓަރު ރޭސް ނިންމައި، ގައުމީ ރެކޯޑް ހެދީ، 5 މިނިޓް، 04.02 އިންނެވެ. މި ރެކޯޑް ކުރިން އޮތީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝަތު ޖާއިޝާ ޖުނީޒް އަތުގަ އެވެ. ނެޝަނަލް ގްރޯން ޕްރީ، 2021 ގައި ޖާއިޝާ ރެކޯޑް ހެދީ، 5 މިނިޓް، 05.36 އިން ރޭސް ނިންމައިގެންނެވެ.

ފަސޫހާ ވަނީ މި އަހަރުގެ ހަަތަރު މަސް ތެރޭ، ތިން ފަހަރަށް ރާއްޖޭގެ އަންހެނުންގެ 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.

މާލޭ އެކުވެނި ސިންތެޓިކް ޓްރެކުގައި މި ހަފްތާ ބަންދުގައި ކުރިއަށްދާ ނެޝަނަލް ގްރޯން ޕްރީގެ މި ފަހަރުގެ އަންހެނުންގެ 1500 މީޓަރު ރޭހުގައި، ފަސޫހާ ފަހަތުން، ދެ ވަނަ އަށް ދިޔައީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އައިޝަތު ބިންތި އަހުމަދު އެވެ. އޭނާގެ ޓައިމިން އަކީ، 5 މިނިޓް، 38.99 އެވެ.

ގްރޯން ޕްރީގެ 100 މީޓަރު ދުވުމުގެ އިވެންޓް ނިންމާލުމަށް ފަހު، ސާއިދު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ ޔަޝައު

ގްރޯން ޕްރީގެ ފިރިހެނުންގެ 100 މީޓަރު ދުވުމުން އެއް ވަނަ ހޯދީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު އެވެ. ސާއިދުގެ ޓައިިމިން އަކީ، 10.73 ސިކުންތެވެ. ދެ ވަނަ އަށް ދިޔަ، ސާއިދު ސްޕޯޓްސްގެ އަހުމަދު ނަޖުދާން އަބްދުﷲ ރޭސް ނިންމީ 11.03 ސިކުންތުންނެވެ. ރައުހަތު ސްޕޯޓްސްގެ އިބްރާހިމް ނާހިލް ނިޒާރު ތިން ވަނަ ހޯދީ، 11.18 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އަންހެނުންގެ 100 މީޓަރު ދުވުމުން، ޝަރީފް ސްޕޯޓްސްގެ އަހްނާ ނިޒާރު އެއް ވަނަ ހޯދިއިރު، ޓައިމިން އަކީ، 12.69 ސިކުންތެވެ. ދެ ވަނަ އަށް ދިޔަ، އައްޑޫ ހައި ސްކޫލްގެ އައިމިނަތު ޒަފާ ޒައިންގެ ޓައިމިން އަކީ 12.92 ސިކުންތެވެ. އަދި ތިން ވަނަ އަށް ދިޔަ، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ،އައިޝަތު ޝަބާ ސަލީމް ރޭސް ނިންމީ، 13.04 ސިކުންތުންނެވެ.

ފިރިހެނުންގެ ލޯންގް ޖަމްޕުން އެއް ވަނަ ހޯދީ، ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ ނުޖޫމް ހަސަން އެވެ. އޭނާ ވަނީ 6.52 މީޓަރު ދުރަށް ފުންމައިފަ އެވެ. ދެ ވަނަ އަށް ދިޔަ، ނަސީރު ސްޕޯޓްސްގެ އިބްރާހިމް ރާއިޝް އަބްދުލް އަޒީޒް ވަނީ 6.28 މީޓަރު ދުރަށް ފުންމައިފަ އެވެ.

ފިރިހެނުންގެ 1500 މީޓަރު ދުވުމުގައި، 4 މިނިޓް، 09.99 އިން ރޭސް ނިންމައިގެން އެއް ވަނަ ހޯދީ ހުސެއިން ފަޒީލް ހާރޫން އެވެ. ދެ ވަނަ އަށް ދިޔަ، އައިލެންޑް ރަނާސް މޯލްޑިވްސްގެ ޔޫސުފް އިބްރާހިމް ރޭސް ނިންމީ 4 މިނިޓް، 14.82 ސިކުންތުންނެވެ. މި އިވެންޓްގެ ތިން ވަނައިގައި ދުވި، ނަސީރު ސްޕޯޓްސްގެ، އަބްސަލް އަބްދުﷲ އާދަމް ވަނީ، މި ބައިގެ ގައުމީ ޖޫނިއާ ރެކޯޑް ހަދައިފަ އެވެ. އޭނާ ރޭސް ނިންމީ، 4 މިނިޓް، 28.26 ސިކުންތުންނެވެ. މި ރެކޯޑް ކުރިން އޮތީ 2011 ވަނަ އަހަރު ވޯލްޑް ޔޫތު ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގައި ހިމެނިގެން ދުވި، އަޒްހަމް ވަހީދު އަތުގަ އެވެ. އޭނާ އެ ފަހަރު ރޭސް ނިންމީ، 4 މިނިޓް، 29.12 ސިކުންތުންނެވެ.

ފިރިހެނުންގެ 400 މީޓަރު ބައިން އެއް ވަނަ ހޯދީ ސާއިދު ސްޕޯޓްސްގެ އާދަމް ރިއްފަތު އެވެ. އެއީ، 51.81 ސިކުންތުން ރޭސް ނިންމައިގެންނެވެ. ވިލާ އިންޓަނޭޝަނަލް ސްކޫލްގެ ހުސެއިން ޒީކް ސުއާދު، ދެ ވަނަ ހޯދީ، 52.41 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަދި ތިން ވަނަ ހޯދި، ސާއިދު ސްޕޯޓްސްގެ ޔޫސުފް އާއިޝް ހަސަންގެ ޓައިމިން އަކީ 53.11 ސިކުންތެވެ.

އަންހެނުންގެ 400 މީޓަރު ރޭހުން، ދާންދޫ ސްކޫލްގެ އައިމިނަތު ލަޔާނާ މުހައްމަދު އެއް ވަނަ ހޯދީ، އެއް މިނިޓް، 01.22 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ، ކްލަބް ރާވެރިޔާ، ނައާދު އައްސަދު ވަޖްދީގެ ޓައިމިން އަކީ އެއް މިނިޓް، 01.48 ސިކުންތެވެ. އަދި ނަސީރު ސްޕޯޓްސްގެ އައިމިނަތު ޒީވާ އާމިރު، ތިން ވަނަ ހޯދީ އެއް މިނިޓް، 05.23 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox