ގައުމީ ރެކޯޑާ އެކު ގްރޯން ޕްރީގެ މޮޅު އެތުލީޓުންގެ މަގާމު ފަޒީލް އާއި ރޫޔާ އަށް

Nov 12, 2022, 2:13 PM
ނެޝަނަލް ގްރޯން ޕްރީގެ މޮޅު އެތުލީޓުގެ މަގާމު ހޯދި ރޫޔާ (ކ) އާއި ފަޒީލް.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ނެޝަނަލް ގްރޯން ޕްރީގެ މޮޅު އެތުލީޓުގެ މަގާމު ހޯދި ރޫޔާ (ކ) އާއި ފަޒީލް.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ހަތަރު ވަނަ ގައުމީ ގްރޯން ޕްރީގެ އެއް ވަނަ އެތުލީޓުންގެ މަގާމު މި ފަހަރުގެ މުބާރާތުގައި ގައުމީ ރެކޯޑެއް މުގުރާލި ދެ ދުވުންތެރިން ކަމަށްވާ، ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އާއި މަރިޔަމް ރޫޔާ އަލީ ހޯދައިފި އެވެ.

މިދިޔަ އަހަރުގެ ގްރޯން ޕްރީގެ މޮޅު އެތުލީޓަކަށް ހޮވުނު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު އާއި ދިގު ދުވުމުން ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އައިމިނަތު ޖާއިޝާ ޖުނީޒް ދިޔައީ ދެ ވަނަ އެވެ.

އިއްޔެ އާއި މިއަދު ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށްދިޔަ ގްރޯން ޕްރީގައި އަނިޔާގައި ހުރެ ދުވުނު ސާއިދު ވަނީ 100 މީޓަރާއި 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. އެކަމަކު، ފަޒީލް އެއް ވަނަ އެތުލީޓްގެ މަގާމު ހޯދީ 800، 1500، 3000 މީޓަރުން ރަން މެޑަލް ހޯދިއިރު، 1500 މީޓަރު ދުވުމުގެ މީޓް ރެކޯޑާއި 3000 މީޓަރު ދުވުމުން ގައުމީ ރެކޯޑް ހަދައިގެންނެވެ.

ދެ ރެކޯޑް ހެދުމަކީ ފަޒީލަށް މޮޅު އެތުލީޓް ލިބުނު އެންމެ ބޮޑު ސަބަބެވެ. ފަޒީލް، ގައުމީ ރެކޯޑް ހެދި 3000 މީޓަރު ރޭސް ނިންމީ، 9 މިނިޓް 02.57 ސިކުންތުންނެވެ. މީގެ ކުރިން އެ ރެކޯޑް ހަދާފައި އޮތީ، 9 މިނިޓް، 11.44 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެންމެ ފަހުން، ދެ ފަހަރު ވެސް މި ރެކޯޑް މުގުރާލީ ފަޒީލް އެވެ.

ފަޒީލް ބުނީ، ކޯޗު ނަސީރު ސްޕޯޓްސްއާ ގުޅި، ކުރީގެ އެއް ވަަނަ ދުވުންތެރިޔާ ނަސީރު އިސްމާއިލްގެ އިރުޝާދުގެ ދަށުން ޓްރެއިނިންތައް ކުރިއަށްގެންދަން ފެށިފަހުން ކުރިއެރުންތައް ފެންނަ ކަމަށެވެ. އަދި މި މުބާރާތަށް އައިއިރު ވެސް ވަރަށް ކޮންފިޑެންސާ އެކު އިވެންޓްތައް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ފަޒީލް ވަނީ ބުނެފަ އެވެ.

"ނަސީރު ސްޕޯޓްސްއާ ޖޮއިން ކުރިތާ އަދި އެހާ ގިނަ ދުވަހެއް ވެސް ނުވޭ، އެކަމަކު، ބޭނުންވާ ޓާގެޓްތައް ކަނޑައަޅައިގެން ކުރިއަށް މި ދަނީ، ދެން އެހެންވެ، ވަރަށް އެސްޕެކްޓް ކުރިން ރަނގަޅު މުބާރާތަކަށް ވާނެ ކަމަށް،" ފަޒީލް ބުންޏެވެ.

އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ރޫޔާ ވަނީ ދާދި ފަހުން، ކުވޭތުގައި ކުރިއަށްދިޔަ އޭޝިއާގެ ޔޫތު މުބާރާތާއި ދާދި ފަހުން ގދ. ތިނަދޫގައި ބޭއްވި މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕްގައި ވާދަކޮށްފަ އެވެ. މި ފަހަރު ގްރޯން ޕްރީގެ އެއް ވަނަ އެތުލީޓުގެ މަގާމު ރޫޔާ ހޯދީ އަންހެނުންގެ 100 މީޓަރު ދުވުމާއި ލޯންގް ޖަމްޕުން ރަން މެޑަލް ހޯދުމުގެ އިތުރުން، ލޯންގް ޖަމްޕް އިވެންޓުން ގައުމީ ރެކޯޑް މުގުރާލާފައިވާތީ އެވެ.

ރޫޔާ، ލޯންގް ޖަމްޕުން ގައުމީ ރެކޯޑް މުގުރާލީ، 5.19 މީޓަރު ދުރަށް ފުންމައިގެންނެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ، 2019 ވަނަ އަހަރު، 4.99 މީޓަރު ދުރަށް ފުއްމައިގެން ރެކޯޑް ހެދި ނޫރާ އަބްދުލް ހަމީދު އަތުގަ އެވެ.

ނޫރާގެ އެ ރެކޯޑަށް ވުރެން، ދުރަށް މިއަދުގެ ލޯންގް ޖަމްޕް އިވެންޓްގެ ދެ ވަނަ އަށް ދިޔަ، އައިޝަތު ޝައިމް އަޒީޒް އާއި ތިން ވަނަ ހޯދި އަހުނާ ނިޒާރު ވެސް ފުންމި އެވެ. ޝައިމް، 5.12 މީޓަރު ދުރަށް ފުންމިއިރު، އަހުނާ ވަނީ 5.07 މީޓަރު ދުރަށް ފުންމައިފަ އެވެ.

މި އަހަރުގެ ގައުމީ މުބާރާތުގެ މޮޅު އެތުލީޓަކަށް ހޮވުނު ޖާއިޝާ ވަނީ އަންހެނުންގެ 1500 މީޓަރާއި 800 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. އަންހެނުންގެ 3000 މީޓަރުގެ ދުވުން ކާމިޔާބުކުރީ އައިލެންޑް ރަނާސްގެ އައިޝަތު ރާނިޔާ އެވެ.

މިއީ އެންމެ ފަހުން ބޭއްވި މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕްގެ އަންހެން އެއް ވަނަ އެތުލީޓު، އަހުނާ އަށް ރަނގަޅު މުބާރާތެކެވެ. ސަތޭކަ މީޓަރު ދުވުމުން ރިހި މެޑަލް ހޯދިއިރު، 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދި އެވެ. އަދި ލޯންގް ޖަމްޕުން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

އަންހެނުންގެ 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ހައްވާ މުޒްނާ ފާއިޒު، ވަނީ 200 މީޓަރުން ރިހި މެޑަލް އަދި 100 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިފަ އެވެ.

ފިރިހެނުންގެ ލޯންގް ޖަމްޕް އިވެންޓުން ރަން މެޑަލް ހޯދި އިބްރާހިމް ނާހިލް ނިޒާރު، އަނިޔާވުމުން މިއަދުގެ 200 މީޓަރު އިވެންޓްގައި ބައިވެރިނުވެ އެވެ. އަދި އިއްޔެ ބޭއްވި ފިރިހެނުންގެ 100 މީޓަރު ދުވުމުން އޭނާ ދިޔައީ ހަތަރު ވަނަ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox