ގާޒާއިން ޝަހީދުވި މީހުންގެ އަދަދު 20،000 އިން މައްޗަށް

ގާޒާއިން ޝަހީދުވި މީހުންގެ އަދަދު 20،000 އިން މައްޗަށް

ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުން ފާއިތުވި 75 ދުވަހުގެ ތެރޭގައި ދިން ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނީންގެ އަދަދު 20،000 އިން މައްޗަށް ހިނގައްޖެ އެވެ.

ގާޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި 8000 ކުޑަކުދިންނާއި 6200 އަންހެނުން ހިމެނޭ ކަމަށެވެ. އަދި އޭގެތެރޭގައި 97 ނޫސްވެރިންނާއި 310 ސިއްހީ ހިދުމަތްތެރިން ވެސް ހިމެނޭ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

އެ އަދަދަކީ އިޒްރޭލުގެ ހަމަލާތަކުގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ އަޑީގައި ވަޅުލެވިފައި ތިބި މީހުންނާއި ހޮސްޕިޓަލުތަކަށް ރިކޯޑު ނުކުރެވޭ މަރުތައް ނުހިމަނާ ގުނާ އަދަދަކަށް ވާތީ ގާޒާގައި ޝަހީދުވި މީހުންގެ އަސްލު އަދަދު އެއަށްވުރެ ވެސް އެތައް ގުނައެއް އިތުރުވާނެ ކަމަށް އެ ސިޓީގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާ ހަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވެ އެވެ.

Advertisement

ދިގުމިނުގައި 41 ކިލޯމީޓަރު އަދި ފުޅާމިނުގައި 10 ކިލޯމީޓަރު ހުންނަ ގާޒާއަށް ހަނގުރާމަ ފެށުނީއްސުރެ މިމަހުގެ މެދާ ހަމައަށް އިޒްރޭލުން 29،000 ބޮން އަޅާފައިވާ ކަމަށް އެމެރިކާގެ އިންޓެލިޖެންސް އެސެސްމެންޓުތަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފައިވެ އެވެ. އެ ނޫހުން ރިޕޯޓުކޮށްފައި ވަނީ އޭގެތެރެއިން 40-45 އިންސައްތަ ހަމަލާ އިޒްރޭލުން ދީފައި ވަނީ ވަކި ތަނަކަށް އަމާޒު ނުކޮށް ކަމަށެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓުބަރު 7 ވަނަ ދުވަހު ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން އިސްވެ އިޒްރޭލަށް ދިން ކުއްލި ހަމަލާގައި އިޒްރޭލުގެ 1200 މީހުން މަރާލުމާ ގުޅިގެންނެވެ.

އެ ހަމަލާއާ ގުޅިގެން ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި ގާޒާގެ 70 އިންސައްތައަށް ވުރެ ގިނަ އިމާރާތްތައް އެއްކޮށް ސުންނާފަތި ކޮށްލާފައިވެ އެވެ. ހަނގުރާމައިގެ ސަބަބުން 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގާޒާގައި ބައިލައްކައަށްވުރެ ގިނަ ފަލަސްތީނީން ވަނީ މަގުމަތިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox