އިންޑިއާ އާއި ނޭޕާލުން ވެސް ލޭބަރުން ގެނައުމުގެ ހުއްދަ ދީފި

އިންޑިއާ އާއި ނޭޕާލުން ވެސް ލޭބަރުން ގެނައުމުގެ ހުއްދަ ދީފި

އިންޑިއާ އާއި ނޭޕާލުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން އަލުން ގެނެވޭ ގޮތަށް މިއަދު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ބަންގަލަދޭޝްގެ ލޭބަރުން އަލުން ރާއްޖެ ގެނެވޭ ގޮތް ހަދައި އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނައުން ވަގުތީ ގޮތުން އޮތީ މަޑުޖައްސާލާފަ އެވެ. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އެގޮތަށް ނިންމާފައިވާކަން އިއުލާނުކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ ރާއްޖެއަށް އެހެން ގައުމުތަކުގެ އަންސްކިލްޑް ލޭބަރުން ގެނައުމުގައި ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު މިއަދުން ފެށިގެން އިންޑިއާ އާއި ނޭޕާލުން ރާއްޖެއަށް ލޭބަރުން ގެނެވޭ ގޮތަށް ބޯޑަރު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

Advertisement

"މާނަ އަކީ އިންޑިއާ އާއި ނޭޕާލުން އަންސްކިލްޑް ލޭބަރުން މިއަދުން ފެށިގެން ރާއްޖެއަށް އެތެރެކުރެވޭނެ ގޮތް މިހާރު ވާނީ ހަދާފައި،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މިހާރު ރާއްޖެއަށް ލޭބަރުން ގެނެވޭނީ ބަންގްލަދޭޝް އާއި އިންޑިއާ އަދި ނޭޕާލުން އެކަންޏެވެ.

މިނިސްޓަރު ވިދާޅުވީ މި ތިން ގައުމުގެ އިތުރުން އެހެން ގައުމުތަކުންވެސް ލޭބަރުން ގެނައުމަށް މިނިސްޓްރީން މިހާރު އެސެސްމެންޓްތަކެއް ހަދަމުންދާ ކަމަށެވެ. އަދި އެސެސްމެންޓް ހަދައި ނިމުމުން ކުރިއެކޭ އެއްގޮތަށް ލޭބަރުން ގެނައުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ލޭބަރުން އަލުން ރާއްޖެ ގެނެވޭ ގޮތް ސަރުކާރުން ނިންމާފައި މިވަނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ ބަންގަލަދޭޝް އިން ރާއްޖެއަށް ލޭބަރުން ގެނައުން ސަރުކާރުން މަނާކޮށްފައި އޮންނަތާ ގާތްގަނޑަކަށް ހަތަރު އަހަރު ފަހުންނެވެ.

މިނިސްޓަރު އިހުސާނު ކުރިން ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެންނަން ހުއްދަ ދިނުމުގައި ބަންލަދޭޝަށް އިސްކަން ދިން އެއް ސަބަބަކީ ވިޔަފާރިވެރިންގެ ޝަކުވާ އެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބަށް ކުރެއްވި ކެމްޕެއިނުގައި ބައްދަލުވި އެތައް ބަަޔަކު އެ ޝަކުވާ ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ބަންގްލަދޭޝް މީހުން ގެންނަން ހުއްދަ ދޭން ގާނޫނީ ހުރަހެއް ނެތް ކަމަށާ އެހެން ނަމަވެސް ބަންގްލަދޭޝުން މީހުން ގެންނަން ހުޅުވައިލީ ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށް ވެސް އިހުސާނު ވަނީ ވިދާޅުވެފަ އެވެ.

ގާނޫނު ގައި މިހާރު އޮތް ގޮތުން އެއް ގައުމަކުން ގެނެވޭނީ އެންމެ ގިނަވެގެން އެއް ލައްކަ މީހުންނެވެ. ރާއްޖޭގައި މިހާރު ވެސް އެ އަދަދަށް ވުރެ ގިނައިން ބަންގްލަދޭޝް ރައްޔިތުން ތިބި ކަމަށް އިކޮނޮމިކް މިނިސްޓްރީން އެންމެ ފަހުން އާންމުކުރ ތަފާސްހިސާބުތަކުން ދައްކަ އެވެ. ނަމަވެސް އެ ރިޕޯޓު މިހާރު ޑިލީޓް ކޮށްލާފައިވާއިރު ސަރުކާރުން ބުނަމުންދަނީ ރާއްޖޭގައި ތިބީ 90،000 ބަންގްލަދޭޝް މަސައްކަތްތެރިން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox