ގްރޯން ޕްރީގައި ފަޒީލް ހާއްސަ، ބޮޑު އުންމީދަށް ދުލެއް ނެތް

Nov 14, 2022, 4:48 AM
ގްރޭންޑް ޕްރިކްސްގެ އިވެންޓެއް ނިންމުމަށް ފަހު ފަޒީލް އުފާފާޅުކުރަނީ.--ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގްރޭންޑް ޕްރިކްސްގެ އިވެންޓެއް ނިންމުމަށް ފަހު ފަޒީލް އުފާފާޅުކުރަނީ.--ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިދިޔަ ހަފްތާ ބަންދުގައި، ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ގައުމީ ހަތަރު ވަނަ ގްރޯން ޕްރީ ނިމިގެންދިޔައިރު، މި ފަހަރުގެ ފިރިހެން މޮޅު އެތުލީޓުގެ މަގާމު ލިބިފައިވަނީީ ހުސެން ފަޒީލް ހާރޫން (ފްލޭޝް) އަށް، މިއީ ފަޒީލް ގްރޯން ޕްރީގެ މޮޅު އެތުލީޓުގެ މަގާމު ހޯދި ތިން ވަނަ ފަހަރެވެ.

ފަޒީލް މި ފަހަރު ވެސް މުބާރާތުގެ މޮޅު އެތުލީޓަކަށް ވުމުގެ އެންމެ ބޮޑު ސަބަބަކީ އޭނާ މުގުރާލި ގައުމީ ރެކޯޑް އެވެ.

ދިވެހި ސިފައިންގެ ކްލަބްގެ ފަޒީލް، އެއް ވަނަ އެތުލީޓްގެ މަގާމު ހޯދީ 800، 1500، 3000 މީޓަރުން ރަން މެޑަލް ހޯދިއިރު، 1500 މީޓަރު ދުވުމުގެ މީޓް ރެކޯޑާއި 3000 މީޓަރު ދުވުމުން ގައުމީ ރެކޯޑް ހަދައިގެންނެވެ.

ދެ ރެކޯޑް ހެދުމަކީ ފަޒީލަށް މޮޅު އެތުލީޓް ލިބުނު އެންމެ ބޮޑު ސަބަބެވެ. ފަޒީލް، ގައުމީ ރެކޯޑް ހެދި 3000 މީޓަރު ރޭސް ނިންމީ، 9 މިނިޓް 02.57 ސިކުންތުންނެވެ. މީގެ ކުރިން އެ ރެކޯޑް ހަދާފައި އޮތީ، 9 މިނިޓް، 11.44 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެންމެ ފަހުން، ދެ ފަހަރު ވެސް މި ރެކޯޑް މުގުރާލީ ފަޒީލް އެވެ.

"ގްރޯން ޕްރީ އަކީ އަބަދުވެސް އަޅުގަނޑަށް ވަރަށް ކާމިޔާބު މުބާރާތެއް. ގްރޯން ޕްރީއެއްގައި އަޅުގަނޑު ރާއްޖޭގައި ހުރެގެން ދުވާ ފަހަރެއް ވިއްޔާ، ނެޝަނަލް ރެކޯޑަކާ އެކު ބެސްޓް އެތުލީޓު ނަގާ މުބާރާތެއް. ވަރަށް ރަނގަޅަށް މި ދިޔައީ (މި ފަހަރުގެ މުބާރާތް ވެސް) ވަރަށް ހިތްހަމަޖެހޭ،" ގްރޯން ޕްރީ ނިންމުމުގެ ރަސްމިއްޔާތަށް ފަހު ފަޒީލް ބުންޏެވެ.

ފަޒީލް ބުނީ ނަސީރު ސްޕޯޓްސް އެކެޑަމީއާ ގުޅިގެން، ކުރީގެ ކާމިޔާބު ދުވުންތެރިޔާ، ނަސީރު އިސްމާއިލްގެ އިރުޝާދުގެ ދަށުން މިވީ 10 މަސް ދުވަސް ތެރޭ ހޯދުނު ކުރިއެރުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

އެކަމަކު، މި ފަހަރު 3000 މީޓަރު ދުވުމުގެ ޓައިމިން އަށް ބަލާއިރު، ޓާގެޓަށް ނުދެވުނަސް ފަޒީލް ހުރީ ކުރިއަށް މާ ބޮޑު އުންމީދުތަކެއް ހާސިލްކުރަން ވިސްނައިގެންނެވެ.

ފަޒީލް، ގްރޯން ޕްރީގައި ރޭހެއް ނިންމުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/އަަދަދު

"އަސްލު ޓާގެޓް ކުރީ 8:59، ޓްރެއިނިންގައި އެބަ ދުވަން 9:02 އިން މުބާރާތުގެ 3000 މީޓަރަށް އެރިއިރު، ޓާގެޓަކީ 8:59 ބްރޭކްކުރުން، ކަން ދިމާކުރި ގޮތުން މި ދުވުނީ 9:02 އިން ޓްރެއިނިންގައި ވެސް ދުވާ ޓައިމްގައި، ހޫނުވުމާ އެކު، ދެން އަނެއްހެން ކުޑަކޮށް ފިނިނަމަ އެ އަށް ވުރެ ވެސް ރަނގަޅުވީސް، އެއް ލެޕް ތަންކޮޅެއް ލަސްކޮށް މިދިޔައީ،" ފަޒީލް ބުންޏެވެ.

ރާއްޖޭގައި މި ވަގުތު އެންމެ ހަލުވި ދުވެއްޔެއްގައި ކުރިއެރުން ހޯދަމުން އަންނަ މިޑްލް ޑިސްޓެންސް ދުވުންތެރިޔާ، ފަޒީލްގެ އަދިވެސް އޮތީ އެންމެ ހާއްސަ ޓާގެޓެކެވެ. އެ އަމާޒަށް ވާސިލްވާން ނަސީރު ކޯޗާ އެކު އޭނާ ކުރާ މަސައްކަތުގައި ބޮޑު ވިސްނުން އަދިވެސް ބަދަލެއް ނުވެ އެވެ.

"އަބަދުވެސް އަޅުގަނޑު ރަނިން ކެރިއަރުގައި ބޭނުންވާ އެންމެ ކަމެއް މި އިންނަނީ، އެއީ އިންޓަނޭޝަނަލް ކެރިއަރުގައި ރަން މެޑަލެއް، އޭގެ މާނަ އަކީ އައިއޯއައިޖީ، ސައުތު އޭޝިއަން ގޭމްސްގައި ކަހަލަ މުބާރާތަކުން މި ބޭނުންވަނީ އަޅުގަނޑު މި ދުވާ މިޑްލް ޑިސްޓެންސް މުބާރާތަކުން ގޯލްޑް މެޑަލެއް،" ފަޒީލް ބުންޏެވެ.

"ނުވާ ވަރު ކަމެއް ނޫން ރަނގަޅު ޓްރެއިނިން ލިބިއްޖިއްޔާ އަޅުގަނޑު، އިރާދަކުރެއްވިއްޔާ، މިޑްލް ޑިސްޓެންސް އިން ރާއްޖެ އަށް މެޑަލް ގެނެސްދޭނަން. މިދާ ވަރުން ދަންޏާ އަދި މެޑަލް އެޅޭނެ ދެ އަހަރު ވިޔަސް އެ އަށް ވުރެ ގިނަ ދުވަހުން ވިޔަސް،"

ފަޒީލް ބުނީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް އޭނާ ގިނަ އަދަދެއްގެ ކޯޗުންނާ އެކު މަސައްކަތް ކޮށްފައިވާއިރު، "މޯޓިވޭޓް ކުރުމާއި ޓްރެއިނިން ގެންދާ ގޮތް" އެންމެ ރަނގަޅު އެއް ކޯޗަކީ ނަސީރު ކަމަށެވެ.

އަޅުގަނޑަކީ އަބަދުވެސް އެތުލީޓުންގެ ބައިވެރިއެއް: ނަސީރު

ފަޒީލަށް ކޯޗުކޮށްދޭން ފެށިތާ ވީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހޯދުނު ކުރިއެރުން ނަސީރު ވެސް ފާހަަގަކުރެ އެވެ.

ގައުމީ ގްރޯން ޕްރީގެ ތެރެއިން ކޯޗު ނަސީރު (ކ) އާއި ފަޒީލް ސަލާމްކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ނަސީރު ބުނީ އޭނާ އަކީ ވެސް ކުރިން އެތުލީޓެއް ކަމަށާއި މިހާރު ކޯޗެއްގެ ގޮތުގައި ވަރަށް ބައިވަރު ދުވަސް ހޭދަކޮށްފައިވާއިރު، އެ ކަމުގައި އެންމެ އެދެވޭ މަސައްކަތެއް ކުރެވެނީ ދުވުމުގެ ތެރެއިން ވެސް ގިނަ ތަޖުރިބާތަކެއް ލިބިފައި ހުރުމުން ކަމަށެވެ.

