ގްރޯން ޕްރީގެ މޮޅު އެތުލީޓުންގެ މަގާމު ފަޒީލް އާއި ފަސޫހާ އަށް

Dec 23, 2023, 3:47 PM
ފަޒީލް (ވ) އާއި ފަސޫހާ (ކ)، މޮޅު އެތުލީޓުގެ ޓްރޮފީ ހިފައިގެން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަަަދަދު

ފަޒީލް (ވ) އާއި ފަސޫހާ (ކ)، މޮޅު އެތުލީޓުގެ ޓްރޮފީ ހިފައިގެން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަަަދަދު

ހަފްތާ ބަންދުގައި ކުރިއަށްދިޔަ ގައުމީ ގްރޯން ޕްރީ 2023 ގެ މޮޅު އެތުލީޓުގެ މަގާމު ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އާއި ފަސޫހާ އަހުމަދު ހޯދައިފި އެވެ.

ފަޒީލް އާއި ފަސޫހާ އަށް މޮޅު އެތުލީޓުގެ މަގާމު ލިބުމުގެ އެންމެ ބޮޑު ސަބަބަކީ މުބާރާތުގައި ގައުމީ ރެކޯޑް މުގުރާލާފައިވުމެވެ.

އެ ގޮތުން، ފަސޫހާ ވަނީ، އިއްޔެ، އަންހެނުންގެ 1500 މީޓަރު ދުވުމުން ގައުމީ ރެކޯޑް ހަދައިފަ އެވެ. އަދި ފަޒީލް ވަނީ މިއަދު، ފިރިހެނުންގެ 3000 މީޓަރު ރޭހުން ގައުމީ ރެކޯޑް މުގުރާލައިފަ އެވެ. ފަޒީލް، މިދިޔަ އަހަރުގެ ގްރޯން ޕްރީގެ މޮޅު އެތުލީޓުގެ މަގާމު ހޯދީ ވެސް ގައުމީ ރެކޯޑަކާ އެކު އެވެ.

މިއީ ފަޒީލް، ގްރޯން ޕްރީގެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނު ހަތަރު ވަނަ ފަހަރު އެވެ. އެ ގޮތުން، 2018 އާއި 2019 ވަަނަ އަހަރުގެ ގްރޯން ޕްރީގެ އެއް ވަނަ ފިރިހެން އެތުލީޓަކަށް ހޮވުނު ފަޒީލް، 2021 ވަނަ އަހަރުގެ މުބާރާތުގައި ވާދަނުކުރެ އެވެ.

އެކަމަކު، މުބާރާތަށް އެނބުރި އައިސް، މިދިޔަ އަހަރު ފަޒީލް ވަނީ އަނެއްކާ ވެސް ގްރޯން ޕްރީގައި އޭނާގެ މަގާމު ދިފާއުކޮށްފަ އެވެ. އަދި މި ފަހަރު ވެސް ރެކޯޑަކާ އެކު، މޮޅު ފިރިހެން އެތުލީޓުގެ ޓްރޮފީ ހޯދީ އެވެ.

މިއަދު ކުރިއަށްދިޔަ 3000 މީޓަރު ރޭސް ނިންމުމަށް ފަހު ފަޒީލް އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަަދަދު

އިއްޔެ، ފިރިހެނުންގެ 1500 މީޓަރު ދުވުމުގައި ފަޒީލް އެއް ވަނަ ހޯދީ 4 މިނިޓް، 09.99 އިން ރޭސް ނިންމައިގެންނެވެ.

ފަޒީލް، މިއަދު، ފިރިހެނުންގެ 3000 މީޓަރު ދުވުމުން ގައުމީ ރެކޯޑް މުގުރާލީ 8 މިނިޓް 55.87 ސިކުންތުންނެވެ. އެ އިވެންޓުން ދެ ވަނަ އަށް ދިޔަ، އައިލެންޑް ރަނާސް މޯލްޑިވްސްގެ ޔޫސުފް އިބްރާހިމް ރޭސް ނިންމީ، 9 މިނިޓް 07.42 ސިކުންތުންނެވެ. ތިން ވަނަ ހޯދި ދިވެހި ސިފައިންގެ ކްލަބްގެ ޝިފާޒް މުހައްމަދުގެ ޓައިމިން އަކީ 9 މިނިޓް 28.92 ސިކުންތުންނެވެ.

ފަޒީލް ފަހަތުން ދެ ވަނަ ހޯދީ 100 މީޓަރާއި 200 މީޓަރު ދުވުމުން އެއް ވަނަ ހޯދި ހަސަން ސާއިދު އެވެ.

އިއްޔެ، ފިރިހެނުންގެ 100 މީޓަރު ދުވުމުން ސާއިދު އެއް ވަނަ ހޯދި ޓައިިމިން އަކީ، 10.73 ސިކުންތެވެ. މިއަދު، 200 މީޓަރު ދުވުމުގެ ރޭހުގައި ސާއިދު އިވެންޓް ނިންމީ 22.04 ސިކުންތުންނެވެ.

މިއަދު ކުރިއަށްދިޔަ 200 މީޓަރު ދުވުމުގެ އިވެންޓްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަސޫހާ، މިއަދު، 800 މީޓަރު ދުވުމުން އެއް ވަނަ ހޯދީ 2 މިނިޓް 19.73 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔައީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒީކް އަޝްރަފް ރަޝިދު އެވެ. އޭނާގެ ޓައިމިން އަކީ 2 މިނިޓް 37.17 ސިކުންތުންނެވެ.

ދެ ވަނަ އަންހެން އެތުލީޓަކަށް ހޮވުނީ ޝަރީފް ސްޕޯޓްސްގެ އަހުނާ ނިޒާރު އެވެ. އޭނާ ވަނީ އަންހެނުންގެ 100 މީޓަރާއި 200 މީޓަރު ރޭސް ކާމިޔާބުކޮށްފަ އެވެ. އިއްޔެ ބޭއްވި، އަންހެނުންގެ 100 މީޓަރު ދުވުމުން، އަހްނާ، އެއް ވަނަ ހޯދިއިރު، ޓައިމިން އަކީ، 12.69 ސިކުންތެވެ.

މިއަދު ކުރިއަށްދިޔަ 200 މީޓަރު ދުވުމުން، އަހްނާ އެއް ވަނަ ހޯދީ 26.81 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓުން ދެ ވަނަ ހޯދި ދާންދޫ ސްކޫލްގެ އައިމިނަތު ލަޔާނާ މުހައްމަދުގެ ޓައިމިން އަކީ 27.38 ސިކުންތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox