ކީޕަރު ޗެކް ޕްރޮފެޝަނަލްކޮށް އައިސް ހޮކީ ލީގު ކުޅެނީ

Nov 28, 2023, 5:23 AM
ކީޕަރު ޗެކް ޕްރޮފެޝަނަލްކޮށް އައިސް ހޮކީ ލީގު ކުޅެނީ

ޕެރިސް (ނޮވެމްބަރު 28) - ޗެލްސީ އާއި އާސެނަލަށް ކުރިން ކުޅެފައިވާ މަޝްހޫރު ގޯލްކީޕަރު، ޕީޓަ ޗެކް، މި ހަފްތާގައި ރަސްމީކޮށް ޕްރޮފެޝަނަލް އައިސް ހޮކީ ލީގުގައި ފުރަތަމަ ފަހަރަށް ކުޅެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމާއި ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފައިވާ ޗެކް، 41، މިދިޔަ ހޮނިހިރު ދުވަހު ވަނީ ނެޝަނަލް އައިސް ހޮކީ ލީގުގައި ބެލްފާސްޓް ޖަޔަންޓްސްގެ މެޗުގައި ބަދަލަކަށް ކުޅެން އަރައިފަ އެެވެ.

ޗެކް، އެ މެޗުގައި ކުޅެން އެރިިއިރު ބާކީ 4 މިިނިޓް 43 ސިކުންތު ހުއްޓެވެ. އެ މެޗުން ބެލްފާސްޓް ޖަޔަންޓްސް މޮޅުވީ 5-1 އިންނެވެ.

ފުޓްބޯޅަ ކުޅުމުން 2019 ވަނަ އަހަރު ރިޓަޔާ ކުރުމަށް ފަހު، ޗެކް، އިނގިރޭސި އައިސް ހޮކީ ލީގުގެ ދެ ވަނަ ޑިވިޝަނުގައި ގިލްޑްފޯޑް ފީނިކްސް ކުޅުނެވެ. އެ ޓީމުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާން އެހީތެރިވެދިނުމަށް ފަހު، ޗެކް، ވަނީ މި މަހު، ނޮދަން އަޔަލެންޑްގެ ބެލްފާސްޓް ޖަޔަންޓްސް އަށް ބަދަލުވެ، އެ ޓީމަށް ޕްރޮފެޝަނަލްކޮށް ކުޅެން ފަށައިފަ އެވެ.

"މިއީ ވަރަށް ހާއްސަ ވަގުތެއް. އަބަދުވެސް މި މެޗު ހަނދާން ހުންނާނެ، އެންމެ ބޮޑު އުފަލަކީ މެޗުން މޮޅުވުން،" ޕްރޮފެޝަނަލް ލެވަލްގެ ފުރަތަމަ މެޗަށް ފަހު ޗެކް ބުންޏެވެ.

ޗެކް ވަނީ މީގެ ކުރިން ބެލްފާސްޓް ޖަޔަންޓްސް އަށް ޗެރިޓީ މެޗެއްގައި ވެސް ކުޅެދީފަ އެވެ. އެއީ، ޔޫކްރެއިން މީހުންނަށް އެހީވާން ކުޅުނު ފަންޑް ރެއިޒިން މެޗެކެވެ.

މިދިޔަ ހަފްތާގައި އިނގިރޭސި މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ޗެކް ބުނީ އަބަދުވެސް އައިސް ހޮކީ ކުޅެން ޝައުގުވެރިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާޔާގެ އަނިޔާ އޮޕަަރޭޝަނެއް ކުރަން ޖެހޭހާ ސީރިއަސް އެއް ނޫން

ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކީ އޮޕަރޭޝަނެއް ކުރަންޖެހޭ ފަދަ ސީރިއަސް އަނިޔާއެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި. ރާޔާގެ އަނިޔާ ރަނގަޅުވަމުން އަންނައިރު، އޭނާ ނެތް ވަގުތު ގޯލު ބަލަހައްޓާނީ ތަޖުރިބާކާރު ކީޕަރު ކެޕާ އަރިއްޒަބަލާގާ.

ފަހަތުން އަރައި ދިއްދޫ ބަލިކޮށް މާޒިޔާ އިން ފަރަގުކުޑަކޮށްފި

ދިއްދޫ ސްޕޯޓްސް ކްލަބް 5-2 އިން ބަލިކޮށް، މާޒިޔާ އިން ލީގުގެ އެއްވަނައިގައި އޮތް ވިކްޓަރީއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފި. މެޗުގެ ކުރީކޮޅު ދިއްދޫން ލީޑުނެގި ނަމަވެސް، މާޒިޔާ އިން ވަނީ ފަހަތުން އަރައި ފަސް ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްފައި

ގައްދޫ ބަލިކޮށް ބިސް ބުރު ލީގުގެ ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 1-0 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބުން ތާވަލުގެ ތިންވަނައަށް ޖެހިލައިފި. ބިސް ބުރުން މި މެޗު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑުން ކަމަށްވާއިރު، ގައްދޫ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުންވެސް ބަލިވެފައި

އިންޓަވިއު ތެރެއިން ޕަރޭޑޭސް އަށް ސިއްހީ ހާލަތެއް ދިމާވެއްޖެ

ކޮޕަ ސުޑަމެރިކާނާގެ ތަށި ބޮކަ ޖޫނިއާސް އިން ކާމިޔާބުކުރި މެޗަށްފަހު، އެ ޓީމުގެ މިޑްފީލްޑަރު ލެއަންޑްރޯ ޕަރޭޑޭސް އިންޓަވިއު ދެމުން ދަނިކޮށް ހޫނުގަދަވުމުގެ ސަބަބުން ބޯއަނބުރައިގަނެ ސިއްހީ ހާލަތެއް ކުރިމަތިވެއްޖެ، މެޗުގެ ތެރެއިން ވެސް އުނދަގޫތަކެއްވެގެން ބަދަލުކުރި ޕަރޭޑޭސްއަށް ފަރުވާ ދިނުމުން ހާލު ރަނގަޅުވި

ގުރައިދޫގަައި ވޮލީބޯޅަ އަށް ހާއްސަ އައިލެންޑް އެލީޓް ސްޕޯޓްސް

ތ. ގުރައިދޫގައި ވޮލީބޯޅަ ކުރިއެރުވުމަށްޓަކައި "އައިލެންޑް އެލީޓް ސްޕޯޓްސް" ގެ ނަމުގައި 95 ކުދިންނާއެކު އެކަޑަމީއެއް ފަށައިފި. މި އެކަޑަމީގެ މަގުސަދަކީ ގައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުން ކަމަށްވާއިރު، ކޮންމެ ތިން މަހަކުން އެއްފަހަރު ތަޖުރިބާކާރު ކޯޗުންގެ އެހީގައި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި

ދިއްދޫ ފަަސޭހަކޮށް ނުނެގޭނެ ކަން ސާބިތުކޮށްދީފި: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާ ދެކޮޅަށް ނުކުންނަ ދިއްދޫ ޓީމަކީ ފަސޭހައިން ބަލިކުރެވޭނެ ޓީމެއް ނޫންކަން އެ ޓީމުން ސާބިތުކޮށްދީފައިވާ ކަމަށް މާޒިޔާގެ ކޯޗު ޓްރުޗާ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ދިއްދޫއަށް ނަތީޖާ ނެރުމުގައި ދަތިތަކެއް ހުރި ނަމަވެސް، މިއީ މާޒިޔާއިން ވަރަށް ސަމާލުވެގެން ކުޅެންޖެހޭނެ އުނދަގޫ މެޗެއް.

ލިވަޕޫލުން ޕޮޗެޓީނޯއާ އެކު ނުކުތް ޔުނައިޓެޑް ބަލިކޮށްފި

މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން 4-0 ގެ ބޮޑު ތަފާތަކުން ލިވަޕޫލް އަތުން ބަލިވެއްޖެއެވެ. މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ސޮބޯސްލާއި، ވާޓްޒް، އެންގުމޯހާ އަދި މުނޯޒްއެވެ.

Newsletter

Get the latest news delivered straight to your inbox