"އެހެންވެ މި ކުދިންނަށް ބުނެދެން ފަސޭހަވަނީ،" ނަސީރު ބުންޏެވެ.

"އަޅުގަނޑަކީ ވަރަށް ސްޓަޑީ (ދިރާސާކޮށް ދަސްކުރާ) ކުރާ މީހެއް، ކުދިންގެ ޓްރެއިނިން އާއި ޑިވެލޮޕްމަންޓާ މި ކަހަލަ ހުރިހާ ކަމަކަށް. މި ކުދިންނާ މެދު ވަރަށް ވިސްނާ މީހެއް. މިއަދު ޓްރެއިނިން ދީފައި ގޮސް ގޭގައި އޮންނަނީކީ އެއް ނޫން، އަނެއް ދުވަހު އަންނަން. އަޅުގަނޑު ވަރަށް ކުދިންނާ މެދު ވިސްނަން. މިއީ ކޯޗެއް ވެއްޖިއްޔާ ވަރަށް ވިސްނަން ޖެހޭ ކަމެއް،"

ނަސީރު ބުނީ ފަޒީލް އޭނާގެ ކެރިއަރުގެ އެންމެ ރަނގަޅު ދުވަސްވަރުގައި މޮރޮކޯގައި ދުނިޔޭގެ ނިސްބަތުން ބެލިޔަސް ރަނގަޅު ޓްރެއިނިންއެއް ހަދައިގެން އައިސް ހެދީ 3000 މީޓަރުގެ ގައުމީ ރެކޯޑް ކަމަށެވެ. އަދި މިހާރު ވެސް އޭނާ އެ ޓައިމިން ރަނގަޅު ކުރިއެރުމެއް ހޯދަމުން އަންނަކަން ނަސީރު ފާހަގަކުރި އެވެ.

"ފަޒީލް ވަރަށް ޔަންގް އޭޖްގައި މޮރޮކޯގައި 10 މަސް ޓްރެއިނިން ހެދީ، މޮރޮކޯ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޓްރެއިނިން ކޭމްޕް ހުންނަތަން، 10 މަސް ވަންދެން ޓްރެއިނިން ހަދާފައި މި ތަނުގައި އޭނަ މި ޓްރެކުގައި 3000 މީޓަރު ދުވުމުގެ ރެކޯޑް ހެދީ 9 މިނިޓް 11 ސިކުންތުން،" ފަޒީލްގެ ކެރިއަރުގެ އެކި ކަންކަމަށް އިޝާރާތް ކުރަމުން ނަސީރު ބުންޏެވެ.

"އަޅުގަނޑު ކައިރީގައި އުޅޭތާ މިހާރު 10 މަސް ދުވަހުގެ ތެރޭގައި އޭނާ އެ ރެކޯޑް މުގުރާލީ، މާނަ އަކީ އަޅުގަނޑުގެ ޕްލޭން ވެސް ރަނގަޅީއޭ، މާނަ އަކީ ރާއްޖޭން ބޭރަށް ދިއުމެއް ނޫނޭ މުހިންމީ ރަނގަޅު ޕްލޭނެއް ރަނގަޅު ޕްރޮގްރާމެއް އޮތުމޭ މުހިންމީ،"

ނަސީރު ސްޕޯޓްސް އެކެޑަމީގައި އެކި ލެވަލްގެ އެތުލީޓުން ތައްޔާރުކުރާއިރު ވެސް ވިސްނުން ހުންނަނީ އަބަދުވެސް ރާއްޖެ އަށް ރީތި ނަން ހޯދައިދެވޭނެ ގޮތްތަކަށް އެތުލީޓުން ތައްޔާރުކުރުމަށް ކަމަށް ނަސީރު ވަނީ ބުނެފަ އެވެ.

ނަސީރުގެ ކޯޗިން ވައްޓަފާޅި އެ މިސްރާބުން ކުރިއަށްދާއިރު، އެތުލީޓުންނަށް ދޭ މެސެޖަކީ "ރާއްޖޭގައި މެޑަލް ހޯދުމަށް ވުރެ ބުނެދެނީ ޓައިމިން ރަނގަޅު ކުރުމަށް" ކަމަށެވެ. އެއީ ޓައިމިން ރަނގަޅުވާއިރު، މެޑަލް އިންނާނީ "ޔަގީނުން ވެސް ލިބިފައި" ކަމަށްވާތީ ކަމަށް ނަސީރު ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox