ކްރޫޒް ލައިނާތަކުން ފީނެގުމާ ގުޅޭ ގަވާއިދު ބަދަލުކުރަނީ

ކްރޫޒް ލައިނާތަކުން ފީނެގުމާ ގުޅޭ ގަވާއިދު ބަދަލުކުރަނީ

ބޭރުގެ ޓޫރިސްޓު އުޅަނދުތަަކަށް ރާއްޖޭގައި ކްރޫޒިން ޕާމިޓް ދޫކުރާ މުއްދަތާއި އެކަމަށް ދައްކަންޖެހޭ ފީތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް މިދިޔަ ސަރުކާރުން ހެދި އާ ގަވާއިދު ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރާއްޖެއަށް އަންނަ ބޭރުގެ ސަފާރީތަކާއި ޔޮޓް އަދި ކްރޫޒްލައިނާތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާއި ބެހޭ އާ ގަވާއިދެއް އެކުލަވާލައި އާއްމުކުރީ މިދިޔަ އޮކްޓޯބަރު 12 ވަނަ ދުވަހު އެވެ. އާ ގަވާއިދުގައި ސަރުކާރުން ވަނީ ބޭރުގެ ޓޫރިސްޓު އުޅަނދުތަައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮޕަރޭޓުކުރާއިރު ދައްކަންޖެހޭ ފީތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

އާ ގަވާއިދާއި ގުޅިގެން ރާއްޖެ އަންނަ ކްރޫޒް ލައިނާތައް ރާއްޖެ ދޫކޮށް އެހެން ގައުމުތަކަށް ޑައިވާޓު ކުރާތީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު "އެކްސް"ގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރޫޒު ލައިނާ ތަކާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ހަދާފައިވާ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ވަރަށް އަވަހަށް ހައްލު ލިބިގެންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން އެކުލަވާލި އާ ގަވާއިދުގައި ވާގޮތުން 20 މީޓަރަށްވުރެ ކުދި ބޭރުގެ ޓޫރިސްޓު އުޅަނދުފަހަރުތަކަށް އެއްވެސް ފީއަކާ ނުލައި ރާއްޖޭގެ ސަރަހައްދުގައި 90 ދުވަސްވަންދެން ދުއްވައި ބަނދަރުކުރެވޭނެ އެެވެ. އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަންގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނަމަ 90 ދުވަސް ހަމަވުމުން މުއްދަތު އިތުރުކުރާ ކޮންމެ ދުވަހަކަށް 50 ޔޫއެސް ޑޮލަރުގެ ފީއެއް ދައްކާގޮތައް 275 ދުވަހާ ހަމަޔަށް ކްރޫޒިން ޕާމިޓްގެ މުއްދަތު އިތުުރުކުރެވޭނެ އެެވެ.

އެއާ ހިލާފަށް 20 މީޓަރަށްވުރެ ދިގު އުޅަނދުތަކަށް ކްރޫސިން ޕާމިޓް ދޫކުރާނީ 1،000 ޔޫއެސް ޑޮލަރުގެ ފީއެއް ދެއްކުމުންނެވެ. މި ޕާމިޓުގެ މުއްދަތަކީ އިންވާޑް ކްލިއަރެންސް ދޭ ދުވަހުން ފެށިގެން 90 ދުވަހެވެ. މި އުޅަނދުތައް ރާއްޖޭގެ ސަރަހައްދުގައި ދުއްވައ،ި ބަނދަރުކޮށްހަދާ މުއްދަތަށް، ދުވާލަކަށް 100 ޔޫއެސް ޑޮލަރުގެ ފީއެއް ދައްކަންޖެހޭނެ އެވެ.

އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގައި ރަޖިސްޓްރީކޮށްފައިވާ 20 މީޓަރަށްވުރެ ދިގު އުޅަނދެއް ނަމަ ކްރޫޒިން ޕާމިޓް އެއް އަހަރަށް އިތުރުކުރެވިދާނެ އެވެ. ނަމަވެސް އެ ހުއްދަ އެއް އަހަރަށްވުރެ އިތުރުކުރާ ނަމަ 3،500 ޔޫއެސް ޑޮލަރުގެ ފީއެއް ދައްކަންޖެހޭނެ އެވެ.

މި އާ ގަވާއިދާއެކު "ޗާޓަ ލައިސެންސް" ދޫކުރާ އަގުތަކަށް ވެސް ވަނީ ބަދަލުގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox