ރަސްމާލެ މަޝްރޫއު ކުރިއަށް ދަނީ ދައުލަތުގެ ބަޖެޓުން ހަރަދެއް ކުރަން ނުޖެހޭ ގޮތަށް: ރައީސް

ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒާއި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒާއި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ފުށިދިއްގަރުފަޅު ހިއްކައިގެން "ރަސްމާލެ" ގެ ނަމުގައި މުޅިން އާ ސަހަރެއް ބިނާކުރަން ކުރިއަށް ގެންދާ މަޝްރޫއު ކުރިއަށް ގެންދަވަނީ ދައުލަތުގެ ބަޖެޓުން ހަރަދުކުރަން ނުޖެހޭ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ފުށިދިއްގަރު ފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކައިގެން ބޮޑު ސަހަރެއް ބިނާކުރައްވަން ރައީސް ގެންގުޅުއްވާ ޕްލޭނަށް ބަޖެޓްގައި ޖެހި 400 މިލިޔަން ރުފިޔާ، މަޖިލީހުން ވަނީ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކަށް ބަދަލުކޮށްފަ އެވެ. އެހެން ނަމަވެސް ފުށިދިއްގަރުފަޅުގެ މަޝްރޫއު އެ މަނިކުފާނު ވަނީ މި މަހުގެ 18 ވަނަ ދުވަހު ފަށްޓަވައިދެއްވައިފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ ތެރެެއިން އެންމެ ރަނގަޅަށް ހިންގާ ކައުންސިލްތަކަށް ދޭ "ކަންގަތި" އެވޯޑް ދޭން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ތަފާތު އެކި ކަންކޮޅުގައި ވެސް ގެދޮރުވެރިކަމުގެ ބިޔަ އެތައް މަޝްރޫއެއް ހިންގަވާނެ ކަމަށާއި މަގުސަދަކީ ގެދޮރުގެ ދަތިކަމުން އެންމެ އެންމެ ދިވެއްސަކު ވެސް ކަރުނައެއް އަޅަން ނުޖެހޭނެ ޒަމާނެއް ގެނެސްދިނުން ކަމަށެވެ.

"ދެން ތިޔަ ބޭފުޅުން ހުރިހައި ދިވެހި ރައްޔިތުން ވިސްނަވާ! މި ކަންކަން ކުރެވޭނީ ބަޖެޓު ލިބިގެން. ފައިސާ ލިބިގެން. އެކަމަކު މި ފަދަ ފުން ޙައްސާސީ މައްސަލައަކަށް ހިމެނިފައިވާ ބަޖެޓު އޮތްގޮތަށް އުނިކޮށްލުމަކީ ކޮންފަދަ ކަމެއްތޯ؟ އެއީ ދިވެހިރައްޔިތުންނާ އެއްކޮޅަށް ނިންމި ނިންމުމެއްތޯ؟ އެއީ ދިވެހި ގައުމާ އެއްކޮޅަށް ނިންމި ނިންމުމެއްތޯ،" ރައީސް ސުވާލުކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅު އެހިސާބަށް ގެންދަވާފައި ކޮންމެވެސް ސަބަބަކާ ހެދި މެދުކަނޑުއްވައިލެއްވި އެވެ.

އޭގެ ދެވަނަ ފަހަރަށް ވާހަކަފުޅު ކުރިއަށް ގެންދެވި އިރު، ބަޖެޓުން ބައެއް ކަނޑައިލި މައްސަލައަށް އިތުރަށް އަލިއަޅުވައެއް ނުލައްވަ އެވެ. ވިދާޅުވީ "ކޮންމެއަކަސް އެ މަޝްއޫއު ފެށިގެން ކުރިއަށް އެބަދާ" ކަމަށެވެ.

"ކޮންމެއަކަސް، ރަސްމާލެ މަޝްރޫއު ފެށިގެން މިހާރު އެދަނީ ކުރިއަށް. އެ މަޝްރޫއު ކުރިއަށް އެ ދަނީ ދިވެހި ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަށް. އިރާދަކުރެއްވިއްޔާ އެ މަޝްރޫއު އެގޮތުގައި ކުރިއަށް ގެންގޮސް ނިންމައިލާނަން،" ރައީސް ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅުގެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރަން ނުޖެހޭނެ ކަމަށް ވިދާޅުވި ނަމަވެސް އެ މަޝްރޫއަށް ފައިސާ ހޯއްދަވަނީ ކިހިނެތްކަން އެމަނިކުފާނު މިރޭ ވެސް ވިދާޅެއް ނުވެ އެވެ. މިދިޔަ ހޯމަ ދުވަހު އެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވެސް އެމަނިކުފާނު އެ ތަފްސީލެއް ނުދެއްވަ އެވެ.

ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެ ފަޅުން 1153 ހެކްޓަރު ހިއްކަން ނިންމާފައިވާ ކަމަށް މިއަދު ރައީސް އިއުލާނުކުރެއްވި އެވެ. މަޝްރޫއު ކުރިއަށްގެންދަން ނިންމާފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އެ މަޝްރޫއުއިން ތިމާވެއްޓަށް ލިބޭ ގެއްލުން ދެނެގަތުމަށް އެކުލަވާލި އެންވާރަމަންޓަލް އިމްޕެކްޓް އެސެސްމަންޓު (އީއައިއޭ) ރިޕޯޓުން އެނގޭ ގޮތުގައި ހޯމަދުވަހު ހިއްކަން ފެށީ 29 ހެކްޓަރެވެ. އެއީ މަޝްރޫއުގެ ހިއްކަން ކަނޑައަޅާފައިވާ ބިމުގެ އެންމެ 2.9 އިންސައްތަ އެވެ.

މަޝްރޫއުގެ ބާކީ 97.1 އިންސައްތަ ބިން ހިއްކަން ފަށާނެ ތާރީހެއް ސަރުކާރުން ހާމަކޮށްފައި ނުވެ އެވެ. އެ ފިޔަވަހިތަކަށް ވަކިން އީއައިއޭ ހަދާއިރު މިއަދު ފެށި މަޝްރޫއު ނުހުއްޓައި ގޮސް ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭ އެރަށް ހިއްކައި ނިންމާނެ ކަމަށް, އެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވައުދުވެވަޑައިގެންނެވި އެވެ.

ފުރަތަމަ ހިއްކާ 29 ހެކްޓަރު ބޭނުންކުރާނީ މަޝްރޫއުގެ ބޮޑު ފިޔަވަހިތައް ނިންމުމަށް ބޭސްއެއްގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox